ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޑެޕިއުޓީ ޑިރެކްޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު:

ޑެޕިއުޓީ ޑިރެކްޓަރ

ބޭނުންވާ އަދަދު:

01

މުސާރަ:

މަހަކު 9,124.50 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 3,910.50 ރުފިޔާ

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ސެންޓަރ ފޮރ އޯޕަން ލާރނިންގ

ސްޕައިން ޕޮއިންޓް:

32

ގްރޭޑް:

06

މަޤާމުގެ ޝަރުޠު:

 

  • ވަޒީފާގެ މަސްއޫލިއްޔަތުތައް އަންނަނިވި ހުނަރާއި ތަޢުލީމުގެ ފެންވަރުގައި ކުރަން އެނގުން.
  • ލެވެލް 7 ގެ ބެޗެލަރ ޑިގްރީއަށްފަހު ދަސްވެފައިވާ ތިއަރީތަކާއި އުޞޫލުތައް ކޮންސޮލިޑޭޓްކޮށް ފުރިހަމަކުރުމަށްޓަކައި މަދުވެގެން 2 އަހަރު ދުވަހުގެ، މަސައްކަތާ ގުޅޭ ތަޖުރިބާ ލިބިފައިވުން.
  • ލެވެލް 5/6 ގެ ޑިޕްލޮމާއެއް ހޯދުމަށްފަހު، ޚާއްޞަ ދާއިރާއިން ފުން ޓެކްނިކަލް ނުވަތަ އިދާރީ ހުނަރާއި އިލްމުގެ، މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  • މަތީގައި ބަޔާންކުރެވުނު ހުނަރާއި ތަޢުލީމުގެ ފެންވަރަށް ޢިލްމާއި ޤާބިލްކަން އެހެން ކޮންބިނޭޝަންތަކުން ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • އިދާރީ މުވައްޒަފުން ޤަވާއިދުން މަސައްކަތްކުރޭތޯ ބަލައި،، ސެންޓަރުގެ ވެރިޔާގެ ލަފާގެމަތިން މުވައްޒަފުންނާ މަސައްކަތް ހަވާލުކުރުމާއި މަސައްކަތް ކުރުވުން.
  • ސެންޓަރުން ތަންތަނަށް ފޮނުވާ ސިޓީތަކާއި ލިޔުންތައް ލިޔެ، ފޮނުވުން.
  • ތަކެތި އިންވެންޓްރީކުރުމާއި، އިންވެންޓްރީ ރަނގަޅަށް ބެލެހެއްޓުން.
  • ސްޓޮކުން މަދުވާތަކެތި ބަލައި، އޮފީހަށް ބޭނުންވާ ތަކެތި، އޮފީހަށް ދަތިނުވާނޭހެން ހޯދުމާއި، ސްޓޮކް ބެލެހެއްޓުން.
  • ކްލާސްރޫމްތަކާއި، އޮފީހުގެ އެތެރެއާއި ބޭރު، ކޮންމެ މަހަކު އެއްފަހަރު މޮނިޓަރކޮށް، ކުރަންޖެހޭ މަރާމާތުތައް ފާހަގަކޮށް، މަރާމާތުގެ އެންމެހައި ކަމެއް ބެލެހެއްޓުން.
  • ބީލަމަށްލައިގެން އޮފީހުން ކުރަންޖެހޭ އެންމެހައި ކަމެއް ބެލެހެއްޓުން.
  • ކްލާސްރޫމްތަކާއި، ފާޚާނާތަކާއި، އޮފީހުގެ އެހެންތަންތަން ރަނގަޅަށް ސާފުކުރޭތޯ ބަލައި، ކަމާގުޅޭ މުވައްޒަފުންލައްވާ އެކަންކަން ކުރުވުން.
  • އޮފީސް ހިންގުމަށް ހޯދަންޖެހޭ ފަރުނީޗަރާއި، އިކްއިޕްމަންޓާއި، މެޝިނަރީފަދަ ތަކެތި ފާހަގަކޮށް، ސެންޓަރުގެ ވެރިޔާގެ ލަފަޔާއެކު އެތަކެތި ހޯދުމުގެ އެންމެހައި މަސައްކަތެއްކުރުން.
  • އުކާލާ ތަކެއްޗާއި، ނީލަންކިޔާ ތަކެއްޗާއި، ނައްތާލާ ތަކެތި ފާހަގަކޮށް، އެފަދަ ތަކެތި އޮފީހުގައި ގިނަވެފައި ނުހުންނާނެ ގޮތެއްގެމަތިން، ގަވާއިދާއެއްގޮތަށް ނައްތައިލުން / އިންވެންޓްރީން އުނިކުރުން.
  • އިދަރީގޮތުން ދިމާވާ ކަންކަމާއި، ކުއްލިއަކަށް ދިމާވާ ކަންކަން، އޮފީހުގެ ވެރިޔާގެ ލަފާގެމަތިން ޙައްލުކޮށް ނިންމުން.

އުޖޫރައާއި ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  • ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  • ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސުޕަވައިޒަރަކު، އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވާ ސަނަދާއި، އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

 

 

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލްވާނެއެވެ.
  •  އިންޓަވިޔު ކުރެވޭނީ، އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓި ފޮނުވޭނީ، އިންޓަވިޔުކޮށް ނިމުމަށްފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓްފިކެޓް އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  •  ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަކޮށްފައިވާ ފަރާތްތައް ތަޢުލީމީ ސެޓްފިކެޓް ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

ސިޓީ ފޮނުވަންވީ ތާރީޚު:   

2015 އޮކްޓޫބަރު 22 ވާ ބުރާސްފަތި  ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް.

އިތުރު މަޢުލޫމާތު:

  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3345409 ނަންބަރު ފޯނާއެވެ.
  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ.
  • މި މުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.  

2 މުޙައްރަމް 1436

15 އޮކްޓޫބަރު 2015
ހޯދާ