މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ލީގަލް އޮފިސަރ

ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ

މަޤާމު

ލީގަލް އޮފިސަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

ސީ. އެސް 9

ލީގަލް ސަރވިސަސް ޕްރޮފެޝަނަލް ސަރވިސް

މުސާރަ

ސަރވިސް އެލަވަންސް

ސްޕެޝަލް ޑިއުޓީ

 އިނާޔަތްތައް

-/10,020   ރުފިޔާ  

-/3,507  ރުފިޔާ     

-/5,640  ރުފިޔާ

(އިތުރު ގަޑީގައި ކުރާމަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.)

ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

މާލެ/ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ/ އެންވަޔަރަންމަންޓް ޑިޕަރޓްމަންޓް

ބޭނުންވާ އަދަދު

01

ޝަރުޠު

ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޤާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ތިމާވެށި ރައްކާތެރި ކުރުމާބެހޭ ޤާނޫނުތަކާއި ގަވާއިދުތަށް މުރާޖާ ކުރުމާއި އެ ގާނޫނުގެ ދަށުން ހަދަންޖެހޭ އެންމެހާ ގަވާއިދުތަކާއި ގައިޑްލައިން ފަދަ ތަކެތި ތައްޔާރުކުރުން.
  2. ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމާބެހޭ ޤާނޫނާ އެ ޤާނޫނުގެ ދަށުން ހެދިފައިވާ އެންމެހާ ގަވާޢިދުތަކާ ތަޢާރަޒުވެ ފުށުއަރާގޮތަށް ހެދިފައިވާ އެންމެހާ ގާނޫނުތަކާ ގަވާއިދުތައް ދިރާސާކޮށް އެފަދަ އެންމެހާ ކަންތައްތައް ދެނެގަނެ އެކަންކަމާމެދު ޙައްލު ހޯދުމަށް މަސައްކަތްކުރުން.
  3. ސަރުކާރުގެ ގަވާއިދުތަކާއި އެއްގޮތްވާގޮތުގެ މަތިން އެންވަޔަރަންމަންޓް މިނިސްޓްރީއާއި އެހެނިހެން ދާއިރާތަކާމެދުގައި އެކުލަވާލެވޭ ގާނޫނީ އެއްބަސްވުންތަކާ އެފަދަ ލިޔެކިޔުންތައް ތައްޔާރުކުރުމުގައި އެހީތެރިވެ ދިނުން.
  4. ދިވެހިރާއްޖޭގެ ތިމާވެއްޓާބެހޭގޮތުން ގާނޫނު ހެދުމާއި ގާނޫނު އިސްލާހު ކުރުމާއި އަދި އެފަދަ ބިލްތައް ރައްޔިތުންގެ މަޖްލިސްއަށް ހުށަހެޅުމުގައާއި ބިލާ ބެހޭ އެހެނިހެން ކަންކަމުގައި ޤާނޫނީ ލަފާދިނުން
  5. ރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް ރައްކާތެރި ކުރުމާބެހޭ ޤާނޫނު ތަންފީޒު ކުރުމަށް ބޭނުންވާ ޤާނޫނުތަކާއި ގަވާއިދުތަކާއި ގައިޑްލައިންތައް ތައްޔާރުކުރުން.
  6. ދިވެހިރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް  ރައްކާތެރި ކުރުމާބެހޭ  ޤާނޫނާއި ގަވާއިދާއި ޚިލާފްވާ ފަރާތްތަކާއި މެދު ޤާނޫނީ ގޮތުން ފިޔަވަޅު އެޅުމަށް ލަފާދިނުން.
  7. ތިމާވެއްޓާބެހޭ ވުޒާރާއިން ކުރާ ގާނޫނީ ކަންކަމުގައި އާންމުކޮށް ގާނޫނީ ލަފާދިނުން.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3018329، 3018330، 3018328 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  1. ޤާނޫނީ ދާއިރާގައި މަސައްކަތްކޮށް އަދި އެދާއިރާއަށް އަހުލުވެރިވެފައިވާ މިންވަރު
  2. ވަޒީފާއާ ބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު އަދި މާލިއްޔަތާ ބެހޭ ގަވާއިދަށް އަހުލުވެރި ވެފައިވާ މިންވަރު.

ހުށަހަޅަންޖެހޭ ތަކެތި:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  • ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ސިވިލް ސަރވިސްގައި މަސައްކަތް ކުރާ މުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއެދު އެ އިދާރާއަކުން އިޢުތިރާޒު ނުކުރާކަމުގެ ލިޔުން.
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
  • ސިވިލް ސަރވިސްގެ މުވައްޒަފުންގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓް އިން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓްފިކެޓްތައްވެސް (އެކްރެޑިޓް ކޮށްފައި ނުވި ނަމަވެސް) ސިވިލް ސަރވިސްގެ މަގާމުތަކުގެ އަސާސީ ޝަރުޠު ފުރިހަމަ ކުރުމުގައި ބެލެވޭނެއެވެ. 
  • މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށްބަލައި 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.
  • ސުންގަޑި: 12 އޮކްޓޫބަރު 2015 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަށް.
  • އިންޓަރވިއު އާއި އިމްތިޙާން ކުރުން 13 އޮކްޓޫބަރު 2015 އާއި 12 ނޮވެންބަރު 2015 އާއި ދޭތެރޭގައި މި މިނިސްޓްރީގައި އޮންނާނެއެވެ.

18 ޛުލްޙިއްޖާ 1436

01 އޮކްޓޫބަރު 2015
ހޯދާ