މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބައެއް ތަކެތި ގަންނަން

ކުޑަރިކިލު ޕްރީސްކޫލަށް މިދަންނަވާ ތަކެތި ހޯދަން ބޭނުންވެއްޖެއެވެ.

ކުޑަރިކިލު ޕްރީސްކޫލަށް މިދަންނަވާ ތަކެތި ހޯދައިދޭނޭ ފަރާތެއް ބޭނުންވެއްޖެއެވެ.

40 ކިޑްސް ޕްލާސްޓިކް ގޮނޑި،

01 ރައުންޑް ސީސޯ ކިޑްސް،

06 ރައުންޑް ޓޭބަލް ކިޑްސް،

01 ކުލަޕްރިންޓަރ،

20 ޖަންޕް ރޮފްސް ކިޑްސް،

01 ސުވިންގް ޓު ސްވިންގް ސެޓް ކިޑްސް،

07 ލޮކަރު ( 8 ވަތްގަނޑުލީ )

ވީމާ، މިތަކެތި ހޯދައިދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ކަނޑައެޅިފައިވާ މުއްދަތުގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހެޅުއްވުމުގައި ސަމާލުކަންދޭންވީ ކަންތައްތައް:

1- އަންދާސީހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ތާރީޚުގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެއެވެ.

2- އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތުން ހުށަހެޅޭނީ އެންމެ އަންދާސީހިސާބެކެވެ.

3- މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައެއްނުގަނެވޭނެއެވެ. އެފަދަ އަންދާސީހިސާބެއް ލިބިފައިވާނަމަ އެއަންދާސީހިސާބު ބާޠިލުވާނެއެވެ.

4- ތަކެތި ހޯދައިދިނުމަށް އެއްބަސްވާ މުއްދަތު:

5- އަންދާސީހިސާބު ހުށަހަޅާ ދުވަހުގެ ތާރީޚު:

އަންދާސީހިސާބާއެކު ހުށަހަޅަންޖެހޭ ތަކެތި:

1- ކުންފުންޏެއްނަމަ ކުންފުނީގެ ޕްރޮފައިލް އަދި ރަޖިސްޓަރީގެ ކޮޕީ

2- އަމިއްލަ ފަރާތެއްނަމަ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ

3- ޤާބިލުކަމަށް މާކްސް ދިނުމުގައި ބެލެވޭނީ، މީގެކުރިން ޕްރީސްކޫލަކަށް ނުވަތަ ސަރުކާރުގެ އޮފީހަކަށް ނުވަތަ ތަނަކަށް މިފަދަ ތަކެތި ހޯދައިދީފައިވާނަމައެވެ.

4- މީގެކުރިން ޕްރީސްކޫލަކަށް ނުވަތަ ސަރުކާރުގެ އޮފީހަކަށް ނުވަތަ ތަނަކަށް މިފަދަ ތަކެތި ހޯދައިދީފައިވާނަމަ ހޯދައިދީފައިވާ ތަކެތި ނުވަތަ ތަނެއްގެ ނަމާއި ހުރި ތަންތަނާ ގުޅޭ ތަފުސީލު މަޢުލޫމާތު ހުށަހަޅަންވާނެއެވެ

އަންދާސީހިސާބު ހުށަހެޅުން:

އަންދާސީހިސާބު ހުށަހަޅާނީ ކަނޑައެޅިފައިވާ މުއްދަތުގައެވެ. އަންދާސީހިސާބު ހުށަހަޅާ ފަރާތުގެ ބަދަލުގައި މީހަކު ފޮނުވާނަމަ އެފަދަ ފަރާތެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ އަންދާސީހިސާބާއެކު ހުށަހަޅަންވާނެއެވެ. އަންދާސީހިސާބު އޮންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި، '' ބ.ކުޑަރިކިލު ޕްރީސްކޫލަށް ބޭނުންވާ ބައެއް ސާމާނު ހޯދުމުގެ އަންދާސީހިސާބު'' މިހެން ލިޔުއްވައި އިޢުލާން ނަންބަރު ޖެއްސެވުން އެދެމެވެ.

މާކްސް ދެވޭނެ ގޮތްތައް:

އަގަށް:

70%

(އެންމެ ކުޑައަގު ހުށަހަޅާ ފާރާތަށް އެންމެ ގިނަ ޕޮއިންޓް)

:މުއްދަތަށް

20%

(އެންމެ ކުރުމުއްދަތު ހުށަހަޅާ ފަރާތަކަށް އެންމެ ގިނަޕޮއިންޓް)

ޤާބިލުކަމަށް:

10% 

މިފަދަ މަސައްކަތްތައް ވޭތުވެދިޔަތަނުގައި އެކަށީގެންވާގޮތުގައި ކޮށްފައިވާ ފަރާތްތަކަށް އެންމެ ގިނަ މާކްސް

އަންދާސީހިސާބާބެހޭ މަޢުލޫމާތު ދިނުން:

އަންދާސީހިސާބު ހުށަހެޅުމަށް ޝައުޤުވެރިވާ ފަރާތްތަކުން، މިމަސައްކަތާ ބެހޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް (12 އޮކްޓޫބަރު 2015) ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް މިކައުންސިލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތައް ބާޠިލު ކުރެވޭނެއެވެ.

އަންދާސީހިސާބު ހުޅުވުން:

އަންދާސީހިސާބުތައް ކެނޑުން އޮންނާނީ 19 އޮކްޓޫބަރު 2015 ވާ ހޯމަ ދުވަހުގެ 10:30 ގައި ކައުންސިލުގެ އިދާރާގައި، ހުށަހެޅި ފަރާތްތަކުގެ ނުވަތަ އެފަރާތްތަކުން ކަނޑައަޅާ ފަރާތްތަކާ އެއް ހާޒިރެއްގައެވެ. ހުށަހެޅި ފަރާތް ނޫން އެހެން ފަރާތެއް ހާޒިރުވާނަމަ އެކަމެއް އަންގައިދޭ ލިޔުމެއް އެފަރާތަކުން ފޮނުއްވަންވާނެއެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

20 ޛުލްޙިއްޖާ 1436

04 އޮކްޓޫބަރު 2015
ހޯދާ