މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ޑައިރެކްޓަރ އޮފް ފައިނޭންސް

 

ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

ޑައިރެކްޓަރ އޮފް ފައިނޭންސް

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

ސީނިއަރ މެނޭޖްމަންޓް

މުސާރަ

ސަރވިސް އެލަވަންސް

ސްޕެޝަލް ޑިއުޓީ

އިނާޔަތްތައް

-/25,000 – -/30,000 އާ ދެމެދު (ހާސިލުކޮށްފައިވާ ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

ވަޒީފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

ކ. މާލެ – ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން

ބޭނުންވާ އަދަދު

01

ޝަރުޠު

  1. ފައިސާއާއި ހިސާބުތައް ބެލެހެއްޓުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ގެ ހާސިލުކޮށްފައިވުމާއެކު، މަސައްކަތާ ގުޅުންހުރި ދާއިރާއިން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ފައިސާއާއި ހިސާބުތައް ބެލެހެއްޓުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ހާސިލުކޮށްފައިވުމާއެކު، މަސައްކަތާ ގުޅުންހުރި ދާއިރާއިން 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  3. ފައިސާއާއި ހިސާބުތައް ބެލެހެއްޓުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ހާސިލުކޮށްފައިވުމާއެކު، މަސައްކަތާ ގުޅުންހުރި ދާއިރާއިން 5 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  4. ފައިސާއާއި ހިސާބުތައް ބެލެހެއްޓުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ހާސިލުކޮށްފައިވުމާއެކު، މަސައްކަތާ ގުޅުންހުރި ދާއިރާއިން 7 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ކޯޕަރޭޝަންގެ ފައިސާއާއި ހިސާބުތައް ބެލެހެއްޓުމުގައި ޢަމަލުކުރާނެ ސިޔާސަތުތަކާއި، އެސޫލުތަކާއި މިންގަނޑުތައް އެކުލަވާލުން.
  2. ކޯޕަރޭޝަންގެ ހިސާބުތައް ބެލެހެއްޓުމާއި، ބަޖެޓްތައްޔާރުކުރުމާއި މިނިވަން އޮޑިޓަރަކު ހިސާބުތައް އޮޑިޓްކުރުމަށް އެކަށޭނެ ސިސްޓަމްތައް އެކުލަވާލައި ބެލެހެއްޓުން.
  3. ކޯޕަރޭޝަންގެ ފައިސާގެ މުޢާމަލާތުތައް ކޯޕަރޭޝަނަށް އެންމެ ފައިދާހުރިގޮތުގައި ކުރިއަށް ގެންދިއުމަށް ބޭނުންވާ ފަންނީ ލަފާ މެނޭޖްމަންޓަށާއި ބޯޑަށް ދިނުން.
  4. ކޯޕަރޭޝަންގެ އަހަރީ ހިސާބުތައް، މެނޭޖްމަންޓަށް ބޭނުންވާ ހިސާބުތައް އަދި ޑޯނަރުންނަށް ހުށަހަޅަންޖެހޭ ހިސާބުތައް ތައްޔާރުކުރުން.
  5. ކޯޕަރޭޝަނުން ހިންގާ އެންމެހައި ޕްރޮގްރާމްތަކެއްގެ ހިސާބުތައް ބެލެހެއްޓުމާއި، ޕްރޮގްރާމްތަކުގެ ޚަރަދުތައް ކަނޑައަޅާފައިވާ ބަޖެޓްތަކުގެ ތެރޭގައި ކުރިއަށް ގެންދާކަން ޔަގީންކުރުން.
  6. ފައިސާގެ މުޢާމަލާތުތައް ހިނގާނުހިނގާގޮތް ބަލައި، އެންމެހައި މުޢާމަލާތުތައް ހިނގަނީ ކަނޑައެޅިފައިވާ ސިޔާސަތުތަކާއި ހަމަތަކާއި މިންގަނޑުތަކުގެ ތެރެއިންކަން ޔަގީންކުރުން.
