މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
2016 ވަނަ އަހަރުގެ ސްކޫލް އެކްޓިވިޓީޒް ކަލަންޑަރު އެކުލަވައިލުމާބެހޭ

2016 ވަނަ އަހަރު ސްކޫލް އެކްޓިވިޓީޒް ކަލަންޑަރުގައި ޙަރަކާތްތައް ހިމަނުއްވަން ބޭނުންފުޅުވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވައިލައިފީމެވެ. އާންމުގޮތެއްގައި ސްކޫލް އެކްޓިވިޓީޒް ކަލަންޑަރުގައި ހިމަނާ ޙަރަކާތްތަކަކީ، ސަރުކާރު ވުޒާރާތަކުން، މިނިވަން މުއައްސަސާތަކުން، އަދި ކުޅިވަރު އެސޯސިއޭޝަންތަކުންނާ ޖަމްޢިއްޔާ / ޖަމާޢަތްތަކުން ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގާ ޙަރަކާތްތަކެވެ. މިފަދަ ޙަރަކާތްތައް ސްކޫލް އެކްޓިވިޓީޒް ކަލަންޑަރުގައި ހިމަނާނީ، އެ ޙަރަކާތެއްގެ ސަބަބުން މަޢުލޫމާތާ، ހުނަރާ އަދި ޖިސްމާނީ ތަރައްޤީއަށާ އަޚުލާޤީގޮތުން ދަރިވަރުންނަށް ކުރާނެ މަންފާއަށް ރިޢާޔަތް ކުރުމަށްފަހުއެވެ.

ވީމާ "ސްކޫލް އެކްޓިވިޓީޒް ކަލަންޑަރ 2016" ގައި ޙަރަކާތްތައް ހިމަނުއްވަން ބޭނުންފުޅުވާ ފަރާތްތަކުން، މި މިނިސްޓްރީގެ ވެބްސައިޓް www.moe.gov.mv ން "އެކްޓިވިޓީޒް އެޕްލިކޭޝަން ފޯމު 2016" ޑައުންލޯޑް ކުރެއްވުމަށްފަހު، ފޯމުގައި ހުށަހަޅަން ބުނެފައިވާ ލިޔުންތަކާއެކު، 25 އޮކްޓޫބަރު 2015 ވަނަ ދުވަހުގެ 15:00 ގެ ކުރީން މި މިނިސްޓްރީއަށް ހުށަހެޅުމަށް ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ ގުޅުއްވާނީ، 3341448، 3341357 ނަންބަރަށެވެ.

29 ޛުލްޤަޢިދާ 1436   

13 އޮކްޓޫބަރު 2015
ހޯދާ