ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބައުމިސްކިތުގެ ހުޅަނގު ޤަބުރުސްތާނުން 480 ފޫޓުގެ ފާރު 3 ފޫޓު އުސްމިނުގައި ރާނަން

އަންދާސީހިސާބު ބޭނުންވެއްޖެ

ތ. ކިނބިދޫ ބައުމިސްކިތުގެ ހުޅަނގު ޤަބުރުސްތާނުން 480 ފޫޓުގެ ފާރު 3 ފޫޓު އުސްމިނުގައި ރާނަން ބޭނުންވާތީ، އެކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މިމަސައްކަތާބެހޭ މަޢުލޫމާތު ސާފުކޮށްދިނުން އޮންނާނީ 20 އޮކްޓޫބަރު 2015 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި މިއިދާރާގައެވެ. އަންދާސީހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވަނީ 26 އޮކްޓޫބަރު 2015 ދުވަހުގެ ހެނދުނު 11:00 ގައި މިއިދާރާގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަނެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ ސިޓީއަކާއެކު ފޮނުއްވުން އެދެމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

22 ޛުލްޙިއްޖާ 1436

05 އޮކްޓޫބަރު 2015
ހޯދާ