އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސައިކޮޓަރިއެއް ހެދުން

  • އއ.އަތޮޅު ކައުންސިލް އިދާރާގައި ސައިކޮޓަރިއެއް ހެދުން:

މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި ސައިކޮޓަރިއެއް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 2015 އޮކްޓޫބަރު 20 ވަނަ ދުވަހުގެ 13:00 އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2015 އޮކްޓޫބަރު 22 ވަނަ ދުވަހުގެ 13:00 އަށް މި އިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހަޅަންވާނީ އެކަމަށް ތައްޔާރު ކުރެވިފައިވާ "އަންދާސީހިސާބު ހުށަހަޅާ" ފޯމުންނެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޒިރުވާ ފަރާތްތަކަށް ފޯމު ދޫކުރެވޭނެއެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ. އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލު ކުރެވޭނެއެވެ. އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ އެކަން ބަޔާންކޮށް ލިޔުމެއް ހުށަހަޅަންވާނެއެވެ.

އަންދާސީހިސާބުތަކަށް ޕޮއިންޓް ދިނުމަށް ކަނޑައެޅިފައިވާ ގޮތް:

މަސައްކަތުގެ އަގު (އެންމެ ކުޑަކޮށް ހުށަހަޅާ އަގަށް)

60 ޕޮއިންޓް

މަސައްކަތުގެ މުއްދަތު (އެންމެ ކުރު މުއްދަތަށް)

20 ޕޮއިންޓް

މަސައްކަތުގެ ތަޖުރިބާ (ހުށަހަޅާ ލިޔުންތަކަށް ބަލާފައި)

20 ޕޮއިންޓް

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

23 ޛުލްޙިއްޖާ 1436

07 އޮކްޓޫބަރު 2015
ހޯދާ