ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ކައުންސިލް ސެކްރެޓަރީ

މަޤާމު:

ކައުންސިލް ސެކްރެޓަރީ

ބޭނުންވާ އަދަދު:

01

މުސާރަ:

މަހަކު 9,124/50 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 3,910/50 ރުފިޔާ

އޮފީސް:

އިދާރީ މަރުކަޒު

ސްޕައިން:

32

 

 

ގްރޭޑް:

6

މަޤާމުގެ ޝަރުޠު:

 

  • ވަޒީފާގެ މަސްއޫލިއްޔަތުތައް އަންނަނިވި ހުނަރާއި ތަޢުލީމުގެ ފެންވަރުގައި ކުރަން އެނގުން.
  1. އެމް.އެން.ކިޔޫ.އެފްގެ ލެވެލް 7 ގެ ބެޗްލަރ ޑިގްރީއަށްފަހު ދަސްވެފައިވާ ތިއަރީތަކާއި އުސޫލުތައް ކޮންސޮލޮޑޭޓްކޮށް ފުރިހަމަ ކުރުމަށްޓަކައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތާ ގުޅޭ ތަޖުރިބާ ލިބިފައިވުން.
  2. އެމް.އެން.ކިޔޫ.އެފްގެ (ލެވެލް 6/5 ފެންވަރުގެ) ޑިޕްލޮމާއެއް ހޯދުމަށްފަހު، ޚާއްޞަ ދާއިރާއިން ފުން ޓެކްނިކަލް ނުވަތަ އިދާރީ ހުނަރާއި ޢިލްމުގެ މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  • މަތީގައި ބަޔާން ކުރެވުނު ހުނަރާއި ތަޢުލީމުގެ ފެންވަރަށް ޢިލްމާއި ޤާބިލުކަން އެހެން ކޮންބިނޭޝަންތަކުން ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ޔުނިވަރސިޓީ ކައުންސިލާއި ކައުންސިލުން އުފައްދާ އިސް ކޮމިޓީތަކުގެ ކޯޕަރޭޓް ސެކްރެޓޭރިއަޓްގެ ގޮތުގައި ޙަރަކާތްތެރިވުމާއި މި ކޮމިޓީތަކުގެ ލިޔެކިޔުން ބެލެހެއްޓުން އަދި ކޮމިޓީތަކުގެ ނިންމުންތައް އަންގަންޖެހޭ ފަރާތްތަކަށް އެންގުން.
  2. ޔުނިވަރސިޓީގެ އިސް ކޮމިޓީތަކުގެ މަސައްކަތް ވިލަރެސްކޮށް، އެ މަސައްކަތްތައް ފަހިކޮށްދީ، މަސައްކަތުގެ ރެކޯޑު ބެލެހެއްޓުން.
  3. ޔުނިވަރސިޓީ ކައުންސިލާއި ކޮމިޓީތަކަށް މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ އިންތިޚާބުތައް އިންތިޒާމުކޮށް ބެލެހެއްޓުން.
  4. ޔުނިވަރސިޓީގެ އިސް ކޮމިޓީތަކާއި ޔުނިވަރސިޓީ ހިންގުމާބެހޭ ފަރާތްތަކާދެމެދު ޕްރޮފެޝަނަލް ގުޅުންތައް ޕްރޮމޯޓްކުރުން.
  5. ޗާންސެލަރުގެ އޮފީހުގެ ޕްރޮޓޮކޯލާއި އިދާރީ ކަންކަން ބެލެހެއްޓުމާއި ޗާންސެލަރގެ އެޕޮއިންޓްމަންޓްތައް ހަމަޖެއްސުން. އަދި އެކިއެކި ފަރާތްތަކާއެކު ބާއްވާ ރަސްމީ ބައްދަލުވުންތައް އިންތިޒާމުކުރުމާއި މިފަދަ ބައްދަލުވުންތަކުގެ ލިޔެކިޔުން ބެލެހެއްޓުން.
  6. ޔުނިވަރސިޓީގެ ގެޒެޓު ތައްޔާރުކޮށް ޝާއިޢުކުރުން.
  7. ޝަރުޢީ ކޯޓުތަކާއި ޓްރައިބިއުނަލްތަކުގައި ޔުނިވަރސިޓީން ދަޢުވާކުރާ އަދި ޔުނިވަރސިޓީއަށް ދަޢުވާ ލިބޭ މައްސަލަތަކާއި އެކިއެކި މައްސަލަތަކުގައި ޤާނޫނީ ލަފާ ހޯދުމާއި މައްސަލަތަކާ ގުޅިގެންކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.
  8. ޤާނޫނީގޮތުން ޔުނިވަރސިޓީން ކުރަންޖެހޭ ކަންތައްތައް ކުރުމާއި، ގަވާއިދުތައް މެދުވެރިކޮށް ޔުނިވަރސިޓީގެ މަޢުލޫމާތު ހޯދައި ފަރާތްތަކަށް އެ މަޢުލޫމާތު ފޯރުކޮށްދިނުން.
  9. މީގެ އިތުރުންވެސް ޔުނިވަރސިޓީން ހަވާލުކުރާ ވަޒީފާއާ ގުޅުންހުރި މަސައްކަތްތައް.

އުޖޫރައާއި ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ އިތުރުގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުން ދެވޭނެއެވެ.

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  1. މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  2. ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާމެދު ދެކޭ ގޮތުގެ ލިޔުމެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

  • އިޢުލާންގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާންގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަރވިއުކޮށް ނިމުމަށް ފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރެޑިޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާ ފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ. 

ސިޓީ ފޮނުވަންވީ ތާރީޚު:   

15 އޮކްޓޫބަރު 2015 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/ އިދާރީ މަރުކަޒަށް

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345131 ނަންބަރު ފޯނާއެވެ.

08 އޮކްޓޫބަރު 2015
ހޯދާ