މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ޕްރޮޖެކްޓް ޑައިރެކްޓަރ

އިޢުލާން

ޗައިނާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ "ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖް" މަޝްރޫއުގެ މަސައްކަތްތައް ބެލެހެއްޓުމަށްޓަކައި މި މިނިސްޓްރީގައި ބުރިޖް ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓެއް (ބުރިޖް ޕީ.އެމް.ޔޫ.) ޤާއިމު ކުރުމަށް ބޭނުންވެއެވެ. މި ޕީ.އެމް.ޔޫ.ގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ޕްރޮޖެކްޓް ޑައިރެކްޓަރގެ މަޤާމަށް މީހަކު ހޯދުމަށް "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި މަޤާމުގެ މަސައްކަތްތަކާއި، މި މަޤާމަށް ހޯދުމަށް ހަމަޖެހިފައިވާ ފަރާތްތަކަށް ކަނޑައެޅިފައިވާ ޝަރުޠުތައް ބަޔާންކޮށްފައިވާ "ޓަރމްސް އޮފް ރިފަރެންސް" (ޓީ. އޯ. އާރ) މި މިނިސްޓްރީގެ ވެބްސައިޓުން ލިބެންހުންނާނެއެވެ.

ވީމާ، މި މަސައްކަތްތަކަށް ޝައުޤުވެރިވާ ފަރާތްތަކުން "ޓަރމްސް އޮފް ރިފަރެންސް" އާ އެއްގޮތްވާގޮތުގެ މަތިން 29 އޮކްޓޫބަރު 2015 ވާ ބުރާސްފަތި ދުވަހު 14:00 ގެ ކުރިން މި މިނިސްޓްރީގެ ކައުންޓަރަށް ނުވަތަ ތިރީގައި ބަޔާންކުރެވިފައިވާ އީ-މެއިލް އެޑްރެސް އަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. ހާޑް ކޮޕީ ހުށަހަޅުއްވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައި ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކުރުމަށްފަހުއެވެ.

"ބްރިޖް ޕީ.އެމް.ޔޫ އަށް ކުރިމަތިލުމަށް އެދި

އިންފްރާސްޓްރަކްޗަރ ޑިޕާޓްމަންޓް

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

އިންފްރާސްޓްރަކްޗަރ ޑިޕާޓްމަންޓް

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ

އަމީނީ މަގު،

މާލެ، ދިވެހިރާއްޖެ.

ފޯން: 3004300      ފެކްސް:3004301

އީ-މެއިލް: [email protected]

ވެބްސައިޓް: www.housing.gov.mv

24 ޛުލްޙިއްޖާ 1436

08 އޮކްޓޫބަރު 2015
ހޯދާ