އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް

މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް

އައްޑޫސިޓީ ހިތަދޫގައި ހުންނަ މިއޮފީހުގެ ސަރަޙައްދީ ގޮފީގެ އިމާރާތުގެ ބައެއް ކޮޓަރިތައް މިއޮފީހުން ދޭ މަޢުލޫމާތާ އެއްގޮތަށް ޕާޓިޝަން ޖެހުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 22 އޮކްޓޫބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 14:00އަށް އައްޑޫސިޓީ ހިތަދޫގައި ހުންނަ މިއޮފީހުގެ އިމާރާތަށް ވަޑައިގެން މަޢުލޫމާތު އޮޅުންފިލުވުމަށްފަހު، 29 އޮކްޓޫބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް އައްޑޫސިޓީ ހިތަދޫގައި ހުންނަ މިއޮފީހުގެ އިމާރާތަށް ވަޑައިގެން އެދުވަހު ތިއްބަވާ މިއޮފީހުގެ މުވައްޒަފުންގެ އަތަށް އަގު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު އޮޅުންފިލުއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އަދި 14:00 ގެ ފަހުން މިކަމާ ގުޅޭ މަޢުލޫމާތު ހޯދުމަށް ހާޒިރުވާ ފަރާތްތަކާއި އަންދާސީހިސާބު ހުށަހެޅުމަށް ހާޒިރުވާ ފަރާތްތައް ހޯލަށް ނުވެއްދޭނެ ވާހަކަވެސް ދެންނެވީމެވެ.

08 އޮކްޓޫބަރު 2015
ހޯދާ