ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސްޓީއޯ ހޯރަފުށި ފިހާރައިން ވިއްކާ ކޮންސްޓްރަކްޝަން އައިޓަމްސް ޑެލިވަރީ ކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

އެސްޓީއޯ ހޯރަފުށި ފިހާރައިން ވިއްކާ ކޮންސްޓްރަކްޝަން އައިޓަމްސް އެސްޓީއޯގެ ލޮރީއާއި ޑްރައިވަރ ބޭނުންކޮށްގެން ހއ.ހޯރަފުށީގައި ޑެލިވެރީ ކޮށްދޭނެ އަދި އަމިއްލަ ވެހިކަލް އަދި މީހުން ބޭނުންކޮށްގެން މުދާ ޑެލިވަރީ ކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 އޮކްޓޫބަރު 14 ވާ އާދީއްތަ ދުވަހުގެ 09:00 އަށް މިކުންފުނީގެ ހޯރަފުށި ފިހާރައަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 އޮކްޓޫބަރު 20 ވާ އާދީއްތަ ދުވަހުގެ 09:00 އަށް އަންދާސީހިސާބު، އެފަރާތުގެ ފުރިހަމަ މަޢުލޫމާތާއި ޚިދުމަތްތަކުގެ ތަފުސީލު ޕްރޮފައިލަކާއެކު އެފިހާރައަށް ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހިގެން ހާޒިރުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

ފޯން: 3344180 ، 3344224

ފެކްސް: 3344633

އީމެއިލް: [email protected]

01 އޮކްޓޫބަރު 2015
ހޯދާ