މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ކައުންސިލް މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު

އިޢުލާން

ކައުންސިލް މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު:

ޤާނޫނު ނަންބަރު 2015/13 (ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނު) ގެ ދަށުން އުފެއްދުމަށް ލާޒިމްކުރާ ކައުންސިލްގެ މެންބަރުންނަށް ވުމަށް ފުރުޞަތު ހުޅުވާލުމަށް 27 އޮގަސްޓު 2015 ގައި މިނިސްޓްރީީން ކުރި 23QAA/1/2015/261 ނަންބަރުގެ އިޢުލާނާ ގުޅުގެން އެކަށީގެންވާ އަދަދަށް އެޕްލިކޭޝަން، ތިރީގައި ދަންނަވާ ދާއިރާއަށް ހުށަހަޅުއްވާފައިނުވުމުން، ޤާނޫނު ނަންބަރު 2015/13 (ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނު) ދަށުން އުފެއްދުމަށް ލާޒިމްކުރާ ކައުންސިލްގެ މެންބަރުންނަށް ވުމަށް ފުރުޞަތު އަލުން ހުޅުވާލަމެވެ.

ކައުންސިލްގެ ނަން

މޯލްޑިވްސް ނާރސިންގ އެންޑް މިޑްވައިފް ކައުންސިލް

 އެލަވަންސް

ބައިވެރިވާ ކޮންމެ ބައްދަލުވުމަކަށް ކަނޑައެޅިފައިވާ އެލަވަންސް ލިބޭނެއެވެ.

ކައުންސިލާ ކައުންސިލް މެންބަރުންގެ މައިގަނޑު މައްސޫލިއްޔަތުތައް

ޤާނޫނު  ނަންބަރު  2015/13  (ޞިއްޙީ  ޚިދުމަތުގެ  ފަންނީ  މަސައްކަތްތެރިންގެ  ޤާނޫނު) ގެ  39  ވަނަ މާއްދާއާއި، 77 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔާތުތައް

  1. ބޭނުންވާ ދާއިރާ

ޤާނޫނުގެ 36 ވަނަ މާއްދާގެ (ހ) ގެ (6) ގައިވާ މެންބަރު (ޤާނޫނީ ވަކީލެއްގެގޮތުގައި ދިވެހިރާއްޖޭގައި މަސައްކަތްކުރާތާ މަދުވެގެން 5 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ ޤާނޫނީ ވަކީލެއް

ބޭނުންވާ އަދަދު

1 (ޝަރުޠު ހަމަވާ ފިރިހެން ބޭފުޅުންނަށް އިސްކަންދެވޭނެ)

ތަޢުލީމީ ތަޖުރިބާ އަދި މަސައްކަތު ތަޖުރިބާ މާކްސް ދިނުމަށް ކަނޑައަޅާފައިވާ ގޮތް

ތަޢުލީމު (ޤާނޫނީ/ޝަރީޢާގެ ދާއިރާއިން ހޯދާފައިވާ ސެޓްފިކެޓް)

ޑިޕްލޮމާ ފެންވަރު – 25 މާކްސް

ޑިގްރީ ފެންވަރު – 40 މާކްސް

މާސްޓަރސް ފެންވަރު – 50 މާކްސް

ޕީ.އެޗް.ޑީ ފެންވަރު – 75 މާކްސް

މަސައްކަތުގެ ތަޖުރިބާ (ޤާނޫނީ/ޝަރީޢާގެ ދާއިރާގައި ދާއިރާއެއްގައި ޚިދުމަތްކޮށްފައިވާ މުއްދަތު) 

ޚިދުމަތްކޮށްފައިވާ މުއްދަތު 5 އަހަރުނަމަ - 30 މާކްސް

ޚިދުމަތްކޮށްފައިވާ މުއްދަތު 7 އަހަރުނަމަ - 40 މާކްސް

ޚިދުމަތްކޮށްފައިވާ މުއްދަތު 10 އަހަރުނަމަ - 45 މާކްސް

ޚިދުމަތްކޮށްފައިވާ މުއްދަތު 12 އަހަރުނަމަ - 50 މާކްސް

މާކްސް ދިނުމާއި އިންޓަވިއުކުރުމުގައި ގެންގުޅޭނެ އާންމު މިންގަނޑު

 

  1. ހުށަހަޅާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ތެރެއިން މާކްސް ދެވޭނީ އެންމެ މަތިން ހޯދާފައިވާ ތަޢުލީމީ ސެޓްފިކެޓަށް އެކަންޏެވެ.
  2. މަޤާމަށް  ކުރިމަތިލާ  ފަރާތްތަކުގެ  ތެރެއިން  އެންމެ  މަތިން  މާކްސް  ލިބޭ  ފަރާތްތަކަށް  އިންޓަވިއު ކުރުމަކާ ނުލައި އެ މަޤާމަށް ހޮވުނުކަމަށް ސިލެކްޝަން ކޮމިޓީއަށް ކަނޑައެޅިދާނެއެވެ.
  3. މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ އަދަދު މަދުވުމުގެ ސަބަބުން ނުވަތަ އެހެން މަގުބޫލު ސަބަބަކާގުޅިގެން، އަލުން އިޢުލާނުކުރާގޮތަށް ކަނޑައެޅުމުގެ އިޚްތިޔާރު ސިލެކްޝަން ކޮމިޓީއަށް ލިބިގެންވެއެވެ.
  4. މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ލިބުނު މާކްސް އެއްވަރުވެއްޖެނަމަ، މަޤާމަށް ހޮވުނު ފަރާތް ކަނޑައަޅާނީ އިންޓަވިއު ކުރުމަށްފަހުއެވެ.

