މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ
ދިވެހިރާއްޖެ
ޕްލޭނެއް ތައްޔާރުކުރުމަށް

2014 ވަނަ އަހަރު މި މިނިސްޓްރީން ވަނީ 4 އަތޮޅެއްގައި (ހދ، ށ، ތ އަދި ގދ) އަދި ކ.ވިލިނގިލީގައި ޖުމްލަ 5 އަމާންހިޔާ ހުޅުވާފައެވެ. މި އަމާންހިޔާތަކަކީ ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާ ލިބިފައިވާ އަދި ލިބެމުންދާ ފަރާތްތަކަށް ވަގުތީ ހިޔާވަހިކަން ދިނުމުގެ މަޤްޞަދުގައި ބިނާކުރެވިފައިވާ އިމާރާތްތަކެވެ. އެހެންކަމުން، އަމާންހިޔާތަކުން ދެވޭ ޚިދުމަތް ފުރިހަމަ ގޮތެއްގައި އަނިޔާ ލިބޭ ފަރާތްތަކަށް ފޯރުކޮށްދިނުމަށްޓަކައި އެތަންތަން ހިންގާނެ ޕްލޭނެއް ތައްޔާރުކުރުމަށް މި މިނިސްޓްރީން ބޭނުންވެއެވެ. މި މަސައްކަތްތަކަކީ ޔުނިސެފާއި މި މިނިސްޓްރީން ކުރިއަށްގެންދާ މަސައްކަތެއްކަމުގައި ދަންނަވަމެވެ.

ވީމާ، އޮޕަރޭޝަނަލް ޕްލޭނެއް އެކުލަވާލުމަށް ޝައުޤުވެރިވާ ފަރާތްތަކުން 13 އޮކްޓޫބަރު 2015 ވާ އަންގާރަ ދުވަހުގެ 13:00 އަށް މި މިނިސްޓްރީއަށް (ގ. ބިއްލޫރިޖެހިގެ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 19 އޮކްޓޫބަރު 2015ވާ ހޯމަ ދުވަހުގެ 13:00 އަށް މިމިނިސްޓްރީއަށް (ގ. ބިއްލޫރިޖެހިގެ) ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

24 ޛުލްޙިއްޖާ 1436

08 އޮކްޓޫބަރު 2015
ހޯދާ