މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދެބިން ކުއްޔަށް ދޫކުރުން

ތެލުގެ ވިޔަފާރި ކުރުމަށްޓަކައި ކާށިދޫ ބަނދަރު ސަރަޙައްދުން ދެބިން ކުއްޔަށް ދޫކުރުން

ތެލުގެ ބާވަތްތަކުގެ ވިޔަފާރި ކުރުމަށްޓަކައި، ކ. ކާށިދޫ ބަނދަރުގެ ދެކޮޅު ހުރަސްތޮށިން 625 އަކަފޫޓުގެ ދެބިން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާތީ، މިބިންތައް ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފީމެވެ. ބިންތައް ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން އޮންނާނީ 08 އޮކްޓޫބަރު 2015 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ 13:30 އިން 13:45 އަށް ކާށިދޫ ކައުންސިލްގެ އިދާރާގައެވެ. ވީމާ، ތެލުގެ ބާވަތްތަކުގެ ވިޔަފާރިކުރުމަށްޓަކައި މި ބިންތައް ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކުން ކަނޑައެޅިފައިވާ ގަޑިއަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 15 އޮކްޓޫބަރު 2015 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ 14:00 އަށް ބިޑް ހުށަހެޅުއްވުން އެދެމެވެ. ބިޑް ހުޅުވުން އޮންނާނީ ބިޑް ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑީގައި، ބިޑް ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކުގެ ހާޒިރުގައެވެ.

ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

16 ޛުލްޙިއްޖާ 1436

29 ސެޕްޓެންބަރު 2015
ހޯދާ