ފެމިލީ ކޯޓް
ދިވެހިރާއްޖެ
ވެބްސައިޓް ޑެވަލޮޕްކޮށް، މެއިންޓެއިން ކޮށްދެއްވުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ.

ފެމިލީ ކޯޓުގެ ވެބްސައިޓް ޑެވަލޮޕްކޮށް، 01 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ވެބްސައިޓް މެއިންޓެއިން ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުޞަތު ޢާންމުކޮށް ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2015 އޮކްޓޫބަރު 13 ވަނަ ދުވަހުގެ 11:00އަށް މި ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 އޮކްޓޫބަރު 20 ވަނަ ދުވަހުގެ 11:00އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ފެމިލީކޯޓުގެ (ޖަސްޓިސް ބިލްޑިންގުގެ ފުރަތަމަ ފަންގިފިލާ) ކޮންފަރެންސްރޫމަށެވެ.

މިމަސައްކަތަށް ބިޑްކުރައްވަން ބޭނުންފުޅުވާ ބިޑް ޑޮކިއުމެންޓްތައް (ބިޑާ ގުޅޭ މަޢުލޫމާތު ބިޑްޑޮކިއުމެންޓުގައި ހިމަނާފައި) ފެމިލީކޯޓުގެ ރިސެޕްޝަނުންނާއި ވެބްސައިޓުން ލިބެން ހުންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

20 ޛުލްޙިއްޖާ 1436  

04 އޮކްޓޫބަރު 2015
ހޯދާ