އޮމަދޫ މަދަރުސާ/ ތ.އޮމަދޫ
ދިވެހިރާއްޖެ
ފެންތާނގީތައް ބަހައްޓާނެ ތަނެއް ހަދަން

މި މަދަރުސާގެ ފެންތާނގީތައް ބަހައްޓާނެ ތަނެއް ހަދަން ބޭނުންވެއްޖެ                     

މި ސްކޫލުން ދޭ މަޢުލޫމާތާ އެއްގޮތަށް މި ސްކޫލުގެ ފެންތާނގީތައް ބަހައްޓާނެ ތަނެއް ހައްދަވައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 18 އޮކްޓޫބަރު 2015 ވާ އާދީއްތަ ދުވަހުގެ 11:15 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 21 އޮކްޓޫބަރު 2015 ވާ ބުދަ ދުވަހުގެ 11:15 އަށް މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ކެނޑުން އޮންނާނީ އަންދާސީހިސާބު ހުށަހަޅާ ވަގުތުގައެވެ. މިބައްދަލުވުމުގައި އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތުން ބައިވެރިވާންވާނެއެވެ. ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ ހާޒިރުނުވެވުނު ސަބަބާއި ފޮނުވާ ބޭފުޅެއްގެ މަޢުލޫމާތު ބަޔާންކޮށް އަންދާސީހިސާބު ހުށަހަޅާ ފަރާތުގެ ސިޓީއެއް ގެންނަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އަދި އަންދާސީހިސާބު ހުށަހަޅުއްވަނީ މި މަދަރުސާއިން ދޭ ފޯމެޓާ އެއްގޮތަށް ކަމުގައިވެސް ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލުގެ ނަންބަރު 6780572 އާ ގުޅުއްވުން އެދެމެވެ.

22 ޛުލްޙިއްޖާ 1436

05 އޮކްޓޫބަރު 2015
ހޯދާ