މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ސެކިއުރިޓީ ބެލެހެއްޓުމާބެހޭ

އައްޑޫސިޓީ ހިތަދޫގައި ހުންނަ ލޭންޑް، ބިލްޑިންގ އެންޑް މުނިސިޕަލް ސަރވިސަސް އޮފީސް ޢިމާރާތު ސެކިއުރިޓީ ބެލެހެއްޓުމާބެހޭ:

އައްޑޫސިޓީގެ ހިތަދޫގައި ޤާއިމުކޮށްފައިވާ މި މިނިސްޓްރީގެ ޑިޕާޓްމެންޓެއްކަމަށްވާ ލޭންޑް، ބިލްޑިންގ އެންޑް މުނިސިޕަލް ސަރވިސަސް އޮފީސް ޢިމާރާތުގެ ސެކިއުރިޓީ 1 އަހަރު ދުވަހަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.   

ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 18 އޮކްޓޫބަރު 2015 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް ސ.ހިތަދޫގައި ހުންނަ ލޭންޑް، ބިލްޑިންގ އެންޑް މުނިސިޕަލް ސަރވިސަސް ޑިޕާޓްމަންޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 20 އޮކްޓޫބަރު 2015 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް ސ.ހިތަދޫގައި ހުންނަ ލޭންޑް، ބިލްޑިންގ އެންޑް މުނިސިޕަލް ސަރވިސަސް ޑިޕާޓްމަންޓަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަގު ބަލައިނުގަނެވޭނެ ކަމުގައި ދެންނެވީމެވެ.

މި އިޢުލާނާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ 4345-300 / 688-5898 އަށް ރަސްމީގަޑީގައި ގުޅުއްވުން އެދެމެވެ.

23 ޛުލްޙިއްޖާ 1436

 

07 އޮކްޓޫބަރު 2015
ހޯދާ