ފުވައްމުލަކު މާދަޑު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަކުދިންގެ ޕާކުގެ ފާރު ރޭނުމަށް ބޭނުންވާ ތަކެތި ހޯދުމަށް

އިޢުލާނު 

ކުޑަކުދިންގެ ޕާކުގެ ފާރު ރޭނުމަށް ބޭނުންވާ ތަކެތި ހޯދުން  

މި ކައުންސިލުގެ ނަންބަރު IUL)424-CO/424/2015/48) (ތާރީޚު: 8 ސެޕްޓެންބަރު 2015) ގެ އިޢުލާނަށް އިޖާބަދީ ހުށަހެޅުނު އަންދާސީހިސާބުތައް، މަޢުލޫމާތު ޝީޓުގައިވާގޮތަށް ފުރިހަމަކުރެވިފައިނުވާތީ، އެ އަންދާސީހިސާބުތައް ވަނީ ބާތިލުވެފައެވެ. އެހެންކަމުން ކުޑަކުދިންގެ ޕާކުގެ ފާރު ރޭނުމަށްޓަކައި ބޭނުންވާ ތަކެތި ގަތުމަށް އަލުން އިޢުލާނު ކުރަމެވެ.

ވީމާ މިކަމަށް  ޝައުޤުވެރިވެލައްވާ ފަރާތްތަކުން 6 އޮކްޓޫބަރު 2015 ވާ އަންގާރަ ދުވަހުގެ 14:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 8 އޮކްޓޫބަރު 2015 ވާ ބުރާސްފަތި ދުވަހު 14:00 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކޮށްދިނުމާއި، އަންދާސީހިސާބު ބަލައިގަތުން އޮންނާނީ، ދެންނެވިފައިވާ ގަޑިތަކުގައި މި އިދާރާގެ މީޓިންގ ރޫމުގައެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ލިބިވަޑައި ނުގަންނަވާނެއެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް ތަމްސީލު ކުރެއްވޭނީ އެންމެ ފަރާތެކެވެ.

ބިޑުތައް އިވެލުއޭޓު ކުރުމުގައި ޕޮއިންޓު ދެވޭނެ މިންގަނޑުތައް.

  • މަސައްކަތުގެ އަގު         65 ޕޮއިންޓު
  • މަސައްކަތުގެ މުއްދަތު       10 ޕޮއިންޓު
  • އިތުބާރު              10 ޕޮއިންޓު
  • މިފަދަ މަސައްކަތުގެ ތަޖުރިބާ   15 ޕޮއިންޓު 

16 ޛުލްޙިއްޖާ 1436

30 ސެޕްޓެންބަރު 2015
ހޯދާ