ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.
|
މަޤާމު
|
ޑައިރެކްޓަރ ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް
|
މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން
|
ސީނިއަރ މެނޭޖްމަންޓް
|
މުސާރަ
ސަރވިސް އެލަވަންސް
ސްޕެޝަލް ޑިއުޓީ
އިނާޔަތްތައް
|
25,000 – 30,000 އާއި ދެމެދު (ހާސިލްކޮށްފައިވާ ތައުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)
|
ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން
|
ކ. މާލެ / ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން
|
ބޭނުންވާ އަދަދު
|
01
|
ޝަރުޠު
|
- ޕްލޭނިންގ އެންޑް ޑިވޮލޮޕްމަންޓާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ގެ ހާސިލުކޮށްފައިވުމާއެކު، ރިސާރޗް އެންޑް ޑިވޮލޮޕްމަންޓް މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- ޕްލޭނިންގ އެންޑް ޑިވޮލޮޕްމަންޓާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ހާސިލުކޮށްފައިވުމާއެކު، ރިސާރޗް އެންޑް ޑިވޮލޮޕްމަންޓް މަސައްކަތުގެ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- ޕްލޭނިންގ އެންޑް ޑިވޮލޮޕްމަންޓާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ހާސިލުކޮށްފައިވުމާއެކު، ރިސާރޗް އެންޑް ޑިވޮލޮޕްމަންޓް މަސައްކަތުގެ ދާއިރާއެއްގައި 5 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- ޕްލޭނިންގ އެންޑް ޑިވޮލޮޕްމަންޓާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ހާސިލުކޮށްފައިވުމާއެކު، ރިސާރޗް އެންޑް ޑިވޮލޮޕްމަންޓް މަސައްކަތުގެ ދާއިރާއެއްގައި 7 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
|
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ކޯޕަރޭޝަންގެ ސްޓެރެޓެޖިކް ޕްލޭން ތައްޔާރުކުރުމަށް ބޭނުންވާ ފަންނީ ލަފައާއި އިރުސާދު ޑިޕާޓްމަންޓްތަކަށް ފޯރުކޮށްދިނުމާއެކު ސްޓްރެޓެޖިކް ޕްލޭން ތައްޔާރުކުރުމުގެ މަސައްކަތް ކުރުން.
- ކޯޕަރޭޝަންއިން އެކަށައަޅާ 5 އަހަރުގެ ސްޓެރެޓެޖިކް ޕްލޭންގެ ލަޑުދަނޑިތައް ހާސިލުކުރުމަށް ބޭނުންވާ އަހަރީ ޕްލޭނާއި ބަޖެޓްތައް އެކުލަވައިލުމަށް ބޭނުންވާ ފަންނީ ލަފައާއި އިރުޝާދު ފޯރުކޮށްދިނުމާއެކު އަހަރީ ޕްލޭނާއި ބަޖެޓް އެކުލަވައިލުމަށް މަސައްކަތްކުރުން.
- ކޯޕަރޭޝަންގެ ޕްލޭންތައް ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތުތައް ފަސޭހައިން ލިބޭނޭގޮތަށް ބެލެހެއްޓުން އަދި ބޭނުންވާ ރިޕޯޓުތައް އެކުލަވައިލުން.
- ކޯޕަރޭޝަންގެ މަސައްކަތް ހިނގާ ނުހިނގާގޮތް ބަލައި މަސައްކަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރެވިދާނެ ކަންތައްތަށް ފާހަގަކޮށް ޑިވެލޮޕްމެންޓް ރިޕޯޓްތަކާއި އެކްޝަން ޕްލޭންތައް ތައްޔާރުކޮށް މެނޭޖްމަންޓަށް ހުށަހެޅުން.
- ކޯޕަރޭޝަންގެ މަސައްކަތްތައް އެދެވޭ ގޮތުގައި ކުރިއަށްގެންދިއުމަށްޓަކައި އާންމު ފަރުދުން މަސައްކަތްތަކަށް އަހުލުވެރި ކުރުމާއި ހޭލުންތެރިކުރުމަށް ބޭނުންވާ ޕްރޮގްރާމްތައް ފަރުމާކޮށް ހިންގުން.
- ކޯޕަރޭޝަންއިން ކުރިއަށް ގެންދަން ބޭނުންވާ ތަފާތު ޕްރޮޖެކްޓްތަކުގެ ކޮންސެޕްޓް ޕޭޕަރ، ޕްރޮޖެކްޓް ޕްރޮޕޯސަލްތައް ތައްޔާރުކުރުމާއި، ޕްރޮޕޯސަލްތައް ޕާރޓްނަރުންނަށް ޕްރެސެންޓް ކުރުމާއި، ޕްރޮޖެކްޓްތައް ހިންގުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށް މަސައްކަތްކުރުން.
- ކޯޕަރޭޝަންގެ ޕްލޭނިންގް އެންޑް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓް، ދުވަހުން ދުވަހަށް ހިންގުމާއި، ބޭނުންވާ ފަންނީ މުވައްޒަފުން ހޯދުމާއި، މުވައްޒަފުންނަށް ބޭނުންވާ ތަމްރީން ދިނުމާއި، ފަންނީ ލަފާ ފޯރުކޮށްދިނުމާއި، މަސައްކަތް ކުރިއަށް ގެންދިއުމަށް އެކަށޭނަ މާހައުލެއް ގާއިމުކޮށްދިނުން.
- ކޯޕަރޭޝަންގެ ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓްގެ އަހަރީ ޕްލޭނާއި ބަޖެޓް ތައްޔާރުކުރުމާއި އަހަރީ ޕްލޭނާއި ބަޖެޓް ތަންފީޒުކުރުން.
- ކޯޕަރޭޝަންގެ ސީނިއަރ މެނޭޖްމަންޓް ޓީމުގެ މެންބަރެއްގެ ގޮތުގައި ކޯޕަރޭޝަންގެ ލަނޑުދަޑިތައް ހާސިލުކުރުމަށް މަސައްކަތްކުރުމާއި، ކޯޕަރޭޝަންގެ މަސައްކަތްތައް ކުރިއަށްގެންދެވޭނެ ފަދަ މާހައުލެއް ގާއިމުކުރުން.
|
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި މިނިސްޓްރީގެ ނަންބަރު 3018329، 3018330، 3018328 އަށް ގުޅުއްވުން އެދެމެވެ.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:
- މަސައްކަތާ ގުޅުން ހުރި ދާއިރާއިން ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ.
- ވަޒީފާއާ ބެހޭ ޤާނޫނާއި، ކޯޕަރޭޝަންގެ މަސައްކަތްތައް ކުރިއަށްގެންދިއުމާއި ގުޅުންހުރި ގަވާއިދުތަކަށް އަހުލުވެރި ވެފައިވާ މިންވަރު.
|
ހުށަހަޅަންޖެހޭ ތަކެތި:
- ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ.
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީ
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
- މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 5 އަށްވުރެ ގިނަނަމަ ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބަލައި 5 ފަރާތެއް ޝޯޓް ލިސްޓު ކުރެވޭނެއެވެ.
|
- ސުންގަޑި: 15 އޮކްޓޫބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް ހުށަހެޅުއްވުން.
- އިންޓަރވިއުއާއި އިމްތިޙާން ކުރުން 18 އޮކްޓޫބަރު 2015 އާއި 29 އޮކްޓޫބަރު 2015 އާ ދެމެދު މި މިނިސްޓްރީގައި އޮންނާނެއެވެ.
|