ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް އިންސްޕެކްޓަރ (ޝިފްޓު ޑިޔުޓީ)

                   

މަޤާމު: އެސިސްޓެންޓް އިންސްޕެކްޓަރ (ޝިފްޓް ޑިޔުޓީ)

ބޭނުންވާ ޢަދަދު: 1 (އެކެއް)

މުސާރަ: ތަޖުރިބާ އަދި ކޮލިފިކޭޝަނަށް ބެލުމަށްފަހު ދެފަރާތުން އެއްބަސްވާ މުސާރައެއް ކަނޑައެޅޭނެއެވެ.

ވަޒީފާއަދާކުރަން ޖެހޭ ތަން:  ތިލަފުށި އޮފީސް

ސެކްޝަން: އޮޕަރޭޝަންސް ޑިޕާރޓްމަންޓް

މަޤާމުގެ ޝަރުޠު:

1. ޖީ.ސީ.އީ.އޯ ލެވެލް ފެންވަރު ހުރުން.

2. ދިވެހި އަދި އިނގިރޭސި ބަހުން ރީތިކޮށް އަދި ހަރުދަނާކޮށް މުޢާމަލާތްކުރަން އެނގުން.

3. މަސައްކަތުގެ މާހައުލުގައި ދަތުރުފަތުރު ކުރުމަށް އުޒުރުވެރިވާ ފަރާތަކަށް ނުވުން.

4. ތިލަފުށީގައި މަސައްކަތް ކުރުމަށް އުޒުރުވެރިވާ ފަރާތަކަށް ނުވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

1. ތިލަފުށީގައިތިބޭ ފަރާތްތައް ޢަމަލުކުރަމުންގެންދަނީ ތިލަފުށީގެ ޢާންމު ގަވާއިދާ އެއްގޮތަށްތޯ ބަލައި މޮނީޓަރ ކޮށް ހައްލުކުރަންޖެހޭ ކަންތައްތައް ހައްލުކޮށް އިތުރަށް ބަލަންޖެހޭ ކަންތައްތައް ދެނެގަނެ އަންގަންޖެހޭ ފަރާތްތަކަށް އެންގުން.

2. ތިލަފުށީގައި ސިނާއީ މަސައްކަތްތަކަށް ބިން ދޫކުރެވިފައިވާ ފަރާތްތައް ކުންފުނިން ހަމަޖައްސާފައިވާ ގަވައިދުތަކާ އެއްގޮތަށް އަމަލު ކުރޭތޯ ބެލުން.

3. ކުންފުނިން ތިލަފުށީގައި ގާއިމު ކުރުމަށް ކަނޑައަޅާ ޚިދުމަތްތައް ގާއިމުކޮށް ކަނޑައަޅާ ސްޓޭންޑަރޑް އެއްގެ ތެރޭގައި ޚިދުމަތްތައް ދެވޭނެ އިންތިޒާމު ހަމަޖެއްސުން.

އުޖޫރައާއި އިނާޔަތްތައް:

  • އިތުރުގަޑީގެ ފައިސާ: އިތުރު ގަޑީގައި މަސައްކަތް ކުރާނަމަ ކޯޕަރޭޝަންގެ ޕޮލިސީއާ އެއްގޮތްވާ ގޮތުގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • އެޓެންޑެންސް އެލަވަންސް އާއި ފުޑް އެލަވަންސް ކޯޕަރޭޝަންގެ ޕޮލިސީއާ އެއްގޮތްވާ ގޮތުގެ މަތިން ލިބޭނެއެވެ.

އެޕްލިކޭޝަން ފޮނުވަންވީ އެންމެ ފަހު ތާރީޚު:

19 އޮކްޓޫބަރު 2015 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމާއި ބޭނުންވާ އެހެނިހެން ލިޔުންތަކާއެކު ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް، 4 ވަނަ ފަންގިފިލާ، ފެން ބިލްޑިންގ، އަމީނީ މަގު، މާލެ، ދިވެހިރާއްޖެއަށް ހުށަހެޅުއްވުން އެދެމެވެ.
އީމެއިލުން ހުށަހަޅުއްވާ އެޕްލިކޭޝަން ފޯމު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު. ( އެޕްލިކޭޝަން ފޯމު ޓީ.ސީ.އެލްގެ މައި އޮފީހުން ލިބެން ހުންނާނެ )

2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް.

3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށްޓަކައި، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

5. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. (ސީވީ)

6. ޕާސްޕޯޓް ސައިޒުގެ 1 ފޮޓޯ.

އިންޓަރވިއު ކުރުން:

  • މި މަޤާމުތަކަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއު ކުރެވޭނީ މަޤާމުގެ އަސާސީ ޝަރުޠު ފުރިހަމަވާ ފަރާތްތަކާއެވެ.

އިތުރު މަޢުލޫމާތު:

    މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ 3307513 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3307514 އެވެ.

                    7 އޮކްޓޫބަރު 2015

 

07 އޮކްޓޫބަރު 2015
ހޯދާ