ފެންފުށީ ސްކޫލް
ދިވެހިރާއްޖެ
މަރާމާތުތައް ކުރުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ.

މި ސްކޫލުގައި ތިރީގައި މިދަންނަވާ މަރާމާތުތައް ކުރުމަށް ބޭނުންވާ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

ނަންބަރު

ޕްރޮޖެކްޓުގެ ނަން

1

5 ކްލާސްރޫމުގެ މުށިޖެހުން

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 18 އޮކްޓޫބަރު 2015 ވާ އާދީއްތަ ދުވަހުގެ 11:00 އަށް ސްކޫލަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 22 އޮކްޓޫބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މިކަމަށް ހުށަހަޅުއްވާ އަންދާސީހިސާބު ކެނޑުން އިސްވެދެންނެވި ގަޑީގައި މި އޮފީހުގައި އޮންނާނެއެވެ. އަދި އަންދާސީހިސާބު ކެނޑުމުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިނުގެންނެވޭނަމަ ސިޓީއަކާއެކު ބަދަލުގައި އެހެން ބޭފުޅަކު ފޮނުވިދާނެއެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުމުމަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާއިރު އައި.ޑީ ކާޑު ގެންނެވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވާއިރުގައި ސިޓީގެ ބޭރުގައި ހުށަހަޅުއްވާ ޕްރޮޖެކްޓުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

28 ޛުލްޙިއްޖާ 1436  

   

11 އޮކްޓޫބަރު 2015
ހޯދާ