ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
ދިވެހިރާއްޖެ
ފައިނޭންސް އޮފިސަރ

މަޤާމު

ފައިނޭންސް އޮފިސަރ   

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް: އެމް.އެސް 1

މުސާރަ

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

ލިވިންގ އެލަވަންސް

މަހަކު -/3000 ރުފިޔާ

އެހެނިހެން

މަޤާމުގެ ގޮތުން ދެވޭ ޚާއްޞަ އެލަވަންސްގެ ގޮތުގައި މި އޮތޯރިޓީގައި އަދާކުރާ ވަޒީފާގެ އިތުރުން އެހެން ވަޒީފާއެއް އަދާކުރުން މަނާކުރުމަށް ޝަރުޠުކޮށް މުސާރައިގެ %35 ދެވޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ

ތަޢުލީމާއި ތަޖުރިބާ

 

 

ތަޢުލީމީ ފެންވަރު:

  1. އެކައުންޓިންގ، ފައިނޭންސް ނުވަތަ ފައިނޭންޝަލް މެނޭޖްމަންޓްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 (ޑިޕްލޮމާ ނުވަތަ އެޑްވާންސް ޑިޕްލޮމާ) ހާސިލުކޮށްފައިވުން.

މަސައްކަތުގެ ތަޖުރިބާ:

  1. މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއިން 2 އަހަރު ދުވަހުގެ މަސައްކަތާގުޅޭ ތަޖުރިބާ ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. އޮތޯރިޓީގެ ރަސްމީ ބަޖެޓާއި އެހީގެ ގޮތުގައި އޮތޯރިޓީއަށް ލިބޭ ފައިސާގެ ބަޖެޓުން ކުރެވޭ ޚަރަދުތައް ބެލެހެއްޓުމާއި ކުރެވޭ ޚަރަދުތަކުގެ ލިޔެކިޔުންތައް ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ޒިންމާދާރުކަމާއެކު ބެލެހެއްޓުން.
  2. އޮތޯރިޓީގެ އަހަރީ ބަޖެޓް، ސެކްޝަންތަކާ ގުޅިގެން ތައްޔާރުކުރުން.
  3. އޮތޯރިޓީގެ ބަޖެޓު ބެލެހެއްޓުން.
  4. އޮތޯރިޓީން ކުރާ އެންމެހާ ޚަރަދުތައް ބެލެހެއްޓުމާއި ފައިސާ ދައްކަންޖެހޭ ފަރާތްތަކަށް ސުޕަވައިޒަރުގެ އިރުޝާދާއެކު ފައިސާ ދެއްކުން.
  5. އޮތޯރިޓީގެ ތިޖޫރީ ބެލެހެއްޓުމާއި ޕެޓީކޭޝް ފައިސާ ބެލެހެއްޓުމާއި، އެކަމާގުޅިގެން ތައްޔާރުކުރަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކުރުމާއި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  6. އޮތޯރިޓީގެ ބަޖެޓް، ފައިސާ އަދި ޚަރަދުތަކާ ބެހޭގޮތުން އެކިއެކި ފަރާތްތަކާއެކު ކުރަންޖެހޭ މުޢާމަލާތުކުރުން.
  7. މާލިއްޔަތު ގަވާއިދުގެ ދަށުން އެކުލަވާލަންޖެހޭ ރިޕޯޓްތައް ސުޕަވައިޒަރުގެ އިރުޝާދާއެކު ގަވާއިދުން އެކުލަވާލުން.
  8. އޮތޯރިޓީން ރާއްޖޭގެ ރަށްރަށަށާއި ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކަށް ބޭނުންވާ ފައިސާއާގުޅޭ އިންތިޒާމު ހަމަޖެއްސުމާއި، ދަތުރުގެ ބައިވެރިންނަށް އެލަވަންސްތައް ދިނުމާއި، ދަތުރު ނިންމުމަށްފަހު ބާކީ ހުންނަ ފައިސާ އަނބުރާ ޖަމާކުރުމާއި، ދަތުރު ރިޕޯޓް ބައިވެރިންގެ ފަރާތުން ހޯދުން.
  9. ފައިސާއާބެހޭ ހުރިހާ ލިޔެކިޔުމެއް ސުޕަވައިޒަރުގެ އިރުޝާދާއެކު ބެލެހެއްޓުން.
  10. ލިޔެކިޔުމަށާއި، އެނޫން ކަންކަމަށް އޮތޯރިޓީއަށް ބޭނުންވާ ތަކެއްޗާއި ހަރުމުދަލާއި ޚިދުމަތްތައް ހޯދުމުގައި މާލިއްޔަތު ޤާނޫނާ އެއްގޮތްވާގޮތުގެމަތިން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ސުޕަވައިޒަރުގެ އިރުޝާދާއެކު ކުރުން.
  11. ބިޑް އިވެލުއޭޝަން ކޮމިޓީގެ ބައްދަލުވުންތަކަށް ބޭނުންވާ މަޢުލޫމާތު ތައްޔާރުކޮށް ފޯރުކޮށްދިނުން.
  12. އެގްރިމަންޓް ހަދަންޖެހޭ ބާވަތުގެ ކަންކަމުގައި އެގްރިމެންޓް ހެދުމާއި، އެގްރިމަންޓާ އެއްގޮތަށް މަސައްކަތްދޭތޯ ބެލުމާއި، ނުދާނަމަ އެމަޢުލޫމާތު ސުޕަވައިޒަރަށް ފޯރުކޮށްދިނުން.
  13. އޮތޯރިޓީގެ އިންވެންޓްރީ ގަވާއިދުން ބަލަހައްޓައި އަޕްޑޭޓްކުރުން. އަދި އިންވެންޓްރީގައި ހިމެނޭ ކޮންމެ އެއްޗަކީވެސް ގަވައިދުން ރެކޯޑު ކުރެވިގެން އެއްތަނުން އަނެއްތަނަށް ބަދަލުވާ ތަކެތިކަން ޔަގީންކުރުމަށް ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން.
  14. އޮތޯރިޓީގެ މާލީ ހިސާބުތައް އޮޑިޓްކުރުމަށް އޮޑިޓަރ ޖެނެރަލް އޮފީހުގެ އޮޑިޓަރުންނަށް އެހީތެރިވުން.
  15. އަހަރީރިޕޯޓް ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމާއި، ރިޕޯޓް ތައްޔާރުކުރުމަށް އެހީތެރިވުން.
  16. މަތީގައިވާ ކަންތައްތަކުގެ އިތުރުން ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ މަސައްކަތް ކުރުން.

މިމަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއެކު ތިރީގައިވާ މަޢުލޫމާތު ހުށަހަޅަން ވާނެއެވެ.

1- މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު.  

2- ވަޒީފާއެއްގައި އުޅެފައިވާ ނުވަތަ އުޅޭ ފަރާތެއްނަމަ އަދާކުރާ ނުވަތަ އަދާކޮށްފައިވާ ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް

3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

4- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ކަރިކިއުލަމް ވީޓާ)

5- މިހާރު ސިވިލް ސަރވިސްގެ ވަޒީފާގައި ހުރި މުވައްޒަފެއްނަމަ، ފުރިހަމަކޮށްފައިވާ "މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީ އަދި މަސައްކަތުގެ އުޅުމާއި އަޚުލާޤު ހުރިގޮތް ބަޔާންކުރާ ފޯމު"

6- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ، މަސައްކަތް ބެލެހެއްޓެވި އިސް މުވައްޒަފަކު ނުވަތަ ސުޕަވައިޒަރަކު އެފަރާތުގެ މަސައްކަތާމެދު ދެކޭގޮތުގެ (ރިކޮމެންޑޭޝަން ލެޓަރ) ލިޔުމެއް (އޮޕްޝަނަލް)

އިތުރު މަޢުލޫމާތު:

1- މި މަޤާމުގެ އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.

2- މިވަޒީފާއަށް ނުކުންނަ ދުވަހުން ފެށިގެން 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތެއް ދިނުމަށްފަހު ހާޒިރީއާއި މަސައްކަތުގެ ފެންވަރަށް ބަލައި ވަޒީފާ ދާއިމީ ކުރެވޭނެއެވެ.

3- މިމަޤާމަށް މުވައްޒަފަކު ހޮވޭނީ ތަޢުލީމާއި ތަމްރީނު، މަސައްކަތުގެ ތަޖުރިބާ އަދި މަސައްކަތުގެ ފެންވަރާއި ހުނަރާއި ޤާބިލުކަމަށް ބަލައި ކުރެވޭ އިންޓަރވިއު އިން އެންމެ މަތިން މާކްސް ލިބޭ ފަރާތެއްގެ ކުށުގެ ރެކޯޑު ސާފުކުރުމަށްފަހު ވޭތުވެދިޔަ 5 އަހަރު ދުވަހު އެއްވެސް ކުށުގެ ރެކޯޑެއް ނުވާނަމައެވެ.

4- އޮތޯރިޓީގެ ވަޒީފާތަކަކީ ދިވެހި ސިވިލް ސަރވިސްގައި ނުހިމެނޭ ވަޒީފާތަކެކެވެ.

މިމަޤާމަށް އެދިލައްވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރައްވައި، ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް 18 އޮކްޓޫބަރު 2015 ވަނަދުވަހުގެ 13:30 ގެ ކުރިން މިއޮތޯރިޓީއަށް (ހ.ފުލިދޫގޭގެ 2 ވަނަ ފަންގިފިލާ، ކަލާފާނު ހިނގުން) ހުށަހެޅުއްވުން އެދެމެވެ.

ނޯޓް: - ވަޒީފާއަށް އެދޭ ފޯމު ޑައުންލޯޑްކުރުން http://fpa.gov.mv/downloads/FPA-Job-Application-latest.pdf

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

ފޯން: 3010551

ފެކްސް: 3010552

އީ-މެއިލް: [email protected]

ވެބްސައިޓް: www.fpa.gov.mv

ފޭސްބުކް: www.facebook.com/fpa.maldives

 

06 އޮކްޓޫބަރު 2015
ހޯދާ