ދިވެހިރާއްޖެ
މި މަރުކަޒުގައި މަސައްކަތްކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހެކެވެ.
މަޤާމު |
ރިސެޕްޝަނިސްޓް |
||
ބޭނުންވާ އަދަދު |
01 ( އެކެއް ) |
||
މަޤާމުގެ ކްލެސިފިކޭޝަން: |
އޮފިސަރ ގްރޭޑް 1 |
ރޭންކް: ޖީ އެސް 3 |
|
މުސާރަ |
މަހަކު -/4465 ރުފިޔާ |
||
ސަރވިސް އެލަވަންސް |
މަހަކު -/1500 ރުފިޔާ |
||
ޑިވިޝަން / ސެކްޝަން |
އޯ.ޕީ.ޑީ |
||
ވަޒީފާ އަދާކުރަންޖެހޭ ތަން |
ހއ. ތަކަންދޫ ޞިއްޙީމަރުކަޒު / ހއ. ތަކަންދޫ |
||
އާންމުގޮތެއްގައި މަސައްކަތްކުރަންޖެހޭ ތަން |
ހއ. ތަކަންދޫ ޞިއްޙީމަރުކަޒު |
||
ކުރަންޖެހޭމައިގަނޑު މަސައްކަތްތައް |
1. މަރުކަޒަށް ޚިދުމަތް ލިބިގަތުމަށް ނުވަތަ އެކިކަންކަމުގައި އަންނަ މީހުންނަށް މަރުޙަބާ ކިޔުމާއެކު އެމީހެއްގެ ބޭނުން ރަނގަޅަށް އޮޅުންފިލުވައި އެހީތެރިވެދިނުން. 2. މަރުކަޒަށް ޚިދުމަތް ހޯދުމަށްޓަކައި އަންނަ ފަރާތްތަކުގެ ތެރެއިން ރިސެޕްޝަނުގައި މަޑުކުރާމީހުންނަށް އިށީނދެތިބެވޭނެ އިންތިޒާމު ހަމަޖެއްސުން. 3. މަރުކަޒަށް އަންނަ ކޮންމެމީހަކަށް ނުވަތަ ފޯނުންގުޅާ ކޮންމެމީހަކަށް އިޙުތިރާމާއެކު މެހުމާންދާރީ އަދާކުރުން. 4. ހާލުދެރަ ބަލިމީހުން ރިފަރ ކުރުމުގެ ކަންތައްތަކުގައި އެހީތެރިވެދިނުން. 5. ކައުންޓަރުގައި ހުންނަ ލިޔެކިޔުންތައް ހަމަޖެހިފައިވާ އުސޫލުން ބެލެހެއްޓުން. 6. މަރުކަޒުން ދެވޭ ޚިދުމަތްތަކުގެ ތެރެއިން އަގުނަގަންޖެހޭ ޚިދުމަތްތަކަށް އަގުނެގުމާބެހޭ އެންމެހައި ކަންތައްތައް ކުރުން. 7. ލިބޭ ފައިސާ ބަލައިގަތުމާއި ރަސީދު ހައްދައިދިނުން. 8. މުވައްޒަފުން ދަތިވެގެންދާ ވަގުތުތަކުގައި ނަރުހުންނަށް އެހީވުމާއި، ތަރުޖަމާކޮށްދިނުން. |
||
ތަޢުލީމާއި ތަޖުރިބާ |
1. ޖާރނަލިޒަމް، ޕަބްލިކް ރިލޭޝަން، ފޮރިން ރިލޭޝަން، އިންފޮމޭޝަން މެނޭޖްމަންޓް، މާރކެޓިންގ މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއަކުން ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ޖާރނަލިޒަމް، ޕަބްލިކް ރިލޭޝަން، ފޮރިން ރިލޭޝަން، އިންފޮމޭޝަން މެނޭޖްމަންޓް، މާރކެޓިންގ މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ: ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން " ޑީ " ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި " ދިވެހި " މިމާއްދާއިން ދަށްވެގެން " ސީ " ގްރޭޑް ލިބިފައިވުން. |
||
މަޤާމު |
ތަރުޖަމާން |
||
ބޭނުންވާ އަދަދު |
01 (އެކެއް) |
||
މަޤާމުގެ ކްލެސިފިކޭޝަން: |
އޮފިސަރ ގުރޭޑް 1 |
ރޭންކް: ޖީ.އެސް 03 |
|
މުސާރަ |
4465.00 ރުފިޔާ |
||
ސަރވިސް އެލަވަންސް |
1500.00 ރުފިޔާ |
||
ޑިވިޝަން / ސެކްޝަން |
އޯ.ޕީ.ޑީ |
||
ވަޒީފާ އަދާކުރަންޖެހޭ ތަން |
ތަކަންދޫ ޞިއްޙީމަރުކަޒު / ހއ. ތަކަންދޫ |
||
އާންމުގޮތެއްގައި މަސައްކަތްކުރަންޖެހޭ ތަން |
ތަކަންދޫ ޞިއްޙީމަރުކަޒު |
||
ކުރަންޖެހޭމައިގަނޑު މަސައްކަތްތައް |