މަޤާމައް ކުރިމަތިލާ  މެންބަރުންގެ ޝަރަތުތައް

  • ދިވެހި ރައްޔިތެއްކަމުގައި ވުން.
  • ކައުންސިލްގެ މެންބަރުކަމުގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެވޭފަދަ ޢިލްމީ ފެންވަރާއި ލަޔާޤަތާއި، މަސައްކަތުގެ އަޚްލާޤު ހުރި މީހަކުކަމުގައި ވުން.
  • އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.
  • ޖިނާއި ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.
  • ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިއެއްނަމަ، އެ ފަންނުގެ މަސައްކަތްތެރިއެއްގެ ގޮތުގައި މަސައްކަތްކުރާތާ މަދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހެއްކަމުގައި ވުން.
  • ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިއެއްނަމަ، އެ ފަންނުގެ މަސައްކަތްތެރިން ޢަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ޚިލާފުވެފައިވާކަމަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.
  • ޞިއްޙީ ޚިދުމަތުގެ ފަންނުގައި މަސައްކަތްކުރުމުގައި އެމީހަކު ކުރި ނުވަތަ ނުކޮށް ދޫކޮށްލި ކަމަކާ ގުޅިގެން ޝަރީޢަތަށް ކުށެއް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.
  • ޞިއްޙީ ޚިދުމަތްދެވޭ ތަނުގެ މަސްއޫލުވެރިއެއް ނުވަތަ ބޯޑު މެންރެއް ނުވަތަ އެހެންވެސް މަޤާމެއްގައި ހުރި މީހެއްކަމުގައި ނުވުން.
  • ޞިއްޙީ ޚިދުމަތްދޭ ތަނެއްގެ ހިއްސާ އެމީހެއްގެ އަމިއްލަ ނަމުގައި ނުވަތަ އޭނާގެ ފަރާތުން ޢައްޔަންކޮށްފައިވާ ފަރާތެއްގެ ނަމުގައި ނުވަތަ އޭނާގެ ހިއްސާ ހިމެނޭ ކުންފުންޏެއްގެ ނަމުގައި އޮތް މީހަކުކަމުގައި ނުވުން.
  • ޤާނޫނެއްގައި ކަނޑައެޅިފައިވާ އިންތިޙާބަކުން މަޤާމަކަށް ހޮވިފައިވާ މީހެއްކަމުގައި ނުވުން.
  • ސިޔާސީ މަޤާމެއް ފުރަމުންދާ މީހެއްކަމުގައި ނުވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. މެންބަރުކަމަށް އެދި ހުށަހަޅާ ސިޓީ
  2. ތަޢުލީމީ ސެޓްފިކެޓްތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތައް)
  3. މެންބަރުކަމަށް އެދޭ ފަރާތައް ލިބިފައިވާ މަސައްކަތު ތަޖުރިބާގެ ލިއުންތައް (މަސައްކަތްކުރި ތަނާއި، ކުރި މަސައްކަތާއި، މުއްދަތު އެނގޭގޮތަށް)
  4. މަސައްކަތުގެ ދާއިރާއިން ވަކި ލައިސަންސެއް ނުވަތަ ހުއްދައެއް ލިބިގެން މަސައްކަތްކުރާ ފަރާތެއް ކަމުގައިވާނަމަ، އެފަދަ ލައިސަންސެއް ނުވަތަ ހުއްދައެއްގެ ކޮޕީ (މިސާލު: ވަކާލާތުކުރުމުގެ ހުއްދަ)
  5. އިޤްރާރު (އިޤްރާރު ފޯމް، މިނިސްޓްރީ އޮފް ހެލްތުގެ ކައުންޓަރުންނާއި، މިނިސްޓްރީ އޮފް ހެލްތުގެ ވެބްސައިޓުން (www.health.gov.mv) ލިބެން ހުންނާނެ)
  6. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  7. ވަނަވަރު

ސުންގަޑި

22 އޮކްޓޫބަރު 2015 ގެ 13:30 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތަށް (ރޯޝަނީ ބިލްޑިންގ ކައުންޓަރަށް) ހުށަހެޅުއްވުން ނުވަތަ މިނިސްޓްރީގެ އީމެއިލް [email protected]  އަށް ފޮނުއްވައިދެއްވުން (އީމެއިލުން ހުށަހަޅާ އެޕްލިކޭޝަންތަކައް މިނިސްޓްރީން ލިބުންކަން އަންގާނެކަން ދަންނަވަމެވެ. ނަމަވެސް މިނިސްޓްރީން ޖަވާބެއް ނުލިބޭނަމަ، މުއްދަތު ހަމަވުމުގެ ކުރިން މިނިސްޓްރީއަށް އެޕްލިކޭޝަން ލިބުންތޯ ބެއްލެއްވުން އެދެމެވެ.)

އިތުރުމަޢުލޫމާތު

- ޤާނޫނު ނަންބަރު 2015/13 (ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނު) މިނިސްޓްރީ އޮފް ހެލްތުގެ ވެބްސައިޓުންނާއި ގެޒެޓުން ބެލެން އޮނާނެ ވާހަކަ މަޢުލޫމާތައްޓަކައި ދަންނަވަން.

- މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3014468 އާއި 3014480 އެވެ.

2 މުޙައްރަމް 1437

15 އޮކްޓޫބަރު 2015
ހޯދާ