ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ސްކޮލަރޝިޕްގެ ފުރުޞަތު

ކޮމަންވެލްތް ސްކޮލަރޝިޕްސް އިން ދަ ޔުނައިޓެޑް ކިންގްޑަމް - 2016

އިނގިރޭސިވިލާތް

ޤައުމު:

02 ބެޗްލަރޒް ޑިގްރީ

01 ޕީ.އެޗް.ޑީ

ކޯހުގެ އަދަދު އަދި ލެވެލް:

- ހެލްތު

- އެޑިޔުކޭޝަން

- އިކޮނޮމިކް ގްރޯތް އެންޑް ދަ ޕްރައިވެޓް ސެކްޓަރ

- ގަވަރނަންސް އެންޑް ކޮންފްލިކްޓް

- ކްލައިމެޓް އެންޑް އެންވަޔަރަންމަންޓް

- ވޯޓަރ އެންޑް ސެނިޓޭޝަން

- ފުޑް އެންޑް ނިއުޓްރިޝަން

- ހިއުމެނިޓޭރިއަން ޑިޒާސްޓަރސް އެންޑް އިމަރޖެންސީސް

އެޕްލައިކުރެވޭ ދާއިރާތައް:

ބެޗްލަރޒް ޑިގްރީ

  1. ޖީ.ސީ.އީ އޯލެވެލް/އައި.ޖީ.ސީ.އެސް.ސީ އިމްތިޙާނުގެ 05 މާއްދާއިން 'ސީ' އިން ފެށިގެން މަތީގްރޭޑެއް ހާސިލުކޮށްފައިވުން. އަދި
  2. ޖީ.ސީ.އީ އޭލެވެލް އިމްތިޙާނުގެ 03 މާއްދާއިން 'ސީ' އިން ފެށިގެން މަތީގްރޭޑެއް ހާސިލުކޮށްފައިވުން. އަދި
  3. ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ 5 ފާހުގެ ތެރޭގައި އިނގިރޭސި ނުހިމެނޭނަމަ، އެއާ އެއްފެންވަރެއްގެ އިމްތިޙާނަކުން އިނގިރޭސިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން. ނުވަތަ ސީ.އޭ.އީ/ސީ.ޕީ.އީ އިމްތިޙާނުން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން. ނުވަތަ TOEFL އިން 550 އިން ފެށިގެން މަތި ލިބިފައިވުން. ނުވަތަ IELTS އިން 6.0 އިން ފެށިގެން މަތީ ސްކޯރއެއް ލިބިފައިވުން.

ޕީ.އެޗް.ޑީ

  1. އެދޭ ކޯހަކާ ގުޅޭ ދާއިރާއަކުން މާސްޓަރސް ޑިގްރީ ހާސިލުކޮށްފައިވުން. (ކޯހަށް އެދި ހުށަހަޅާ މާސްޓަރސް ޑިގްރީ ސެޓުފިކެޓަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓްކޮށްފައިވާ ސެޓުފިކެޓަކަށް ވާންޖެހޭނެ.)

މި ސްކޮލަރޝިޕަށް ހުށަހަޅާ ހުރިހާ ފަރާތްތަކުންވެސް، މަތީގައި ބަޔާންކުރެވިފައިވާ ޝަރުޠުތަކުގެ އިތުރުން ތިރީގައިމިވާ ޝަރުޠުތައްވެސް ފުރިހަމަ ވާންވާނެއެވެ.

1. އެންމެ ފަހުން ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ތަޢުލީމު ހާސިލުކުރުމަށް އެހީ ލިބުނުފަހުން ތިރީގައިވާ މުއްދަތަށް 02 ނޮވެންބަރު 2015 ގެ ނިޔަލަށް ދިވެހިރާއްޖެއަށް ޚިދުމަތްކޮށްފައިވުން

   ހ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ފުލް ސްކޮލަރޝިޕެއްގެ ދަށުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރެއްނަމަ މަދުވެގެން 2 އަހަރު ޚިދުމަތްކޮށްފައިވުން

   ށ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ޕާޝަލް ސްކޮލަރޝިޕެއްގެ ދަށުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރެއްނަމަ މަދުވެގެން 1.5 އަހަރު ޚިދުމަތްކޮށްފައިވުން

   ނ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ލޯނު އެހީގެ ދަށުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރެއްނަމަ މަދުވެގެން 1 އަހަރު ޚިދުމަތްކޮށްފައިވުން.

2. ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން ނުވަތަ މިޑިޕާޓްމަންޓް މެދުވެރިވެގެން ބޭންކަކުން ކިޔެވުމަށް ނަގާފައިވާ ލޯނެއް އަނބުރާ މުޅިން ދައްކާފައިވާ ފަރާތެއް ކަމުގައިވުން. ލޯނު މުޅިން ނުދައްކާ ފަރާތްތަކަށާއި އަދި މި އިޢުލާނުގައިވާ ބައެއް އެހެނިހެން ޝަރުޠުތައް ފުރިހަމަނުވާ ފަރާތްތަކަށް ފުރުޞަތު ލިބޭނީ މިއިޢުލާނުގެ އިތުރު މަޢުލޫމާތުގައި ހިމެނިފައިވާ "ސްކޮލަރޝިޕްތަކަށް ދަރިވަރުން ހޮވުމުގައި ޢަމަލުކުރެވޭ ޚާއްޞަ އުސޫލު (ސްޕެޝަލް ކްރައިޓީރިއާ)"ގެ ދަށުންނެވެ.

3. މިޝަރުޠުތަކުގެ އިތުރުން ޔޫކޭގެ ކޮމަންވެލްތް ސްކޮލަރޝިޕް ކޮމިޝަނުން ކަނޑައަޅާފައިވާ ހުރިހާ ޝަރުޠެއް ފުރިހަމަވާން ވާނެއެވެ.

ކޯހުގެ ޝަރުޠުތައް:

