މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

ތިރީގައި މިދަންނަވާ މަޤާމަށް ވޭޖް އެމްޕްލޯއިމަންޓުގެ ދަށުން މީހަކު ބޭނުންވެއްޖެ

މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މުސާރަ

-/8,000 ރުފިޔާ

ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ/ އެޑްމިނިސްޓްރޭޓިވް ޔުނިޓް، ކ. މާލެ

ބޭނުންވާ އަދަދު

03

މުއްދަތު

03 މަސްދުވަސް

ޝަރުޠު

މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • މިނިސްޓްރީއާއި އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީގެ ދުވަސްވީ ލިޔެކިއުންތަކުގެ ތެރޭގައި ހިމެނޭ އިދާރީ ލިޔެކިއުންތަކާއި މުހިންމު ފޮތްތައް ސޮފްޓް ކުރުމަށްޓަކައި މިނިސްޓްރީން ދޭ މަޢުލޫމާތާ އެއްގޮތަށް އެލިޔުންތަށް ސްކޭންކުރުން
  • ސްކޭންކުރެވޭ އެންމެހާ ލިއުންތަށް މިނިސްޓްރީގެ އައި.ޓީ.އަދި އެޑްމިން ޔުނިޓާއި ގުޅިގެން ޑޮކިއުމެންޓްތައް  ފައިލްތަކެއްގޮތުގައި ހެދުން
  • ސްކޭންކުރުމަށް ނެގޭ އެންމެހާ ލިއުންތައް ތަރުތީބުކޮށް ފައިލަށް އެޅުން
  • ސްކޭންކުރުމަށް ނެގޭ ފައިލުތަކާއި ފޮތްތައް އެފައިލަކާއި ފޮތެއް ނެގިތަނަކަށް ގެންގޮސް ބެހެއްޓުން

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3018329، 3018330، 3018328 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  1. މައިކްރޯ ސޮފްޓް އޮފީސް ޕެކެޖަށް އަހުލުވެރި ވެފައިވުން.
  2. ދިވެހި ބަހާއި، އިނގިރޭސި ބަހުން ފަރިތަކޮށް ޓައިޕްކުރަން އެނގުން.
  3. ވަޒީފާއާ ބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދަށް އަހުލުވެރި ވެފައިވާ މިންވަރު.       

ހުށަހަޅަންޖެހޭ ތަކެތި:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމުމި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. (އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  • ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ސިވިލް ސަރވިސްގައި މަސައްކަތް ކުރާ މުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެ އިދާރާއަކުން އިޢުތިރާޒު ނުކުރާކަމުގެ ލިޔުން.
  • ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
  • މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށްބަލައި 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.
  • ސުންގަޑި: 12 އޮކްޓޫބަރު 2015 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް،
  • އިންޓަރވިއު އާއި އިމްތިޙާން ކުރުން 13 އޮކްޓޫބަރު 2015 އާއި 22 އޮކްޓޫބަރު 2015 އާ ދޭތެރޭގައި މި މިނިސްޓްރީގައި އޮންނާނެއެވެ.

18 ޛުލްޙިއްޖާ 1436

01 އޮކްޓޫބަރު 2015
ހޯދާ