ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.
|
މަޤާމު
|
ޑައިރެކްޓަރ ލޮޖިސްޓިކްސް އެންޑް މެއިންޓެނަންސް
|
މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން
|
ސީނިއަރ މެނޭޖްމަންޓް
|
މުސާރަ
ސަރވިސް އެލަވަންސް
ސްޕެޝަލް ޑިއުޓީ
އިނާޔަތްތައް
|
-/25,000 – -/30,000 އާ ދެމެދު (ހާސިލުކޮށްފައިވާ ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)
|
ވަޒީފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން
|
ކ. މާލެ – ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން
|
ބޭނުންވާ އަދަދު
|
01
|
ޝަރުޠު
|
- އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ މަސައްކަތުގެ ދާއިރާއެއްގައި 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ މަސައްކަތުގެ ދާއިރާއެއްގައި 5 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ މަސައްކަތުގެ ދާއިރާއެއްގައި 7 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
|
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ފުރިހަމައަށް މަސައްކަތްކުރާނެ ލޮޖިސްޓިކްސް ސިސްޓަމެއް ކޯޕަރޭޝަންގައި ޤާއިމުކޮށް، ކޯޕަރޭޝަންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ ލޮޖިސްޓިކްސް އެހީތެރިކަންދިނުން.
- ކޯޕަރޭޝަނަށް ހޯދާ މުދާ ރައްކާތެރިކަމާއެކު ގުދަންކޮށް ބެލެހެއްޓުމާއެކު ގުދަނުގައި ހުންނަ މުދަލުގެ ތަފުސީލުތައް ގަވާއިދުން ބެލެހެއްޓުން.
- ކޯޕަރޭޝަނަށް ހޯދާ މުދަލާއި ޚިދުމަތްތައް ހޯދުމުގައި ޢަމަލުކުރާނެ ސިޔާސަތުތަކާއި އުސޫލުތައް އެކަށައެޅުން.
- ކޯޕަރޭޝަނަށް ހޯދާ މުދަލާއި ޚިދުމަތްތައް ކޯޕަރޭޝަނުން އެކަށައަޅާފައިވާ ސިޔާސަތުތަކާއި އުސޫލުތަކާ އެއްގޮތަށް ހޯދުމާއި، ކޯޕަރޭޝަނަށް އެންމެ ފައިދާހުރިގޮތަށް ހޯދުން.
- ކޯޕަރޭޝަންގެ މަސައްކަތުގެ ބޭނުމަށް ދަތުރުކުރާ ފަރާތްތަކާއި، އެއްތަނުން އަނެއްތަނަށް އުފުލައި، މުދަލާއި ޚިދުމަތްތައް ވަގުތަށް ފޯރުކޮށްދިނުމާއެކު ރައްކާތެރިކަން ޔަގީންކުރުން.
- ކޯޕަރޭޝަންގެ ޚިދުމަތްތައް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމަށްޓަކައި ކޯޕަރޭޝަންގެ އެންމެ ޑިޕާޓްމަންޓްތަކާއެކު މަސައްކަތްކުރުމާއި، ކޯޕަރޭޝަން ޚިދުމަތްތައް ފޯރުކޮށްދިނުމަށާއި ޕްރޮގްރާމްތައް ތަންފީޒުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުން.
- ކޯޕަރޭޝަންގެ ހަރުމުދާތައް ބެލެހެއްޓުމާއި، ހަރުމުދާ މަރާމާތުކުރަންޖެހޭ ތާވަލްތައް އެކުލަވާލައި، ތާވަލުކުރެވިފައިވާ ގޮތަށް މަރާމާތުކުރުން.
- އަލަށް މާކެޓަށް ނުކުންނަ ތަކެއްޗާއި ލިބެންހުރި ޚިދުމަތްތަކާބެހޭ ދިރާސާތައް ކޮށް ބަލައި ހެދުން އަދި ކޯޕަރޭޝަންގެ މަސައްކަތަށް އެހީތެރިވެދޭ މުދަލާއި ޚިދުމަތްތައް ކޯޕަރޭޝަނަށް ތަޢާރަފުކުރުން.
- ކޯޕަރޭޝަންގެ ޕްރޮކިއުމަންޓް އެންޑް ލޮޖިސްޓިކްސް މަސައްކަތްތަކާ ގުޅުންހުރި ރިޕޯޓްތައް ތައްޔާރުކުރުން.
- ކޯޕަރޭޝަންގެ ޕްރޮކިއުމަންޓް އެންޑް ލޮޖިސްޓިކްސް ޑިޕާޓްމަންޓް ދުވަހުން ދުވަހަށް ހިންގުމާއި، ބޭނުންވާ ފަންނީ މުވައްޒަފުން ހޯދުމާއި، މުވައްޒަފުންނަށް ބޭނުންވާ ތަމްރީނު ދިނުމާއި، ފަންނީ ލަފާ ފޯރުކޮށްދިނުމާއި، މަސައްކަތް ކުރިއަށް ގެންދިއުމަށް އެކަށޭނަ މާޙައުލެއް ޤާއިމުކޮށްދިނުން.
- ކޯޕަރޭޝަންގެ ސީނިއަރ މެނޭޖްމަންޓް ޓީމުގެ މެންބަރެއްގެ ގޮތުގައި ކޯޕަރޭޝަންގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް މަސައްކަތްކުރުމާއި، ކޯޕަރޭޝަންގެ މަސައްކަތްތައް ކުރިއަށްގެންދެވޭނެފަދަ މާޙައުލެއް ޤާއިމުކުރުން.
|
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3018329، 3018330، 3018328 އަށް ގުޅުއްވުން އެދެމެވެ.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:
- މަސައްކަތާ ގުޅުންހުރި ދާއިރާއިން ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ.
- ވަޒީފާއާބެހޭ ޤާނޫނާއި، ކޯޕަރޭޝަންގެ މަސައްކަތްތައް ކުރިއަށްގެންދިއުމާ ގުޅުންހުރި ގަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު.
|
ހުށަހަޅަންޖެހޭ ތަކެތި:
- ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ( އެކްރެޑިޓް ކުރެވިފައިވާ ) ފޮޓޯކޮޕީ.
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
- މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 5 އަށްވުރެ ގިނަނަމަ ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބަލައި 5 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
- ސުންގަޑި: 15 އޮކްޓޫބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
- އިންޓަރވިއު އާއި އިމްތިޙާން ކުރުން 18 އޮކްޓޫބަރު 2015 އާއި 29 އޮކްޓޫބަރު 2015 އާ ދޭތެރޭގައި މި މިނިސްޓްރީގައި އޮންނާނެއެވެ.
|
21 ޛުލްޙިއްޖާ 1436
|