ދިވެހިރާއްޖެ
އިޢުލާން
ޑޭޓާ އެންޓްރީގެ މަސައްކަތްކޮށްދޭނެ ފަރާތްތަކެއް ހޯދުން
މިކުންފުންޏަށް ޑޭޓާ އެންޓްރީގެ މަސައްކަތް ކޮށްދެއްވާނެ ފަރާތްތަކެއް ބޭނުންވެއެވެ. މި މަސައްކަތަށް ހަމަޖެހިފައިވާ އުޖޫރައަކީ މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް -/200ރ (ދުއިސައްތަ ރުފިޔާ)އެވެ.
ޝަރުޠު: މައިކްރޮސޮފްޓް އޮފީސް ޕެކޭޖްތައް ރަނގަޅަށް ބޭނުންކުރަން އެނގުމާއެކު ފަރިތަކޮށް އިނގިރޭސި ބަހުން ޓައިޕްކުރަން އެނގުން.
ކުރިމަތިލެވޭނެ ފަރާތްތައް: ވަޒީފާގައި އުޅޭ ފަރާތްތަކަށް ޕާރޓްޓައިމްކޮށް މި މަސައްކަތް ކުރެވޭނެއެވެ. އަދި ކޮލެޖް/ޔުނިވަރސިޓީގައި އުޅުއްވާ ފަރާތްތަކަށްވެސް މި ފުރުޞަތު ފަހިކޮށްދެވިދާނެއެވެ.
އުމުރުން 18 އަހަރު ނުފުރޭ ފަރާތެއްނަމަ ބެލެނިވެރިޔާގެ ލިޔުމެއް ހުށަހަޅުއްވަން ޖެހޭނެއެވެ.
މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، މި މަސައްކަތަށް އެދި ފޮނުވާ ސިޓީއާއި ވަނަވަރު އަދި އެކުގައި ހުށަހަޅުއްވަންޖެހޭ ލިޔުންތަކާއެކު 19 އޮކްޓޫބަރު 2015 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން ޕޯސްޓް ބިލްޑިންގގެ 3 ވަނަ ފަންގިފިލާއަށް ވަޑައިގެން އެޗްއާރ ސެކްޝަނަށް ހުށަހެޅުއްވުން އެދެމެވެ. ސިޓީއުރައިގެ ބޭރުގައި "ޑޭޓާ އެންޓްރީގެ މަސައްކަތަށް އެދި" މިހެން ޖައްސަވަންވާނެއެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ: ނަންބަރު 3009270 ނުވަތަ 3009271 އާއެވެ.
29 ޛުލްޙިއްޖާ 1436