މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ހިއުމަން ރިސޯސް އޮފިސަރ

ވަޒީފާގެ ފުރުޞަތު

އެއަރޕޯޓްތައް ތަރައްޤީކޮށް ހިންގުމުގައި ރާއްޖޭގައި އެންމެ ޤާބިލު އަދި ތަޖުރިބާހުރި މިކުންފުނީގެ ވަޒީފާ އަދާކުރާހިތްވާ، ކަމަށް ޤާބިލު އުފެެއްދުންތެރި ހީވާގި އަދި ނަތީޖާ ހާސިލުކުރެވޭނެ ފަރާތްތަކަށް ތިރީގައި ބަޔާންކުރާ މަޤަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މަޤާމު : ހިއުމަން ރިސޯސް އޮފިސަރ

ބޭނުންވާ އަދަދު: 01  

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯރޓް ( ހުޅުލެ )/ ހިއުމަންރިސޯސް ޑިވިޜަން

ޝަރުޠު:

- ބެޗެލާސް ޑިގްރީ އިން ހިއުމަން ރިސޯސް މެނޭޖްމަންޓް ހާސިލުކޮށްފައިވުން ނުވަތަ ގުޅޭދާއިރާއަކުން މިފެންވަރުގެ ސެޓްފިކެޓެއް ހާސިލުކޮށްފައިވުން.

- ސެކްރިޓޭރިއަލް ދާއިރާގައި ނުވަތަ ހިއުމަން ރިސޯސް މަގާމެއްގައި 2 އަހަރުގެ ތަޖުރިބާ ލިބިފައިވުން.

- އެޗްއާރ ރިޕޯޓުތައް ދިރާސާކޮށް ކުންފުނީގެ ފެންވަރު ރަނގަޅުކުރަން ހުރި ކަންކަން ކުރުން ނުވަތަ ކުރަންހުރި ކަންކަން ދިރާސާކޮށް ކުރުން.

- އިނގިރޭސިބަހުން ރަނގަޅަށް ވާހަކަ ދައްކައި، ލިޔަން އެނގުން.

- މަޑުމައިތިރި، އަޚުލާޤު ރަނގަޅު، އެހެން މީހުންނާއި އެއްކޮށް މަސައްކަތް ކުރެވޭ ފަރާތެއްކަމުގައިވުން.

- އިތުރަށް އުނގެނުމަށް އިސްކަންދޭ ފަރާތެއްކަމުގައިވުން.

- އައިޓީ ތަޖްރިބާ ލިބިފައިވާ ފަރާތެއްކަމުގައިވުން، މައިކްރޯސޮފްޓް އޮފީސް ޕެކްޖް ބޭނުންކުރަން އެނގުން.

މުސާރައާއި އިނާޔަތްތައް: މަހަކު -/12,000 – -/10,000  ރުފިޔާއާ ދެމެދު.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  • ކުންފުނީގެ ޗީފް ހިއުމަން ރިސޯސް އޮފިސަރގެ މަސައްކަތުގައި އެހީތެރިވުން.
  • އެޗް.އާރު މީޓިންގތައް ހަމަޖެއްސުމާއި މީޓިންގ ޔައުމިއްޔާ ލިޔުން.
  • އެޗް.އާރް އަށް ބޭނުންވާ ރިޕޯޓުތައް އަމިއްލައަށް ކޯޑިނޭޓްކޮށް، ތައްޔާރުކުރުން.
  • އެޗް.އާރް އާ ގުޅުންހުރި ހަރަކާތްތަކާއި، ޕްރޮޖެކްޓްތައް ރޭވުމާއި ބައިވެރިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް :  

- ސީވީ އާއި ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

- ސްކޫލް ލީވިންގ ސެޓްފިކެޓް ކޮޕީ

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ކޮޕީ  

- ކުރިން އަދާކޮށްފައިވާ ވަޒީފާތަކާއި ގުޅޭ ލިޔެކިޔުންތަކުގެ ކޮޕީ

- 3 މަސް ދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓް

ކުރިމަތިލުމުގެ ސުންގަޑި : 20 އޮކްޓޫބަރު 2015ގެ 16:00

ވަޒީފާއަށް އެދޭ ސިޓީ އެޑްރެސް ކުރައްވާނީ :

ޖެނަރަލް މެނޭޖަރ، ހިއުމަން ރިސޯސަސް

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް

ކޯޕަރޭޓް އޮފީސް ، ހުޅުލެ ، ދިވެހިރާއްޖެ

އިތުރު މަޢުލޫމާތު : ފޯނު – 3325511 

މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަނުވާ ފަރާތްތަކާއި، ލިޔުންތަކުގެ ކޮޕީ ނެތް ފަރާތްތަކުގެ ސިޓީ އަދި ފޯމު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

25 ޛުލްޙިއްޖާ 1436  

 

07 އޮކްޓޫބަރު 2015
ހޯދާ