ޓެކްސް އެޕީލް ޓްރައިބިއުނަލް
ދިވެހިރާއްޖެ
ޕިއޯން

މަޤާމު:

ޕިއޯން

ބޭނުންވާ އަދަދު:

01

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން:

އެޑްމިން އެންޑް ފައިނޭންސް ސެކްޝަން

އަސާސީ މުސާރަ

-/3100 ރުފިޔާ

މި މަޤާމަށް ލިބޭ އެލަވަންސް:

  • ލިވިން އެލަންސް: -/1000 ރުފިޔާ
  • ނޮންޕްރެކްޓިސް އެލަވަންސް: މުސާރައިގެ %40
  • އަދި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

އެކިއެކި ތަންތަނަށް ފޮނުވަންޖެހޭ ސިޓީއާއި އަމުރުފަދަ ތަކެތި ރައްދުކުރުމާއި، އޮފީހަށް ބޭނުންވާ ތަކެތި އެކިއެކި ތަންތަނުން ގެނައުމުގެ މަސައްކަތްކުރުން. އަދި މަސައްކަތު މީހާ ޗުއްޓީއާއި ސަލާމުގައި ހުންނަ ދުވަސްތަކުގައި މަސައްކަތުމީހާ ކުރަންޖެހޭ އެންމެހާ މަސައްކަތްކުރުން. މީގެ އިތުރުން އޮފީސް ހުޅުވާ ލެއްޕުން ޙަވާލުކުރެވިއްޖެނަމަ، އެކަމާބެހޭ މަސައްކަތްކުރުން.   

ޝަރުތު: ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން އިންޓަރވިއުގައި ސާބިތުކޮށްދިނުން.

ހުށަހަޅުއްވަންޖެހޭ ތަކެތި:

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ފަރާތެއްނަމަ، ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް. (ވަޒީފާގެ މަސްއޫލިއްޔަތު، އެވަޒީފާގައި ހޭދަވި މުއްދަތާއި އަދި މަސައްކަތުގެ އަޚުލާޤު ހުރިގޮތް ބަޔާންކޮށް.)
  3. ތަޢުލީމީ ސެޓްފިކެޓެއް ލިބިފައިވާނަމަ އެ ސެޓްފިކެޓެއްގެ ކޮޕީ.
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު. (ގުޅޭނެ ނަންބަރާއެކު)

ވީމާ މި މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 11 އޮކްޓޫބަރު 2015 ވާ އާދީއްތަ ދުވަހުގެ 15:00 ގެ ކުރިން މި ޓްރައިބިއުނަލަށް (ކުރީގެ ހެލްތް މިނިސްޓްރީގެ ދެވަނަ ފަންގިފިލާ) ވަޒީފާއަށް އެދޭ ފޯމު ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށްއެދޭ ފޯމު މި ޓްރައިބިއުނަލުންނާއި، އަދި މި ޓްރައިބިއުނަލްގެ ވެބްސައިޓްwww.tat.gov.mv އިން ލިބެން ހުންނާނެއެވެ.  

14 ޛުލްޙިއްޖާ 1436

28 ސެޕްޓެންބަރު 2015
ހޯދާ