ފުވައްމުލަކު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮމްޕޯސްޓިންގ ޕްރޮގްރާމްގެ ސަރަޙައްދު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

ފުވައްމުލަކުގައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުން ކުރިޔަށް ގެންދެވުމަށް ހަމަޖައްސަވާފައިވާ އޯގަނިކް ކޮމްޕޯސްޓް އަދި ބަޔޯ ޕެސްޓިސައިޑް އުފެއްދުމުގެ މަސައްކަތަށް ބޭނުންވާ ސަރަޙައްދު ތައްޔާރުކޮށް އެސަރަޙައްދުގައި ޢިމާރާތެއް ހަދައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތް ކުރެއްވުމަށް އެދިލައްވާ ފަރާތްތަކުން 13 އޮކްޓޫބަރު 2015 ވަނަ ދުވަހުގެ 13:30 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 19 އޮކްޓޫބަރު 2015 ވަނަ ދުވަހުގެ 13:30 ގައި މިއިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، ގަޑިއަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

25 ޛުލްޙިއްޖާ 1436   

08 އޮކްޓޫބަރު 2015
ހޯދާ