ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
މި ކުންފުނީގެ މެޑިކަލް ގޯޑައުން ފަރުމާކޮށް އިމާރާތްކުރާނެ ފަރާތެއް ހޯދަން

މިކުންފުނީގެ މެޑިކަލް ގޯޑައުން ފަރުމާކޮށް އިމާރާތްކުރާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

މިކުންފުނީގެ ބޭނުމަށް ހެދުމަށް ހަމަޖެހިފައިވާ 6 ބުރީގެ މެޑިކަލް ގޯޑައުން ފަރުމާކޮށް އިމާރާތްކުރާނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު އިޢުލާން (ނަންބަރު: ADM/2015/223-ފ60) އަށް އެކަށީގެންވާ އިޖާބައެއް ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވައިލަމެވެ.

މި ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުގެ ދަށުންނެވެ.

ޕްރީކޮލިފިކޭޝަން

ދިވެހިރާއްޖޭގެ ކުންފުނިތައް ވާންޖެހޭނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުގެ ކޮންޓްރެކްޓަރސް ލިސްޓުގެ GC01 Grade1 ގައި ލިސްޓު ކުރެވިފައިވާ ކުންފުނިތަކަށެވެ. ރާއްޖެއިން ބޭރުގެ ފަރާތްތައް ވާންޖެހޭނީ އެއާ އެއް ފެންވަރެއްގެ މާލީ ގާބިލުކަން ހުރި ފަރާތްތަކަށެވެ.

ބީލަމުގައި ރަޖިސްޓަރީވުމާއި ބީލަމުގެ ކަރުދާސް ބަލައިގަތުން:

ބީލަމުގައި ބޭނުންވާނެ ހުރިހާ ކަރުދާހެއް ލިޔެވިފައި ހުންނާނީ އިނގިރޭސިބަހުންނެވެ. ބީލަން ކަރުދާސް ދޫކުރެވޭނީ 2015 އޮކްޓޫބަރު 18 ވާ ދުވަހުގެ ދިހައެއް ޖެހުމުގެ (10:00) ކުރިން ނޮން ރިފަންޑަބަލް ރެޖިސްޓްރޭޝަންފީގެ ގޮތުގައި ނެގުމަށް ހަމަޖެހިފައިވާ 150.00 އެމެރިކާ ޑޮލަރު، ނުވަތަ އެއާ އެއްފަދަ ދިވެހިރުފިޔާއިން މިކުންފުނީގެ ފައިނޭންސް ޑިޕާޓްމަންޓަށް ދެއްކި ބޭފުޅުންނަށެވެ. ނަގުދު ފައިސާގެ ގޮތުގައި ގަބޫލުކުރެވޭނީ ކޭޝިޔަރސް ޗެކް އަދި ޑައިރެކްޓް ޑިޕޮސިޓް (މިކުންފުނީގެ އެޗް.އެސް.ބީ އެކައުންޓް ނަންބަރު 103 005999 200 ސްވިފްޓް ކޯޑް HSBCMVMV) އެވެ. ނަގުދު ފައިސާއިން ރެޖިސްޓްރޭޝަން ފީ ދައްކަވާ ބޭފުޅުން ތިރީގައި ދެންނެވިފައިވާ އީމެއިލް އެޑްރެހަށް ފައިސާ ޖަމާކުރިކަމުގެ ރަސީދު ފޮނުވަންވާނެއެވެ. ރެޖިސްޓްރޭޝަން ފުރިހަމަކުރައްވާފައިވާ ބޭފުޅުންނަށް ބީލަންކަރުދާސް އީމެއިލްގެ ޒަރީޢާއިން ދޫކުރެވޭނެއެވެ.

ސްޓޭޓް ޓްރޭޑިނގް އޯގަނައިޒޭޝަން ޕލކ.

އެޑްރެސް:              ބޮޑުތަކުރުފާނުމަގު، މާފަންނު، މާލެ، ދިވެހިރާއްޖެ

ފޯނު ނަންބަރު:           196 44 33 960+ / 224 44 33 960+

ފެކްސް:               633 44 33 960+

ކޮންޓެކްޓް ކުރަންޖެހޭ ފަރާތް:  އަޙްމަދު ނާޝިދު  

އީމެއިލް:              [email protected]

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މަތީގައި ދެންނެވިފައިވާ އެޑްރެހާ ގުޅުއްވުން އެދެމެވެ.

ނޯޓް: މަތީގައި ދެންނެވިފައިވާ ގަޑިތަކަކީ ދިވެހިރާއްޖޭގެ ގަޑި (GMT+5:00)

06 އޮކްޓޫބަރު 2015
ހޯދާ