ދިވެހިރާއްޖެ
މި ކުންފުނީގެ މިދަންނަވާ މަޤާމްއަށް މުވައްޒަފެއް ބޭނުންވެއްޖެއެވެ.
މަޤާމް: ޑްރައިވަރ
ޢަދަދު: 01
އަސާސީ މުސާރަ: -/3830ރ އާއި -/5000ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.
ވަޒީފާގެ ބާވަތް: 1 އަހަރު ކޮންޓްރެކްޓް
މަސައްކަތް ކުރަންޖެހޭ ތަން: އެސްޓީއޯ ސުޕަމާކެޓް ވެއާހައުސް
އެހެނިހެން އިނާޔަތްތައް:
- އިތުރު އެލަވަންސް: -/1900ރ އާއި -/2900ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.
- އިތުރުގަޑީގައި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
- ހަމަޖެހިފައިވާ އުސޫލުން އެޓެންޑެންސް އެލަވަންސް ލިބޭނެއެވެ.
- މެޑިކަލް އިންޝުއަރެންސް (ޕްރޮބޭޝަން އަށްފަހު)
މަޤާމުގެ މަސްއޫލިއްޔަތު:
- މުދާ ތަންތަނަށް ޑެލިވަރ ކުރުން
- ދުއްވާ ވެހިކަލް ސާފުކޮށް ބެލެހެއްޓުން
- ހަވާލުކުރެވޭ އެހެނިހެން އޮފީސް މަސައްކަތްތައް ކުރުން
ތަޢުލީމާއި ތަޖްރިބާ:
- "ސީ 0"، "ސީ 2" އަދި"ސީ 1" ކެޓަގަރީ ޑްރައިވިންގ ލައިސަންސް އޮތުން
- ގްރޭޑް 7 ގެ ފެންވަރު ހުރުން
މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2015 އޮކްޓޫބަރު 11 ވާ އަންގާރަ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު މި ކުންފުނީގެ ހެޑް އޮފީސް ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.
އެސްޓީއޯ ވެބްސައިޓް:
http://www.stomaldives.com/downloads
ނޯޓް:
- މި މަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތުގެ ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަަކެވެ.
- މުސާރަ ހަމަޖައްސާނީ ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓަށް ބަލާފައެވެ.
- އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
- ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސްރިޕޯރޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.
އެޑްރެސް:
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ހެޑް އޮފީސް
ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345
ފޯން: 3344264 ވެބްސައިޓް: www.stomaldives.com