ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސިސްޓެންޓް ލޭބަރ

މިކުންފުނީގެ މިދަންނަވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމު: އެސިސްޓެންޓް ލޭބަރ ގރ1  (1 އަހަރު ދުވަހުގެ ކޮންޓްރެކްޓްއަށް )

އަދަދު:   1

އަސާސީ މުސާރަ: -/2620

މަސައްކަތް ކުރަންޖެހޭތަން: އެސްޓީއޯ ވިލިމާލެ ބޭސްފިހާރަ

އެހެނިހެން އިނާޔަތްތައް:

* އިތުރު އެލަވަންސް: 1750.00ރ އާއި 2349.38ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.

* އިތުރުގަޑީގައި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

* މަތީތަޢުލީމް ހާސިލު ކޮށްފައިވާނަމަ ހަމަޖެހިފައިވާ އުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެއެވެ.

* ޕެންޝަން

* އިންޝުއަރެންސް (ޕްރޮބޭޝަނަށް ފަހު)  

މަޤާމުގެ މަސްއޫލިއްޔަތު

* ފާމަސީ ސާފުކޮށް ބެލެހެއްޓުުން

* ހަރުގަނޑުތަކުގައި ބޭސް ޖެހުން

* މާލެއަށް އިންވޮއިސް ޑިސްޕެޗްކުރުން

* މުދާ ލޯޑު ކުރުމާއި އަންލޯޑުކުރުން

ތަޢުލީމާއި ތަޖުރިބާ:

* ގްރޭޑް 7 ފުރިހަމަކޮށްފައިވުން

* އިނގިރޭސި އަދި ދިވެހި ބަހުން މުޢާމަލާތު ކުރަން އެނގުން

* ޝިފްޓް ޑިއުޓީގައި މަސައްކަތް ކުރެވޭ މިީހެއްކަމުގައިވުން

މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2015 އޮކްޓޫބަރު 15 (ބުރާސްފަތި)ގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު މި ކުންފުނީގެ ހެޑް އޮފީސް ކައުންޓަރުން ނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

އެސްޓީއޯ ވެބްސައިޓް:

http://www.stomaldives.com/downloads/

ނޯޓް:

އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

މި މަޤާމަށް މުވައްްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތުގެ ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައިި އެންމެ މަތިން މާކްސް ލިބޭ ފަރާތަކަކެވެ.

ވަޒީފާ  ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން  ޕލކ ހެޑް އޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން:  3344245     ފެކްސް:  3344041    ވެބްސައިޓް: www.stomaldives.com

 

08 އޮކްޓޫބަރު 2015
ހޯދާ