ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ވަށާފާރުން ބައެއް އުސްކުރުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް

މި ކޯޓުގެ ވަށާފާރުން ބައެއް އުސްކުރުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް ކުރެވުނު މި ކޯޓުގެ ނަންބަރު R1C-A/2015/08 އިޢުލާނާ ގުޅިގެން މަޢުލޫމާތު ދިންއިރު ކޮންމެހެން ހިމަނަންޖެހޭ ބައެއް މަޢުލޫމާތު ހިމެނިފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ. ވީމާ، މި މަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 06 އޮކްޓޫބަރު 2015 ވާ ހޯމަ ދުވަހުގެ (މެންދުރުފަހުގެ 2:00 އަށް) މި ކޯޓަށް ވަޑައިގެން، މަސައްކަތާ ބެހޭގޮތުން މަޢުލޫމާތު ސާފުކުރުމަށްފަހު 12 އޮކްޓޫބަރު 2015 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ 02:00 ގައި މި ކޯޓަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި ބީލަމުގައި ބައިވެރިވެވޭނީ އިސްވެ ދެންނެވި ތާރީޚުގެ ސުންގަޑިއަށް މި ކޯޓަށް ވަޑައިގެން މަޢުލޫމާތު ހޯއްދަވާ ފަރާތްތަކަށެވެ.

17 ޛުލްޙިއްޖާ 1436

01 އޮކްޓޫބަރު 2015
ހޯދާ