މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ވާރލްޑް ހެލްތު އެސެމްބްލީ އެވޯޑު

                              އިޢުލާން

ވާރލްޑް ހެލްތު އެސެމްބްލީ އެވޯޑުތައް:

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން އިސްނަންގަވައިގެން ކޮންމެ އަހަރަކު ވާރލްޑް ހެލްތު އެސެމްބްލީގައި ދެއްވާ އެވޯޑުތަކުގެ ތެރެއިން 5 އެވޯޑެއް މިއަހަރު ދިނުމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ވަނީ ނިންމަވާފައެވެ. މިގޮތުން، 2016 ވަނަ އަހަރު ސްވިޒަރލޭންޑްގެ ޖެނީވާގައި ބާއްވަން ރާވާފައިވާ 68 ވަނަ ވާރލްޑް ހެލްތު އެސެމްބުލީގައި ދިނުމަށް ކަނޑައަޅުއްވާފައިވާ އެވޯޑުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ވަނީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ހުޅުވާލާފައެވެ.

މިއެވޯޑު ތަކަކީ:

  1. "ސަސަކަވާ ހެލްތު ޕްރައިޒް އެވޯޑު"
  2. "ޔުނައިޓެޑް އެރެބް އެމިރޭޓްސް ހެލްތު ފައުންޑޭޝަން އެވޯޑު"
  3. "ސްޓޭޓް އޮފް ކުވައިތް ޕްރައިޒް ފޮރ ރިސަރޗް އިން ހެލްތު ޕްރޮމޯޝަން އެވޯޑު"
  4. "ޑރ. ލީ.ޖޯން ވޫކް މެމޯރިއަލް ޕްރައިޒް ފޮރ ޕަބްލިކް ހެލްތު އެވޯޑު"
  5. "ހިސް ހައިނެސް ޝޭހް ޝަބާހް އަލް އަހްމަދު އަލް ޖަބާ އަލް ސަބާ ޕްރައިޒް ފޮރ ރިސަރޗް އިން ހެލްތު ކެއަރ ފޮރ ދަ އެލްޑަރލީ އެންޑް އިން ހެލްތު ޕްރޮމޯޝަން"

އެވޯޑަށް ހުށަހެޅުމުގައި ކަންކުރަންވީ ގޮތް:

  1. "ސަސަކަވާ ހެލްތު ޕްރައިޒް އެވޯޑު"
  2. "ޔުނައިޓެޑް އެރެބް އެމިރޭޓްސް ހެލްތު ފައުންޑޭޝަން އެވޯޑު"
  3. "ސްޓޭޓް އޮފް ކުވައިތް ޕްރައިޒް ފޮރ ރިސަރޗް އިން ހެލްތު ޕްރޮމޯޝަން އެވޯޑު"
  4. "ޑރ. ލީ.ޖޯން ވޫކް މެމޯރިއަލް ޕްރައިޒް ފޮރ ޕަބްލިކް ހެލްތު އެވޯޑު"
  5. "ހިސް ހައިނެސް ޝޭހް ޝަބާހް އަލް އަހްމަދު އަލް ޖަބާ އަލް ސަބާ ޕްރައިޒް ފޮރ ރިސަރޗް އިން ހެލްތު ކެއަރ ފޮރ ދަ އެލްޑަރލީ އެންޑް އިން ހެލްތު ޕްރޮމޯޝަން" މިއެވޯޑުތަކަށް ކުރިމަތިލުމުގައި އެނެކްސް ކުރެވިފައިވާ " ޕްރޮސީޖަރ ފޮރ ޕްރޮޕޯސިންގ ކެންޑިޑޭޓްސް" ގައި ހިމެނޭނެއެވެ.

އެވޯޑުތަކާބެހޭ މަޢުލޫމާތުތައް އަދި އެޕްލިކޭޝަން ފޯމުތައްވެސް އެނެކްސް ކުރެވިފައިވާނެއެވެ. ވީމާ، މިއެވޯޑުތަކަށް ހުށަހެޅުއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2015 ވަނަ އަހަރުގެ އޮކްޓޫބަރު 25 ވާ އާދީއްތަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ބޭނުންވާ ހުރިހާ ލިޔެކިއުންތަކާއެކު ފުރިހަމަކުރެވިފައިވާ އެޕްލިކޭޝަން ފޯމާއި ލިޔެކިއުންތައް ރޯޝަނީ ބިލްޑިންގގެ ރިސެޕްޝަނާ ހަވާލުކޮށް ދެއްވުމަށް އެދި ދެންނެވީމެވެ. އަދި އެޕްލިކޭޝަނާއެކު ހުށަހަޅުއްވާ ހުރިހާ ލިޔެކިއުންތައް އިނގިރޭސި ބަހުން ތައްޔާރުކުރެއްވުމަށް ވެސް އެދި ދެންނެވީމެވެ.

މިކަމާ ބެހޭ އިތުރު މަޢުލޫމާތެއް ހޯއްދެވުމަށް ބޭނުންފުޅު ވާނަމަ، މަރިޔަމް ރައުފާއާއި އައިމިނަތު ޝާއިނާ ޢަބްދުﷲ އީމެއިލް:[email protected]،  އަށާއި [email protected]އަށް ފޯނު ނަންބަރ: 3014471 އާ ގުޅުއްވުން އެދެމެވެ.

24 ޛުލްޙިއްޖާ 1436

08 އޮކްޓޫބަރު 2015
ހޯދާ