ލ. ދަނބިދޫ ސްކޫލް
ދިވެހިރާއްޖެ
ކްލާސްރޫމްތައް ވަކިކުރުމަށް ހަރުކުރެވިފައިވާ ޕާޓިޝަންތައް މަރާމާތުކުރުމާބެހޭ

ކްލާސްރޫމްތައް ވަކިކުރުމަށް ހަރުކުރެވިފައިވާ ޕާޓިޝަންތައް މަރާމާތުކުރުމާބެހޭ

ލ. ދަނބިދޫ ސްކޫލުގެ ކްލާސްރޫމްތައް ވަކިކުރުމަށް ހަރުކުރެވިފައިވާ ޕާޓިޝަންތައް އަމިއްލަ ތަކެތީގައި މަރާމާތުކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ލ.ދަނބިދޫ ސްކޫލް އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

20 އޮކްޓޫބަރު 2015 ވާ އަންގާރަ ދުވަހުގެ 11:00

28 އޮކްޓޫބަރު 2015 ވާ ބުދަ ދުވަހުގެ 11:00

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6800740 ނަންބަރު ފޯނާއެވެ.

23 ޛުލްޙިއްޖާ 1436

07 އޮކްޓޫބަރު 2015
ހޯދާ