އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ (ޖީ.އެސް 3)

ުވަޒީފާގެ ފުރުޞަތު

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ (ޖީ.އެސް 3)

ބޭނުންވާ އަދަދު:

01  (އެކެއް)

ސެކްޝަން:

ކޮމިޝަނަރސް ބިޔުރޯ

ބޭސިކް މުސާރަ:

މަހަކު 4465.00 (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ)

ސާރވިސް އެލަވަންސް:

މަހަކު 1500.00 (އެއްހާސް ފަސްސަތޭކަ ރުފިޔާ) (މި އެލަވަންސް ދެވޭނީ އޮފީހުގެ މަސައްކަތަށް ހާޒިރުވާ ދުވަސްތަކަށެވެ.)

ލިވިންގ އެލަވަންސް:

މަހަކު 3000.00 (ތިންހާސް ރުފިޔާ)

ޚާއްޞަ އެލަވަންސް:

މުސާރައިގެ %45

ވަޒީފާގެ ބާވަތްއަދި މުއްދަތު:

ކޮންޓްރެކްޓް (1 އަހަރުގެ މުއްދަތަށް)  (މުވައްޒަފުގެ ޚިިދުމަތް ކޮމިޝަނަށް އިތުރަށް ބޭނުންވާނަމަ މުއްދަތު އިތުރު ކުރުމުގެ ފުރުޞަތު އޮންނާނެއެވެ.)

މަސައްކަތުގެ ވަގުތު:

ކޮމިޝަނުގެ އިދާރާގެ ރަސްމީގަޑިއާއި ނުރަސްމީ ގަޑީގައިވެސް މަސައްކަތް ކުރަންޖެހިއްޖެ ނަމަ މަސައްކަތް ކުރާގޮތަށް

ފެންވަރު ނުވަތަ ޝަރުޠު:

  1. ޖީ.ސީ.އީ އެޑްވާންސް ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނުން 2 މާއްދާއިން ދަށްވެގެން "ސީީ" ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، ޖީ.ސީ.އީ އެޑްވާންސް ލެވެލް "އިނގިރޭސި" ނުވަތަ "ސީ.ޕީ.އީ" އިމްތިހާނުން ދަށްވެގެން "ސީީ" ގްރޭޑް ލިބިފައިވުން ނުވަތަ ޖީ.ސީ.އީ އޯލެވެލް "އިނގިރޭސި" މި މާއްދާއިން ދަށްވެގެން "ބީ" ފާސް ލިބިފައިވުން.
  2. ޢުމުރުން 35 އަހަރުން ދަށުގެ މީހެއްކަމުގައިވުން.
  3. ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީގައި އެ މީހެއްގެ ނަން ހިމެނިފައިވާނަމަ، ވަޒީފާއަށް ހޮވުމުން ޕާޓީން ވަކިވުން.

އެހެނިހެން ޝަރުޠު:

  1. މައިކްރޯސޮފްޓް އޮފީސް ޕްރޮގްރާމްތައް ބޭނުންކުރަން އެނގުން.
  2. އިނގިރޭސިބަހުންނާއި ދިވެހިބަހުން މުޢާމަލާތްކުރުމުގެ ޤާބިލްކަން ހުރުން.
  3. ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތަކަށްވުން.
  4. ވަޒީފާގެ މަސްޢޫލިއްޔަތު އަދާކުރުމަށް މާލެއިން ބޭރަށްދެވޭ މީހެއްކަމުގައިވުން.

މަސްއޫލިއްޔަތު:

