އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު – އިންފޮމޭޝަން ސިސްޓަމްސް

ވަޒީފާގެ ފުރުޞަތު – އިންފޮމޭޝަން ސިސްޓަމްސް

ހުސްނުވާ އާސަންދައިގެ ދަށުން ދެމުންގެންދާ ޚިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމަށްޓަކައި މިކުންފުނީގެ ސޮފްޓްވެއަރ އިންޖިނިއަރިންގ ޓީމުގައި ބައިވެރިވެ ދިވެހިރާއްޖޭގެ ޤައުމީ ޞިއްޙީ އިންޝުއަރަންސް ނިޒާމުގެ މަސައްކަތްތައް ކުރުން

މަޤާމު: ޔޫއައި / ޔޫ އެކްސް ޑިވެލޮޕަރ (އަދަދު: 01)

ޝަރުޠު:

  • ގުޅޭ ދާއިރާއަކުން ޑިޕްލޮމާ ނުވަތަ އޭލެވެލް 03 ފާސް ލިބިފައިވުން.
  • މަދުވެގެން 2 އަހަރުގެ UI/UX ޑިޒައިން ތަޖުރިބާ ލިބިފައިވުން
  • ވެބް އަދި މޮބައިލް އެޕްލިކޭޝަންތައް ޑިޒައިންކުރުމުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުން
  • އެހެން މުވައްޒަފުންނާއެކު މަސައްކަތް ކުރުމުގެ ހުނަރާއި ޤާބިލުކަން ލިބިފައިވުން
  • ވެބް ޑިޒައިން ކުރުމުގެ ހުރިހާ ހަރުފަތެއްގެ މަސައްކަތުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުން
  • އެޑޯބް އެޕްލިކޭޝަންތަކަށް ފަރިތަވެފައިވުން (ފޮޓޯޝޮޕް. އިލަސްޓްރޭޓަރ، ޑްރީމްވީވަރ، އަދި މިނޫނަސް ވެބް ޑިޒައިންކުރުމާގުޅޭ)
  • ޒަމާނީ ވެބް ޕްލެޓްފޯމުތަކަށާއި HTML 5, CSS, JavaScript އާއި ފްރޭމްވާރކްތަކަށް އަހުލުވެރިވެފައިވުން
  • އެންޑްރޮއިޑް އަދި އައި.އޯ.އެސްއަށް މޮބައިލް އެޕްލިކޭޝަންތައް ފަރުމާކުރުމުގެ ތަޖުރިބާ ލިބިފައިވުން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ފްރަންޓް އެންޑް ސޮލިއުޝަންތައް ޑިޒައިންކޮށް އިމްޕްލިމެންޓް ކުރުން
  • ފަންގޝަނަލް "UI" ރިކުއަޔަރމަންޓްތައް ބަލައި ފާސްކޮށް، އޭގެ މަޢުލޫމާތު ދެނެގަތުން
  • ވާރކްފްލޯރ އަދި ޔޫސެބިލިޓީއަށް ބިނާކޮށް "UI" ޕްރޮޓޮޓައިޕް ފަރުމާކޮށް ޕްރެޒެންޓް ކުރުން
  • ސޮފްޓްވެއަރ ޑިވެލޮޕަރުންނަށް ދޭންޖެހޭ އެހީތެރިކަމާއި އަދި އިތުރަށް ރަނގަޅުކުރަންޖެހޭ ކަންކަން ހޯދައި ބެލުން
  • ކުންފުނީގައި ބޭނުން ކުރެވެމެންދާ ޔޫސަރ އިންޓަރފޭސަސް ބަލައި ފާސްކޮށް، ހަރުދަނާ ކުރުން
  • ސޮފްޓްވެއަރ ޑިވެލޮޕްމަންޓް ލައިފްސައިކަލް ހަރުދަނާ ކުރުމަށް އެހީތެރިވެދިނުން
  • "ސްޓޭޓް އޮފް ދަ އާރޓް" އޮނިގަނޑުތައް ބޭނުންކޮށްގެން އައު "UI" ފަންގޝަނަލަޓީ އިމްޕްލިމެންޓް ކުރުން
  • ސޮފްޓްވެއަރއާ ބެހޭ މަޢުލޫމާތު ބޭނުންވާ މުވައްޒަފުންނަށް ދިނުމުގައި އެހީތެރިކަންދިނުން

މުސާރަ

(-/18،000 – -/28،000 ރުފިޔާ)

މުއްދަތު: 6 މަސްދުވަހުގެ ކޮންޓްރެކްޓް

ޝައުޤުވެރިކަން ފާޅުކުރުމުގެ ފަހު ތާރީޚަކީ 29 އޮކްޓޫބަރު 2015ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00އެވެ.

ޝައުޤުވެރިވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި ވަނަވަރު އަދި ތަޢުލީމީ ސެޓުފިކެޓުތައް، ތިރީގައިވާ އެޑްރެހަށް ހުށަހަޅަން ނުވަތަ އީމެއިލް އެޑްރެހަށް އީމެއިލްކުރަންވާނެއެވެ.

އާސަންދަ ކޮމްޕެނީ ލޓޑ      ފޯން: 1400 301 960+    ފެކްސް: 3636 301 960+

ފެން ބިލްޑިންގ، 3ވަނަ ފަންގިފިލާ

މާލެ، ދިވެހިރާއްޖެ

އީމެއިލް: [email protected]           ވެބްސައިޓް: www.aasandha.mv

ޝަރުޠު ހަމަނުވާ ފަރާތްތަކާއި ޞައްޙަނޫން މަޢުލޫމާތުތައް ހިމެނޭ ހުށަހެޅުންތައް ބާޠިލު ކުރެވޭނެއެވެ.

05 އޮކްޓޫބަރު 2015
ހޯދާ