  • މިކޯހާބެހޭ މަޢުލޫމާތާއި އެޕްލިކޭޝަން ފޯމު މިޑިޕާޓްމަންޓްގެ ވެބްސައިޓް www.dhe.gov.mv އިން ލިބެން ހުންނާނެއެވެ.
  • މި ސްކޮލަރޝިޕްގެ ހުރިހާ ޚަރަދެއް، ކޮމަންވެލްތުގެ ފަރާތުން ހަމަޖައްސައިދޭނެއެވެ.
  • ކޯހަށް އެދި ހުށަހަޅާ ތަޢުލީމީ (ޑިޕްލޮމާ އިން ފެށިގެން މަތީ) ސެޓުފިކެޓުތަކަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓް ކޮށްފައިވާ ސެޓުފިކެޓުތަކަކަށް ވާންޖެހޭނެއެވެ. އަދި ޑިގްރީ ސެޓުފިކެޓު ނުލިބޭ ފަރާތްތަކުން ޕްރޮވިޝަނަލް ސެޓުފިކެޓު ހުށަހަޅާނަމަ އެކެންޑިޑޭޓަކު ފުރިހަމަކޮށްފައިވާ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ޔުނިވަރސިޓީއަކުން ފުރިހަމަ ކޮށްފައިވާ އަދި އެއޮތޯރިޓީން ޤަބޫލުކުރާ ފެންވަރުގެ ކޯހެއްކަން އަންގައިދޭ ލިޔުމެއް ހުށަހަޅުއްވަންވާނެއެވެ. އަދި އެސެޓުފިކެޓާއެކު ތަޢުލީމު ހާސިލުކުރި ކޯހުގެ ޓްރާންސްކްރިޕްޓް ހުށަހަޅުއްވަންވާނެއެވެ.
  • އެކެންޑިޑޭޓުން މާސްޓަރސް ޑިގްރީ ހާސިލުކުރި ޔުނިވަރސިޓީއެއްގެ ގްރޭޑިންގ ޢާންމުކޮށް މިޑިޕާޓްމަންޓުން ބަލައި ގްރޭޑިންގ ސްކީމާ ތަފާތުނަމަ ގްރޭޑިންގ ކްރައިޓީރިއާ ހުށަހަޅަންވާނެއެވެ. ގްރޭޑިންގ ކްރައިޓީރިއާ ހުށަހަޅާފައިނުވާނަމަ، ޓްރާންސްކްރިޕްޓަށް ޕޮއިންޓް ދިނުމުގައި ބެލެވޭނީ މި ޑިޕާޓްމަންޓުން ބަލަމުންގެންދާ އުސޫލުގެ މަތިންނެވެ. މިޑިޕާޓްމަންޓުން ޕޮއިންޓް ދޭ ގޮތުގެ ތަފުސީލު މިޑިޕާޓްމަންޓްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
  • ޑިޕްލޮމާއިން ފެށިގެން މަތީގެ ކޯސްތައް ފުރިހަމަ ކޮށްފައިވަނީ އެހެން ކޯހަކުން ކްރެޑިޓް ލިބިގެން ކަމުގައި ވަނީނަމަ، އެޕްލިކޭޝަން ހުށަހަޅާއިރު ކުރިން ހަދާފައިވާ ކޯސްތަކުގެ ޓްރާންސްކްރިޕްޓް ހުށަހަޅަންވާނެއެވެ. މިގޮތަށް ހުށަނާޅާ ފަރާތްތަކުގެ ޓްރާންސްކްރިޕްޓަށް ޕޮއިންޓް ދެވެން ނޯންނާތީ އެ ފަރާތްތަކުގެ އެޕްލިކޭޝަން ބާޠިލު ކުރެވޭނެއެވެ.
  • މިކޯހަށް ހޮވުމުގައި އިނގިރޭސި ފެންވަރު ބެލުމަށް IELTS ޓެސްޓު ހަދަންޖެހިއްޖެ ހާލަތުގައި ބެލެވޭނީ ހަމައެކަނި 01 އޮކްޓޫބަރު 2015 އިން 06 މާރިޗު 2016 އާ ދެމެދުގައި ހަދާ ޓެސްޓްތަކަށެވެ.
  • މި ސްކީމުގެ ދަށުން ކޮންމެ ކެންޑިޑޭޓަކަށްވެސް ހުށަހެޅޭނީ  1(އެކެއް) އެޕްލިކޭޝަންފޯމެވެ.
  • މި އިޢުލާންގައި ބަޔާން ކުރެވިފައިވާ ޝަރުޠެއް ހަމަނުވުމުގެ ސަބަބުން ނުވަތަ ހުށަހަޅަންޖެހޭ ތަކެތި ހުށަނޭޅުމުގެ ސަބަބުން ޑިސްކޮލިފައި ކުރެވޭ ކެންޑިޑޭޓުން، މިޑިޕާޓްމަންޓްގެ ވެބްސައިޓްގައި އަޕްލޯޑް ކުރެވިފައިވާ "ސްކޮލަރޝިޕްތަކަށް ދަރިވަރުން ހޮވުމުގައި ޢަމަލުކުރެވޭ ޚާއްޞަ އުސޫލު (ސްޕެޝަލް ކްރައިޓީރިއާ)"ގެ ދަށުން ކޮލިފައި ކުރެވިދާނެއެވެ. މިދެންނެވި އުސޫލު މިޑިޕާޓްމަންޓުގެ ވެބްސައިޓުން ފެންނަން ހުންނާނެއެވެ.
  • މިކޯހަށް އެދި ހުށަހަޅާ ދަރިވަރަކީ، އިޢުލާން ކުރެވިފައިވާ ކޯހާ އެއްފެންވަރެއްގެ ނުވަތަ އެއަށްވުރެ މަތީ ފެންވަރެއްގެ ކޯހެއް މީގެކުރިން ފުރިހަމަކޮށްފައިވާ ދަރިވަރެއްކަމުގައި ވެގެން ނުވާނެއެވެ. އަދި އެއާ އެއްފެންވަރެއްގެ ކޯހެއް މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައިވެސް ވެގެން ނުވާނެއެވެ.
  • މި ޕްރޮގްރާމްގެ ދަށުން ކޯހަށް ކުރިމަތިލާ ކެންޑިޑޭޓުން، ކިޔަވަން ބޭނުންވާ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީއަކުން ކެންޑިޑޭޓުން އަމިއްލައަށް ޕްލޭސްމަންޓް ހޯދުމުގެ ކަންތައްތައް ކުރިއަށް ގެންދަންޖެހެއެވެ. އެގޮތުން ޕްލޭސްމަންޓް ހޯދާނީ ތިރީގައިމިވާ ލިންކުގައިވާ އިންސްޓިޓިއުޝަންތަކުންނެވެ.