  • ކޮމިޝަނުން ބޭރުގެ ފަރާތްތަކުގެ އެހީ ހޯދުމުގެ ގޮތުން ތައްޔާރު ކުރަންޖެހޭ ޕްރޮޖެކްޓް ޕްރޮޕޯސަލްތައް ތައްޔާރުކުރުން.
  • ކޮމިޝަނާއި ބޭރުގެ އެހީދޭ ފަރާތްތަކާއި ގުޅިގެން ހިންގާ ޕްރޮޖެކްޓްތައް ތަންފީޒުކުރުމުގެ އެންމެހައި ކަންތައްތައް އެހެން ޑިވިޝަންތަކާއި ގުޅިގެން ކޯޑިނޭޓްކުރުން.
  • ކޮމިޝަނާ ބޭރުގެ އެހީ ދޭ ފަރާތްތަކާ ގުޅިގެން ހިންގާ ޕްރޮޖެކްޓްތައް ތަންފީޒުކުރެވޭ މިންވަރު މޮނިޓަރކޮށް، ތައްޔާރުކުރަންޖެހޭ ރިޕޯޓްތައް ތައްޔާރުކުރުމާއި، ރިވިއު ބައްދަލުވުންތަކުގައި ކޮމިޝަންގެ ފަރާތުން ބައިވެރިވުން.
  • ކޮމިޝަންގެ ފޮރިން ރިލޭޝަންސް މަސައްކަތްތަކާއި ގުޅިގެން ބޭރުގެ ފަރާތްތަކާ ކުރަންޖެހޭ މުޢާމަލާތްތައް ކުރުން.
  • ކޮމިޝަންގެ ފޮރިން ރިލޭޝަންސް މަސައްކަތްތަކާ ގުޅިގެން ބޭރުގެ ފަރާތްތަކާއިއެކު ބާއްވާ ބައްދަލުވުންތައް ބިއުރޯއާއި އެހެނެ ޑިވިޜަންތަކާ ގުޅިގެން އިންތިޒާމްކޮށް ފޮލޯއަޕް މަސައްކަތް ކުރުން.
  • ކޮމިޝަންގެ މެމްބަރުންނާއި މުވައްޒަފުން ރާއްޖެއިން ބޭރަށް ވަޑައިގަންނަވާ ދަތުރުތައް ކަމާބެހޭ ޑިވިޜަންތަކާ ގުޅިގެން އިންތިޒާމުކުރުން.
  • ކޮމިޝަން ހިމެނޭ ރާއްޖެއިން ބޭރުގެ ޖަމްޢިއްޔާތަކުގެ ((FEMBoSA ފަރާތުން ރާއްޖޭގައި ބާއްވަން ޖެހޭ ބައްދަލުވުންތައް އިންތިޒާމުކޮށް ބޭއްވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދި ހުށަހަޅާ މަޢުލޫމާތު ފޯމު
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ އެޓެސްޓެޑް ކޮޕީ. (ޖީ.ސީ.އީ އޭލެވެލް، ޖީ.ސީ.އީ އޯލެވެލް، އެސް.އެސް.ސީ، އަދި އެޗް.އެސް.އެސް.ސީ ސެޓްފިކެޓްތައް އެކްރެޑިޓް ކުރާކަށް ނުޖެހޭނެއެވެ.)
  • ދާއިރާގެ މަސައްކަތާގުޅޭ ގޮތުން ހަދާފައިވާ ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ އެޓެސްޓެޑް ކޮޕީ.
  • ވަޒީފާގައި އުޅޭނަމަ ނުވަތަ އެއްވެސް ތަނެއްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާނަމަ ތަޖުރިބާގެ މުއްދަތު އެނގޭގޮތަށް އެތަނަކުން ދޫކޮށްފައިވާ ލިޔުން. (މަސައްކަތުގެ ތަޖުރިބާކަމުގައި ބަލާނީ، ހުށަހަޅާފައިވާ ތަޢުލީމީ ސެޓްފިކެޓް ހާސިލުކުރުމަށްފަހު ލިބޭ ތަޖުރިބާއަށެވެ.)
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

ނޯޓު

  • މަތީގައި ދެންނެވިފައިވާ ޝަރުޠުތަކުގައި ބަޔާންކުރެވިފައިވާ ސެޓްފިކެޓްތަކަށްވުރެ މަތީ ސެޓްފިކެޓެއް ހުށަހަޅާފައިވީ ނަމަވެސް، ޝަރުޠުތަކުގައި ބަޔާންކޮށްފައިވާ ސެޓްފިކެޓް ހުށަނާޅާނަމަ، ޝަރުޠު ފުރިހަމަވާ ކަމަކަށް ނުބެލެވޭނެއެވެ.
  • ތަޢުލީމަށް މާކްސްދޭއިރު ބެލެވޭނީ ހަމައެކަނި ޝަރުޠު 1 ގައި ބަޔާންކޮށްފައިވާ ސެޓްފިކެޓްތަކަށެވެ.

ސުންގަޑި:          

މި މަސައްކަތްތަކަށް ޝައުޤުވެރިވާ ފަރާތްތަކުން 15 އޮކްޓޯބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 15:00ގެ ކުރިން އިލެކްޝަންސް ކޮމިޝަންގެ އިދާރާއަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު

  • ފޯމު ބަލައިގަތުމަށްފަހު ސައްޙަ ނޫން މަޢުލޫމާތެއް ހިމަނާފައިވާކަން ނުވަތަ ޝަރުޠު ހަމަނުވާކަމަށް ފާހަގަވެއްޖެނަމަ އެ ފޯމެއް ބާާާޠިލު ކުރެވޭނެ އެވެ.
  • މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތަކާ އިންޓަރވިޔު ކުރެވޭނެއެވެ. އަދި ޝޯޓްލިސްޓުވާ ފަރާތްތަކުން، އިންޓަރވިޔުއަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓްފިކެޓްތަކުގެ އަސްލު ގެންނަވަން ވާނެއެވެ.
  • މި މަޤާމަށް ހަމަޖެހޭ ފަރާތް، ވަޒީފާއަށް ނުކުތުމަށް އުޒުރުވެރިވާނަމަ، އިންޓަރވިޔުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މާކްސް ތަރުތީބުން އެންމެ އެކަށީގެންވާ ފަރާތަށް ފުރުޞަތު ދެވޭނެއެވެ.
  • ވަޒީފާއަށް އެދި ހުށަހަޅާ ފޯމު މި ކޮމިޝަނުގެ ރިސެޕްޝަނުން (ޕޯޓް ކޮމްޕްލެކްސް އިމާރާތުގެ 5 ވަނަ ފަންގިފިލާ އިން) ލިބެން ހުންނާނެއެވެ. އަދި މިކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ.
30 ސެޕްޓެންބަރު 2015
ހޯދާ