ބ.އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

 

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް

ރިސެޕްޝަނިސްޓް

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

ރޭންކް: ޖީ. އެސް. 3

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

ވަޒީފާ އޮތް ތަން

ބ. ދޮންފަނު ޞިއްޙީ މަރުކަޒު

މަސައްކަތް ކުރަންޖެހޭ ތަން

ބ. ދޮންފަނު ޞިއްޙީ މަރުކަޒު

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ޞިއްޙީ މަރުކަޒުގެ ރިސެޕްޝަނަށް އަންނަ ފޯންކޯލްތަކަށް ޖަވާބުދާރީވުމާއި، އެ ކޯލްތައް ގުޅުވައިދެންޖެހޭ ފަރާތްތަކާ ގުޅުވައިދިނުން.
  2. ޚިދުމަތް ހޯދަން އަންނަ ފަރާތްތައް ރަޖިސްޓްރީކުރުމާއި، މެމޯ ދޫކުރުމާއި، އެފަރާތްތަކަށް ބޭނުންވާ މައުލޫމާތު ސާފުކޮށްދިނުން.
  3. ރިސެޕްޝަނަށް ލިބޭ ފައިސާ ބަލައިގަތުމާއި، ފައިސާ ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  4. އާސަންދައިގެދަށުން ކުރެވޭ އެންމެހައި މަސައްކަތްތައް ކުރުން.

ތައުލީމާއި ތަޖުރިބާ

  1. ޖާނަލިޒަމް، ޕަބްލިކް ރިލޭޝަން، ފޮރިން ރިލޭޝަން، އިންފޮމޭޝަން މެނޭޖްމަންޓް، މާރކެޓިންގ މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް،  ބިޒްނަސް  އެޑްމިނިސްޓްރޭޝަންގެ  ދާއިރާއަކުން  ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ  އޮނިގަނޑުގެ ލެވެލް '3' ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ޖާރނަލިޒަމް، ޕަބްލިކް ރިލޭޝަން، ފޮރިން ރިލޭޝަން، އިންފޮމޭޝަން މެނޭޖްމަންޓް، މާރކެޓިންގ މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމް

މަސައްކަތު

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1

ރޭންކް: އެސް. އެސް. 1

މުސާރަ

މަހަކު -/3100 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1000 ރުފިޔާ

ވަޒީފާ އޮތް ތަން

ބ. ދޮންފަނު ޞިއްޙީ މަރުކަޒު

މަސައްކަތް ކުރަންޖެހޭ ތަން

ބ. ދޮންފަނު ޞިއްޙީ މަރުކަޒު

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

1. ޞިއްޙީ މަރުކަޒުގެ ގޯތިތެރެ ކުނިކަހައި ވިނަނޮޅައި ސާފުކުރުމާއި،  ކުނިއަޅާ ސަރަހައްދަށް ކުނިތައް އުކާލުން.

2. ޞިއްޙީ މަރުކަޒުގެ އިމާރާތުގައި ހިމެނޭ އެކިތަންތަނުގެ ތަޅުންގަނޑު ކުނިކަހައި، މޮޕްއަޅައި، ސާފުކުރުން.

3. ޞިއްޙީ މަރުކަޒުގެ އިމާރާތުގައި ހިމެނޭ ތަންތަނުގެ ދޮރާއި، ދޮރުފަތްތަކާއި، އެތަންތަނުގައި ހުރި މޭޒާއި، ގޮނޑިއާއި، އެހެނިހެން ތަކެތި ފޮޅައި ސާފުކުރުން.

4. ޞިއްޙީ މަރުކަޒުން އެއްތަނުން އަނެއްތަނަށް ގެންދަންޖެހޭ ތަކެތި ގެންދިއުމާއި، އެކި ތަންތަނުން ޞިއްޙީ މަރުކަޒަށް ގެންދަންޖެހޭ ތަކެތި ގެނައުން.

5. ޞިއްޙީ މަރުކަޒުގައި ހުރި އިމާރާތްތަކުގެ ފުރާޅާއި ދިޔަދޮވި ސާފުކުރުމާއި، މަރުކަޒުގެ ގޯތިތެރޭގައި ގަސްއިންދުމާއި، ގަސްތައް ކޮށައި ފެންދީ ބެލެހެއްޓުން.

ތައުލީމާއި ތަޖުރިބާ

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ލިބިފައިވުން.

ވަޒީފާއަށް އެދޭ އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

 

ޢިނާޔަތްތައް

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  2. ސިވިލް ސަރވިސްގެ ގަވާއިދުގައިވާގޮތުގެމަތިން މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް ހަމަޖެހިފައި އޮންނަ އުސޫލުން ރިސްކް އެލަވަންސް.

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

 

 

 

1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމް، ބ. އަތޮޅު ހޮސްޕިޓަލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތް ކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

3. ވަޒީފާއަށް އެދޭފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިއުންތައް (އެކްރިޑިއޭޓްކޮށްފައިވާ ސެޓްފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ  ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) 

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނެ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ.

6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަޑި

19 އޮކްޓޫބަރު 2015 ވަނަ ދުވަހުގެ 14:00 ގެ ކުރިން ބ. އަތޮޅު ހޮސްޕިޓަލަށް.

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން

2015 ވަނަ އަހަރުގެ އޮކްޓޫބަރުމަހުގެ ތެރޭގައި ބ. އަތޮޅު ހޮސްޕިޓަލުގައި.

ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަވާނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައިގެން 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަވިއުއަށް ދަޢުވަތުދޭނީ ޝޯޓްލިސްޓްކޮށްގެން ހޮވޭ 10 ފަރާތަށެވެ.  

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރުމަށް ބ. އަތޮޅު ހޮސްޕިޓަލުގެ 6608309 ނަންބަރު ފޯނަށް ރަސްމީގަޑީގައި ގުޅުން އެދެމެވެ.

14 ޛުލްޙިއްޖާ 1436

28 ސެޕްޓެންބަރު 2015
ހޯދާ