ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
24 ޖަނަވަރީ 2016 ގައި ފެށުމަށް ހަމަޖެހިފައިވާ ACCA ނޮލެޖް ލެވެލާއި ސްކިލް ލެވެލްގެ ކޯހާބެހޭ މަޢުލޫމާތު

ތިރީގައި މިވަނީ އެމް.އެން.ޔޫ. ބިޒްނަސް ސްކޫލުން 24 ޖަނަވަރީ 2016 ގައި ފެށުމަށް ހަމަޖެހިފައިވާ ACCA ނޮލެޖް ލެވެލާއި ސްކިލް ލެވެލްގެ މަޢުލޫމާތެވެ. މި ކޯހަށް ފޯމު ބަލައިގަންނަން ފަށްޓާނީ 11 އޮކްޓޫބަރު 2016 ވާ އާދީއްތަ ދުވަހުން ފެށިގެންނެވެ. ކޯހަށް އެދޭ ފޯމު ޔުނިވަރސިޓީގެ ދަރިވަރުންގެ ޚިދްމަތްތަކާބެހޭ ބައިންނާއި ޔުނިވަރސިޓީގެ ވެބްސައިޓް www.mnu.edu.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު 3345155 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

އެމް.އެން.ޔޫ ބިޒްނަސް ސްކޫލް

1. ACCA ނޮލެޖް ލެވެލް

 

މުއްދަތު: 0.5 އަހަރު (1 ސިމެސްޓަރ)

ޖާގަ: 30 (ޖުމްލަ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް:  މާލެ

ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު:

އުމުރުން 18 އަހަރު ފުރިފައިވުމާއެކު، ތިރީގައި މިވާ ޝަރުޠުތަކުގެ ތެރެއިން ކޮންމެވެސް އެއް ޝަރުޠެއް ފުރިހަމަ ވެފައިވުން؛

ހ. ޖީ.ސީ.އީ އޭ ލެވެލް 2 މާއްދާއާއި ޖީ.ސީ.އީ. އޯލެވެލް 3 މާއްދާއިން (އިނގިރޭސި ހިމެނޭގޮތަށް ތަފާތު 5 މާއްދާއިން) ފާސްވެފައިވުން ނުވަތަ އެއާ އެއް ފެންވަރު ހުރުން

ށ. އޭ.އޭ.ޓީ. އިންޓަރނޭޝަނަލް އެވޯޑުން އެކައުންޓެންސީ ޓްރޭނިންގ ފުރިހަމަކޮށްފައިވުން،

ނ. އެމް.އެން.ކިއު.އެފް. އިން ގަބޫލުކުރާ މަރުކަޒަކުން ޑިގްރީއެއް ބިޒްނަސް ޑިޕްލޮމާއެއް ހާސިލުކޮށްފައިވުން،

ރ. އޭ.ސީ.ސީ.އޭ. ޕްރޮފެޝަނަލް ކޮލިފިކޭޝަންގައި ރަޖިސްޓަރީ ވެފައިވުން

ނޯޓް: އޭ.ސީ.ސީ.އޭ. ގައި ރަޖިސްޓަރީ ވުމަކީ ދަރިވަރުގެ ޒިންމާއެކެވެ.

2.  ACCA ސްކިލްސް ލެވެލްް

 

 

މުއްދަތު: 1 އަހަރު (2 ސިމެސްޓަރ)

ޖާގަ: 30 (ޖުމްލަ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް:  މާލެ

ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު:

އޭ.ސީ.ސީ.އޭ. ޕްރޮފެޝަނަލް ކޮލިފިކޭޝަންގައި ރަޖިސްޓަރީވެފައިވުން

ނޯޓް: މި ކޯހުގައި ދަރިވަރުން ރަޖިސްޓަރީކުރުމަށް ހަމަޖެހިފައިވަނީ ވަކިވަކި ކަރުދާހުގައެވެ.

07 އޮކްޓޫބަރު 2015
ހޯދާ