1. މަރުކަޒުގެ ޚިދުމަތަށް އެދިގެން އަންނަ މީހުންނަށް މަރުކަޒުގައި މަސައްކަތް ކުރާ ބިދޭސީންނަށް ދިވެހިބަސް އިނގިރޭސިބަހަށް، އިނގިރޭސިބަސް ދިވެހިބަހަށް ތަރުޖަމާކުރުން. 2. މެޑިކަލް ރެކޯޑު ބެލެހެއްޓުމާއި ހަމަޖެހިފައިވާ ރިޕޯޓްތައް ތައްޔާރު ކުރުން 3. މަރުކަޒުގައި އެޑްމިޓްކޮށްފައިވާ ބަލިމީހާ ކައިރިއަށް ޑޮކްޓަރު ދުރުވާ ގަޑިތަކުގައި މަރުކަޒުގެ އިސްވެރިއަކު އެދިއްޖެނަމަ އެގަޑިތަކުގައި ނުކުމެ ތަރުޖަމާކޮށްދިނުން. 4. ބަލިމީހުންގެ ސިއްރު ހިފެހެއްޓުން. 5. ޑެއިލީ ސަރވައިލެންސް ރަނގަޅަށް ބެލެހެއްޓުން. 6. އާސަންދައިގެ ޚިދުމަތް ފޯރުކޮށްދިނުމަށް އޯ.ޕީ.ޑީ އިން ކުރަންޖެހޭ މަސައްކަތްތައް ކުރުން. 7. ކޮންސަލްޓޭޝަން ރަޖިސްޓަރީ ގަވާއިދުން ބެލެހެއްޓުން. 8. ކޮންސަލްޓޭޝަން ރޫމަށް ބޭނުންވާ ލިޔެކިޔުންތަކާއި އެހެނިހެން ތަކެތި ހަމަކޮށްފައި ބެހެއްޓުން. 9. މީގެ އިތުރުން، މަރުކަޒުގެ ވެރިންނާއި އިސްމުވައްޒަފުން އަންގާ މަސައްކަތް ކުރުން. ( އޮފީސް މަސައްކަތް ) |
||
ތަޢުލީމާއި ތަޖުރިބާ |
|
||
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް |
1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން. 2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން. 3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން. |
||
އިނާޔަތްތައް |
1. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ބަންދު ދުވަހާއި އިތުރުގަޑީގެ ފައިސާ ދިނުމަށް ހަމަޖެހިފައިވާ އުސޫލުން ބަންދު ދުވަހާއި އިތުރުގަޑީގެ ފައިސާ ލިބިލައްވާނެއެވެ. އަދި ހަމަޖެހިފައިވާ އުސޫލުން ރަމަޟާންމަހުގެ އިނާޔަތުފައިސާއާއި ރިސްކް އެލަވަންސް އަދި ޝިފްޓް ޑިއުޓީ ކުރާނަމަ ޑިއުޓީ ފައިސާ ލިބިލައްވާނެއެވެ. |
||
ހުށަހަޅަންޖެހޭ ލިޔުންތައް |
1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސް ވަޒީފާ އަށް އެދޭ ފޯމު ( މި ފޯމު ސިވިލް ސާރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިމަރުކަޒުގެ އޮފީހުންވެސް ލިބެން ހުންނާނެއެވެ. ) 2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް ( އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ ) 3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން. 4. މަސައްކަތުގެ ތަޖުރިބާ ދެނަގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. 5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނެހެން، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ. 6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކުރެވިފައިވާ ސީ.ވީ) |
||
ސުންގަޑި |
މިމަޤާމަށް ކުރިމަތި ލެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 18 އޮކްޓޫބަރު 2015 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ވަޒީފާއަށް އެދޭ ފޯމާއި އެފޯމާގުޅޭ ލިޔުންތައް ތަކަންދޫ ޞިއްޙީމަރުކަޒުގެ އިދާރީ އޮފީހަށް ހުށަހަޅުއްވުން އެދެމެވެ. |
||
އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން |
2015 ވަނަ އަހަރުގެ ނޮވެންބަރުމަހުގައި ހއ. ތަކަންދޫ ޞިއްޙީމަރުކަޒުގައި |
||
އިތުރު މަޢުލޫމާތު |
އިތުރު މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 6500567 އެވެ. އަދި ވަޒީފާއަށް އެދޭ ފޯމު ސިވިލްސަރވިސްގެ www.csc.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ. އަދި މިމަރުކަޒުގެ އޮފީހުންވެސް ލިބެން ހުންނާނެއެވެ. |
21 ޛުލްޙިއްޖާ 1436