މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ޑައިރެކްޓަރ އޮފް އެޑްމިން އެންޑް އެޗްއާރް

 

ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

ޑައިރެކްޓަރ އޮފް އެޑްމިން އެންޑް އެޗްއާރް

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

ސީނިއަރ މެނޭޖްމަންޓް

މުސާރަ

ސަރވިސް އެލަވަންސް

ސްޕެޝަލް ޑިއުޓީ

އިނާޔަތްތައް

-/25,000 – -/30,000 އާ ދެމެދު (ހާސިލުކޮށްފައިވާ ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

ވަޒީފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

ކ. މާލެ / ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން

ބޭނުންވާ އަދަދު

01

ޝަރުޠު

  1. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ މަސައްކަތުގެ ދާއިރާއެއްގައި 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  3. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް6  ގެ ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ މަސައްކަތުގެ ދާއިރާއެއްގައި 5 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  4. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5  ގެ ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ މަސައްކަތުގެ ދާއިރާއެއްގައި 7 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ކޯޕަރޭޝަންގެ މައި މަރުކަޒާއި އަދި ކޯޕަރޭޝަންގެ ސައިޓް އޮފީސްތަކުގައި ބޭނުންވާނޭ އެންމެހައި އިދާރީ ޚިދުމަތްތައް ފޯރުކޮށްދިނުން.
  2. ކޯޕަރޭޝަންގެ ހުރިހާ ފަންތިއެއްގައިވެސް ޢަމަލުކުރަންޖެހޭ އިދާރީ ސިޔާސަތުތަކާއި، ހަމަތަކާއި މިންގަނޑުތައް އެކުލަވައިލައި ތަންފީޒުކުރުވުން.
  3. ކޯޕަރޭޝަންގެ މަސައްކަތްތައް އެންމެ އެދެވޭގޮތުގައި ކުރިއަށް ގެންދަން ބޭނުންވާ އޮފީސް ސްޓްރަކްޗަރ ޤާއިމުކޮށް ބެލެހެއްޓުން.
  4. އިދާރިގޮތުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ދިނުން. އޭގެ ތެރޭގައި ބައްދަލުވުންތައް ހަމަޖެއްސުމާއި، ތަރުޖަމާކުރުމާއި، އޮފީހަށް ޒިޔާރަތްކުރާ ފަރާތްތަކަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުން.
  5. ކޯޕަރޭޝަންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ އިންފޮމޭޝަން އެންޑް ޓެކްނޮލޮޖީގެ ޚިދުމަތް އެކަށީގެންވާ ގޮތުގައި ދެވޭނެ ފަދަ ޔުނިޓެއް ޤާއިމުކޮށް، ޚިދުމަތް ފޯރުކޮށްދެވޭކަން ޔަގީންކުރުން.
  6. ފެންވަރު ރަގަނޅު އައި.ޓީ ޚިދުމަތެއް ފޯރުކޮށްދިނުމާއެކު އައި.ޓީ ދާއިރާއިން ދިމާވެދާނެ މައްސަލަތައް ހައްލުކުރެވޭނެ ފެންވަރުގެ އޮނިގަނޑެއް އެކުލަވައިލުން މިގޮތުން އަ.އި.ޓީ އާ ގުޅުންހުރި ސިޔާސަތުތަކާއި، މިންގަނޑުތައް އެކުލަވައިލައި ތަންފީޒުކުރުން.
  7. ކޯޕަރޭޝަނަށް މުވައްޒަފުން ނެގުމުގައި ޢަމަލުކުރާނެ ސިޔާސަތުތައް އެކުލަވައިލުމާއި، މުވައްޒަފުން ކޯޕަރޭޝަންގެ މަސައްކަތްތަކަށް އަހުލުވެރިކުރުމާއި، އަލަށް ކޯޕަރޭޝަންގެ މަސައްކަތްތަކަށް ނުކުންނަ މުވައްޒަފުންނަށް މަސައްކަތުގެ މާޙައުލަށް އަހުލުވެރިކުރުވުމަށް ބޭނުންވާ އިންޑަކްޝަން / އޮރިއެންޓޭޝަން ޕްރޮގްރާމްތައް އެކުލަވައިލައި ކުރިއަށް ގެންދިއުން.  
