ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
ދިވެހިރާއްޖެ
ވެބް ޑިވެލޮޕަރ (ވެބް-ބޭސްޑް އިންޓްރާނެޓް ސިސްޓަމެއް ފަރުމާކުރުމަށް)

ކޮންޓްރެކްޓް އުސޫލުން މަސައްކަތްކުރުމުގެ ފުރުޞަތު

ކޮންޓްރެކްޓް

ވެބް ޑިވެލޮޕަރ (ވެބް-ބޭސްޑް އިންޓްރާނެޓް ސިސްޓަމެއް ފަރުމާކުރުމަށް) 

މަސައްކަތުގެ އަގު

"ޓާމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރު)" ގައިވާ މަސައްކަތްތަކަށް ރިޢާޔަތްކުރެއްވުމަށްފަހު ކުރިމަތިލާ ފަރާތުން އަގު ހުށަހެޅުމަށް.

މަސައްކަތް ކުރަންޖެހޭ ތަން

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ

ތަޢުލީމާއި ތަޖުރިބާ

 

  1. މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 (ޑިޕްލޮމާ ނުވަތަ އެޑްވާންސްޑް ޑިޕްލޮމާ) ހާސިލުކޮށްފައިވުން.  
  2. މަސައްކަތާ ގުޅޭ ޕްރޮޖެކްޓްތަކުގެ ޢަމަލީ މަސައްކަތުގައި 3-4 އަހަރުގެ ތަޖުރިބާ ހުރުން.
  3. އިނގިރޭސި އަދި ދިވެހިބަހުން ފަސޭހަކަމާއެކު ވާހަކަ ދައްކަން، ލިޔަން އަދި ކިޔަން އެނގުން.
  4. އޮފީހުގެ މަސައްކަތްތަކަށް ބޭނުންވާވަރަށް ކޮމްޕިއުޓަރ ބޭނުންކުރަން އެނގުން.
  5. އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރުމާއި އަދި ގިނަ ބަޔަކާ އެކުގައި ގުޅިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ހުރުން.
  6. HTML, CSS, JavaScript, iQuery ފަރިތަކޮށް އެނގުން.
  7. REST API Concept ފަރިތަކޮށް އެނގުން.
  8. MVC އާކިޓެކްޗަރ މަސައްކަތް ފަރިތަކަމާއެކު ކުރަން އެނގުން.
  9. JSON ޑޭޓާ މެނިޕިއުލޭޝަން ފަރިތަކަމާއެކު އެނގުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

 

 

އޮތޯރިޓީގެ ކޭސް ޑޭޓާބޭސްއާއި އެޗް.އާރު މޮޑިއުލް ފަރުމާކުރުން  

ނޯޓް: ކުރަންޖެހޭ މަސައްކަތުގެ އިތުރު ތަފުސީލު ހިމެނޭ ޓީ.އޯ.އާރު މި އޮތޯރިޓީގެ ވެބްސައިޓް www.fpa.gov.mv އަށް ވަޑައިގެން، "މީޑިއާ" ނެންގެވުމަށްފަހު " އިޢުލާން"  ނެންގެވުމުން ލިބިވަޑައިގަންނަވާނެއެވެ.

މިމަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ޕްރޮޕޯޒަލާއެކު (މަސައްކަތުގެ އަގާއެކު) ތިރީގައިވާ މަޢުލޫމާތު ހުށަހަޅަންވާނެއެވެ.

1- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު

2- ވަޒީފާއެއްގައި އުޅެފައިވާ ނުވަތަ އުޅޭ ފަރާތެއްނަމަ އަދާކުރާ ނުވަތަ އަދާކޮށްފައިވާ ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް

3- ކުރިމަތިލާ ފަރާތުގެ/ފަރާތްތަކުގެ ވަނަވަރު (ކަރިކިއުލަމް ވީޓާ)

4- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

5- ކުރިން މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ އެކަމުގެ ތަފުސީލު އެނގޭނެ ލިޔުންތަކުގެ ކޮޕީ

މި މަސައްކަތް ކޮށްދިނުމަށް އެދިލައްވާ ފަރާތްތަކުން މި އޮތޯރިޓީގެ (ހ. ފުލިދޫގެ، 02 ވަނަ ފަންގިފިލާ) ރިސެޕްޝަނަށް ޕްރޮޕޯޒަލާއި އަދި މަތީގައި ބަޔާންކުރެވިފައިވާ އެހެނިހެން ލިޔެކިޔުންތައް 13 އޮކްޓޫބަރު 2015 ވަނަ ދުވަހުގެ 13:30 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ. މަތީގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް ހަމަކޮށް [email protected] އަށް ބަޔާންކުރެވިފައިވާ ސުންގަޑީގެ ކުރިން ފޮނުވާ އީމެއިލް ބަލައިގަނެވޭނެއެވެ.

ނޯޓު:

- މަތީގައިވާ މަސައްކަތަށް މީހަކު ހޮވުމަށް އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.

- މި މަސައްކަތަކީ ކޮންޓްރެކްޓް އުސޫލުން 08 ހަފުތާގެ މުއްދަތަށް ކަނޑައަޅާފައިވާ މަސައްކަތެކެވެ.  

- މަސައްކަތަށް މީހަކު ހޮވާނީ ތަޢުލީމީ ސެޓުފިކެޓުތަކާއި ޕްރޮފެޝަނަލް ކޮލިފިކޭޝަން އަދި އިންޓަރވިއުއާއި ޕްރެކްޓިކަލްއަށާއި މަސައްކަތް ކޮށްދިނުމަށް ހުށަހަޅާ އަގަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތަކަށެވެ.

އިތުރު މައުލޫމާތު:

ފޯން: 3010551

ފެކްސް: 3010552

އީމެއިލް: [email protected]

19 ޛުލްޙިއްޖާ 1436

01 އޮކްޓޫބަރު 2015
ހޯދާ