  7. ކޯޕަރޭޝަންގައި ޢަމަލުކުރާ އިންޓަރނަލް ކޮންޓްރޯލްސްތަކަކީ ފައިސާގެ މުޢާމަލާތުތައް ކަނޑައެޅިފައިވާ ސިޔާސަތުތަކާއި ހަމަތަކާއި މިންގަނޑުތަކާ އެއްގޮތަށް ކުރިއަށްގެންދިއުމަށް ބާރުއަޅާ ކޮންޓްރޯލްސްތަކެއްކަން ޔަގީންކުރުން.
  8. އިންޓަރނޭޝަނަލް ފައިނޭންޝަލް ރިޕޯޓިންގ ސްޓޭންޑަރޑްތަކާއި، ޢާންމުކޮށް ގަބޫލުކުރާ ހަމަތަކާއި މިންގަނޑުތަކާ އެއްގޮތަސް ފައިސާގެ ހިސާބުތައް ބަލަހައްޓައި ތައްޔާރުކުރުން.
  9. ކޯޕަރޭޝަންގެ އޮޑިޓަރުންނަށް ބޭނުންވާނޭ އެންމެހައި މަޢުލޫމާތުތައް ފޯރުކޮށްދިނުމާއެކު ކޯޕަރޭޝަނުން ތައްޔާރުކުރާ ހިސާބުތަކަކީ ފާއިތުވެދިޔަ އަހަރު ކޯޕަރޭޝަން ހިންގާފައިވާގޮތް ދައްކުވައިދޭ ޞައްޙަ ހިސާބުތަކެއްކަން ޔަގީންކުރުން.
  10. ކޯޕަރޭޝަންގެ ފައިނޭންސް ޑިޕާޓްމަންޓްގެ އަހަރީ ޕްލޭނާއި ބަޖެޓްތައްޔާރުކޮށް ޕްލޭން އަދި ބަޖެޓް ތަންފީޒުކުރުން.  
  11. ކޯޕަރޭޝަންގެ ފައިނޭންސް ޑިޕާޓްމަންޓްގެ ދުވަހުން ދުވަހަށް ހިންގުމާއި، ބޭނުންވާ ފަންނީ މުވަޒަފުން ހޯދުމާއި، މުވައްޒަފުންނަށް ބޭނުންވާ ތަމްރީނު ދިނުމާއި، ފަންނީ ލަފާ ފޯރުކޮށްދިނުމާއި، މަސައްކަތް ކުރިއަށް ގެންދިއުމަށް އެކަށޭނަ މާޙައުލެއް ޤާއިމުކޮށްދިނުން.
  12. ކޯޕަރޭޝަންގެ ސީނިއަރ މެނޭޖްމަންޓް ޓީމުގެ މެމްބަރެއްގެ ގޮތުގައި ކޯޕަރޭޝަންގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް މަސައްކަތްކުރުމާއި، ކޯޕަރޭޝަންގެ މަސައްކަތްތައް ކުރިއަށްގެންދެވޭނެފަދަ މާޙައުލެއް ޤާއިމުކުރުން.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3018329، 3018330، 3018328 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  1. ލިބިފައިވާ ތަޢުލީމާއި ތަމްރީނުގެ ފެންވަރާއި މަސައްކަތާ ގުޅުންހުރި ދާއިރާގެ ތަޖުރިބާ
  2. ވަޒީފާއާބެހޭ ޤާނޫނާއި، ކޯޕަރޭޝަންގެ މަސައްކަތްތައް ކުރިއަށްގެންދިއުމާ ގުޅުންހުރި ގަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު.

ހުށަހަޅަންޖެހޭ ތަކެތި:

  • ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ( އެކްރެޑިޓް ކުރެވިފައިވާ ) ފޮޓޯކޮޕީ
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
  • މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 5 އަށްވުރެ ގިނަނަމަ، ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބަލައި 5 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.
  • ސުންގަޑި: 15 އޮކްޓޫބަރު 2015 ވާ ބުރުސްފަތި ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ    
  • އިންޓަރވިއު އާއި އިމްތިޙާން ކުރުން 18 އޮކްޓޫބަރު 2015 އާއި 29 އޮކްޓޫބަރު 2015 އާ ދޭތެރޭގައި މި މިނިސްޓްރީގައި އޮންނާނެއެވެ.

21 ޛުލްޙިއްޖާ 1436

05 އޮކްޓޫބަރު 2015
ހޯދާ