  8. ކޯޕަރޭޝަންގެ މުވައްޒަފުންގެ ރިކޯޑުތައް ބެލެހެއްޓުމާއި، ސަރުކާރުގެ އިދާރާތަކަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހެޅުން.
  9. މުވައްޒަފުންގެ ކުރިއެރުމަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމްތައް އެކުލަވައިލުމާއި، މުވައްޒަފުން މަސައްކަތަށް ޝައުޤުވެރިކަން އިތުރުކުރުމަށް މަސައްކަތްކުރުމާއި، މުވައްޒަފުން މަސައްކަތުގައި ދެމިތިބުމަށް ބާރުއެޅުމަށް ޕްރޮގްރާމްތައް ހިންގުން.
  10. މުވައްޒަފުންނަށް މަސައްކަތުގެ މާޙައުލުގައި ދިމާވާ މައްސަލަތައް ބަލައި އެކަށޭނަ ފިޔަވަޅު އެޅޭނެ އިންތިޒާމުތައް ހަމަޖެއްސުމާއި، ދިމާވާ މައްސަލަތަކަށް ކޯޕަރޭޝަންގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހައްލު ހޯދައިދިނުން.
  11. ކޯޕަރޭޝަންގެ އެޑްމިން އެންޑް އެޗްއާރ ޑިޕާޓްމަންޓްގެ އަހަރީ ޕްލޭނާއި ބަޖެޓް ތައްޔާރުކުރުމާއި ޕްލޭނާއި ބަޖެޓް ތަންފީޒުކުރުން.
  12. އެހެން ޑިޕާޓްމަންޓްތަކާއެކު މަސައްކަތްކޮށް މުވައްޒަފުންގެ ކުރިއެރުމަށް މަސައްކަތްކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވައިލުން.
  13. ކޯޕަރޭޝަންގެ އެޑްމިން އެންޑް އެޗްއާރ ޑިޕާޓްމަންޓްގެ ދުވަހުން ދުވަހަށް ހިންގުމާއި، ބޭނުންވާ ފަންނީ މުވަޒަފުން ހޯދުމާއި، މުވައްޒަފުންނަށް ބޭނުންވާ ތަމްރީނު ދިނުމާއި، ފަންނީ ލަފާ ފޯރުކޮށްދިނުމާއި، މަސައްކަތް ކުރިއަށް ގެންދިއުމަށް އެކަށޭނަ މާޙައުލެއް ޤާއިމުކޮށްދިނުން.
  14. ކޯޕަރޭޝަންގެ ސީނިއަރ މެނޭޖްމަންޓް ޓީމުގެ މެމްބަރެއްގެ ގޮތުގައި ކޯޕަރޭޝަންގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް މަސައްކަތްކުރުމާއި، ކޯޕަރޭޝަންގެ މަސައްކަތްތައް ކުރިއަށްގެންދެވޭނެފަދަ މާޙައުލެއް ޤާއިމުކުރުން

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3018329، 3018330، 3018328 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  1. ލިބިފައިވާ ތަޢުލީމާއި ތަމްރީނުގެ ފެންވަރާއި މަސައްކަތާ ގުޅުންހުރި ދާއިރާގެ ތަޖުރިބާ
  2. ވަޒީފާއާބެހޭ ޤާނޫނާއި، ކޯޕަރޭޝަންގެ މަސައްކަތްތައް ކުރިއަށްގެންދިއުމާ ގުޅުންހުރި ގަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު.

ހުށަހަޅަންޖެހޭ ތަކެތި:

  • ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ.
  • ލިބިފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
  • މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 5 އަށްވުރެ ގިނަނަމަ ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބަލައި 5 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.
  • ސުންގަޑި: 15 އޮކްޓޫބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް ހުށަހެޅުއްވުން.     
  • އިންޓަރވިއު އާއި އިމްތިޙާން ކުރުން 18 އޮކްޓޫބަރު 2015 އާއި 29 އޮކްޓޫބަރު 2015 އާ ދޭތެރޭގައި މި މިނިސްޓްރީގައި އޮންނާނެއެވެ.

22 ޛުލްޙިއްޖާ 1436   

05 އޮކްޓޫބަރު 2015
ހޯދާ