http://bit.ly/cscuk-uk-universities

  • މިގޮތަށް ކެންޑިޑޭޓުން އަމިއްލައަށް ޕްލޭސްމަންޓް ހޯދިނަމަވެސް ކޯހަށް ހޮވިއްޖެނަމަ، ކެންޑިޑޭޓުން ދާނޭ އިންސްޓިޓިއުޝަނެއް ނިންމާނީ ކޯސް ދެއްވާ ފަރާތުންނެވެ.
  • މި ސްކޮލަރޝިޕްގެ ދަށުން މަތީތަޢުލީމު ހާސިލު ކުރުމަށް ފުރުޞަތު ލިބޭ ދަރިވަރުން ކިޔަވައި ނިންމުމަށްފަހު، ސަރުކާރުން ކަނޑައަޅާ އޮފީހެއްގައި ނުވަތަ މުއައްސަސާއެއްގައި ޚިދުމަތްކުރުމަށް ބޮންޑްކުރެވޭނެއެވެ.
  • އެޕްލިކޭޝަން ހުށަހަޅާއިރު ޕްލޭސްމަންޓް ލިބިފައިވާނަމަ، އެޕްލިކޭޝަން ފޯމާއެކު އެޕްލޭސްމަންޓް ހުށަހަޅަންވާނެއެވެ.
  • ތިރީގައިމިވާ ވެބްސައިޓުން އިތުރު މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

www.dfid.gov.uk/cscuk

  • މި ޑިޕާޓްމަންޓުން ތަޢުލީމީ ސެޓުފިކެޓުތަކަށް ޕޮއިންޓްދޭ މިންގަނޑު މިޑިޕާޓްމަންޓްގެ ވެބްސައިޓް http://www.dhe.gov.mv އިން ލިބެން ހުންނާނެއެވެ.
  • މި ޕްރޮގްރާމަށް ކެންޑިޑޭޓުން ނޮމިނޭޓްކުރެވޭނީ މެރިޓްބޭސިސް އަށް ބަލައި ޝޯޓްލިސްޓްކޮށް، ޝޯޓްލިސްޓްވާ ފަރާތްތަކުގެ "ޕްލޭން އޮފް ސްޓަޑީ" ޕްރޮޕޯޒަލަށް މާކްސް ދިނުމަށްފަހުގައެވެ.
  • މި ފުރުޞަތުތަކަށް ނޮމިނޭޓްވާ ކެންޑިޑޭޓުން ނޮމިނޭޓްވުމަށްފަހު އޮންލައިން އެޕްލިކޭޝަނެއް ފުރަންޖެހޭނެއެވެ.
  • މިކޯސްތަކަށް ހޮވޭ ކެންޑިޑޭޓުންގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ 2016 ވަނަ އަހަރުގެ ސެޕްޓެންބަރު / އޮކްޓޫބަރުމަހުގައެވެ. ވީމާ، ކަނޑައެޅިފައިވާ ދުވަސްވަރު ކިޔެވުން ފެށުމަށްޓަކައި އިނގިރޭސި ވިލާތަށް ދާންވާނެއެވެ.
  • މިޑިޕާޓްމަންޓްގެ ފަރާތުން މިކޯހަށް ނޮމިނޭޓްވާ ހުރިހާ ދަރިވަރުން ޝޯޓްލިސްޓް ކުރެވުނުނަމަވެސް ފައިނަލް ސެލެކްޝަން ހަދާނީއިނގިރޭސި ވިލާތުގެ ކޮމަންވެލްތް ސްކޮލަރޝިޕް ކޮމިޝަނުންނެވެ.
  • މިކޯހަށް ކެންޑިޑޭޓުން ނޮމިނޭޓްކުރުމުގައި އަންހެން އަދި ފިރިހެން ކެންޑިޑޭޓުން އެއްވަރަކަށް ބައިވެރިކުރުމަށް އިސްކަންދެވޭނެއެވެ.
  • އިތުރު މަޢުލޫމާތު މިޑިޕާޓްމަންޓްގެ ވެބްސައިޓް (http://www.dhe.gov.mv) ގައި އިޢުލާނާއެކު ވާނެއެވެ.

އިތުރު މަޢުލޫމާތު:

  • ކޯހަށް އެދި ފުރިހަމަކޮށްފައިވާ ފޯމާއި، އެފޯމުގައި ބަޔާންކޮށްފައިވާ ތަކެތި.
  • ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީގައި އަސްލާ އެއްގޮތްކަމަށް ބަޔާންކޮށް، ސަރުކާރު އޮފީހަކުން  ތައްގަނޑުޖެހި އަސްލު.( އެޓެސްޓް އޮރިޖިނަލް ) އެޓެސްޓްކޮށްފައިވާ ސެޓުފިކެޓުތަކުން ނަގާފައިވާ ކޮޕީ، އަދި އެޓެސްޓްކޮށްފައިވާ ސެޓުފިކެޓުތަކުގެ ސްކޭންކޮޕީ ޤަބޫލެއް ނުކުރެވޭނެއެވެ.
  • އެޓެސްޓްކޮށްފައިވާ ލިޔުމުގައި އެޓެސްޓްކޮށްފައިވާ އޮފީހެއްގެ ތައްގަނޑާއި އަދި ސޮއިކުރެއްވި ބޭފުޅެއްގެ ނަން، މަޤާމު، ސޮއި އަދި ތާރީޚު އޮންނަންވާނެއެވެ. އެޓެސްޓޭޝަން ފުރިހަމަ ނޫންނަމަ އެޕްލިކޭޝަން ބާޠިލުކުރުމުގެ އިޚުތިޔާރު މިޑިޕާޓްމަންޓަށް ލިބިގެންވެއެވެ.
  • ކޯހަށް އެދި ހުށަހަޅުއްވާ ސެޓުފިކެޓަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓްކޮށްފައިވާ ސެޓުފިކެޓަކަށްވާން ޖެހޭނެއެވެ. އަދި ޑިގްރީ ސެޓުފިކެޓު ނުލިބޭ ފަރާތްތަކުން ޕްރޮވިޝަނަލް ސެޓުފިކެޓު ހުށަހަޅާނަމަ އެކެންޑިޑޭޓަކު ފުރިހަމަކޮށްފައިވާ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ޔުނިވަރސިޓީއަކުން ފުރިހަމަ ކޮށްފައިވާ އަދި އެއޮތޯރިޓީން ޤަބޫލުކުރާ ފެންވަރުގެ ކޯހެއްކަން އަންގައިދޭ ލިޔުމެއް ހުށަހަޅުއްވަންވާނެއެވެ. އަދި އެސެޓުފިކެޓާއެކު ތަޢުލީމު ހާސިލުކުރި ކޯހުގެ ޓްރާންސްކްރިޕްޓް ހުށަހަޅުއްވަންވާނެއެވެ.
  • ކޯހަށް އެދޭ ފަރާތުގެ ވަނަވަރު. (ވަނަވަރުގައި ކެންޑިޑޭޓުގެ ސޮޔާއި ތާރީޚު އޮންނަންވާނެއެވެ.)
  • "ޕްލޭން އޮފް ސްޓަޑީ" ޕްރޮޕޯޒަލް.
  • ސަރުކާރު ނުވަތަ އަމިއްލަ ފަރާތަކަށް ޚިދުމަތް ކުރުމުގެ ބޮންޑެއް އޮތް މީހަކުނަމަ، އެތަނުން އެ މީހަކު ދޫކުރާނެ ކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.
  • މަދުވެގެން 3 ރެފަރެންސް ލެޓަރ.
  • އިނގިރޭސިބަހަށް ތަރުޖަމާކޮށްފައިވާ އުފަންދުވަހުގެ ސެޓުފިކެޓު (އޮރިޖިނަލް އެޓެސްޓެޑް)
  • އެޕްލައިކޮށްފައިވާ ޔުނިވަރސިޓީއަކުން ފޯމަލް އެޑްމިޝަން ލެޓަރއެއް ލިބިފައިވާނަމަ އެލިޔުން.
  • ހުރިހާ ޑޮކިއުމަންޓްތައް ހަމައަށް ހުށަހަޅާފައިނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި:

ސުންގަޑި: 02 ނޮވެންބަރު 2015 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަންގެ ކައުންޓަރ (ވެލާނާގެ / 2 ވަނަ ފަންގިފިލާ) އަށް ހުށަހެޅުއްވުން އެދެމެވެ.

ސުންގަޑި:

ކޯހަށް އެދޭ ފޯމު ހެނދުނު 8:30 އިން މެންދުރުފަހުގެ 14:00 އަށް ވެލާނާގޭގެ 2 ވަނަ ފަންގިފިލާގައި ހުންނަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަންގެ ކައުންޓަރުންނާއި، މިޑިޕާޓްމަންޓްގެ ވެބްސައިޓުން (http://www.dhe.gov.mv) ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު 3341373 ނަންބަރު ފޯނުން ލިބިވަޑައިގަންނަވާނެއެވެ.

 

 

30 ސެޕްޓެންބަރު 2015
ހޯދާ