ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު

މިއިދާރާގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމު

މަސައްކަތު

މަޤާމުގެ ރޭންކް

އެސް. އެސް. 1

މަޤާމުގެ ކުލެސިފިކޭޝަން

ސަޕޯޓް ސްޓާފް ގްރޭޑް 1

އޮފީސް/ އިދާރާ ޔުނިޓް

ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލްގެ އިދާރާ (ކޯޕަރޭޓް އެފެއާޒް ޔުނިޓް)

ސެކްޝަން

-

ވަޒީފާ އަދާކުރަންޖެހޭ ތަން

ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލް އިދާރާ، ހއ. މާރަންދޫ

މުސާރަ:

3100.00 ރުފިޔާ

ސަރވިސް އެލަވަންސް:

1000.00 ރުފިޔާ

ބޭނުންވާ ޢަދަދު:

01 (އެކެއް)

ގިންތި:

ދާއިމީ

މަޤާމުގެ ޝަރުޠުތައް:

ލިޔަން ކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ލިބިފައިވުން

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އިދާރާގެ އިމާރާތަށްވާ ބަޔާއި އިދާރާގެ ހޯލްތެރެ ކުނިކަހާ ސާފުކުރުން
  2. އިދާރާގެ ތަކެތި ފޮޅާ ސާފުކުރުން
  3. ކައުންސިލް އިދާރާއިން ގަނެގެން ގެންނަ ތަކެއްޗާއި އެކިއެކި ފަރާތްތަކުން ދެއްވާ ތަކެތި މި އިދާރާއަށް ނުވަތަ އިދާރާއިން އަންގާ ތަނަކަށް ގެނައުން
  4. އިދާރާގެ ވަޅު 2 މަހުން 1 މަހު ދިޔަހިއްކާ ސާފުކުރުން
  5. އޮފީހަށް މީހުން ހާޒިރުވުމަށް ދެންނެވުމާއި އެކި ފަރާތްތަކާ ޙަވާލުކުރުމަށް އިދާރާއިން ޙަވާލުކުރާ ތަކެތި އަމާނާތްތެރި ކަމާއެކު ޙަވާލުކުރުން
  6. އެކިއެކި މަސައްކަތްތަކަށް ރައްޔިތުންނަށް ކިޔުމާއި ރައްޔިތުންނަށް ގޮވުން، އަދި ކައުންސިލުން ބާއްވާ ޖަލްސާތަކަށް ޖަލްސާ ބާއްވާތަން ތައްޔާރުކުރުމާއި ޖަލްސާ ނިމުމުން އެތަން ރީއެރޭންޖް ކުރުން
  7. އިދާރާގެ ގޯތި ތެރޭގައި ގަސްހައްދާ ގަސްތަކަށް ފެންދީ ބެލެހެއްޓުން
  8. ރަށުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވުން
  9. ރަށުގެ ސުލްހަވެރިކަން ގެއްލޭފަދަ ކަންތައްތަކަށް ވާގިވެރި ނުވުމަށާއި އެފަދަ ކަންތައްތައް މަނާކުރުމަށް މަސައްކަތް ކުރުން
  10. މީގެއިތުރުން ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދުތަކާއި އެއްގޮތްވާ ގޮތުގެމަތިން ވެރިން އަންގަވާ އިދާރާގެ މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ލިބިފައިވާ ތަޢުލީމާއި ތަމްރީން (%38)
  2. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ ()
  3. ލިބިފައިވާ މަސައްކަތުގެ ހުނަރާއި ޤާބިލުކަމުގެ ސިފަތައް (%48)

އިންޓަވިއު ބާއްވާނެ ތަނާއި ތާރީޚު

މި މަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެތެރޭގައި، މާރަންދޫ ކައުންސިލްގެ އިދާރާގައެވެ. ވުމާއެކު މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެތާރީޚް ތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ.

ޝޯޓް ލިސްޓްކުރުން

މިވަޒީފާއަށް އެދި ހުށަހަޅާފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މިމަޤާމަށް ކުރިމަތި ލެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން "ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު" ފުރިހަމަ ކުރެއްވުމަށްފަހު 11 އޮކްޓޫބަރު 2015 ވާ އާދިއްތަ ދުވަހުގެ 14:30 ގެކުރިން ވަޒީފާއަށް އެދޭ ފޯމާއި އެފޯމާ ގުޅޭ ލިޔުންތައް މާރަންދޫ ކައުންސިލް އިދާރާއަށް ހުށަހަޅުއްވަން ވާނެއެވެ. އަދި މިފޯމު މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެވާހަކަ ދެންނެވީމެވެ.

އުޖޫރައާއި އިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
  3. ސިވިލްސާރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލު އިތުރު ގަޑީގެ ފައިސާ
  4. ވަޒީފާއާ ގުޅިގެން ދެވޭ އެހެނިހެން އެލަވަންސްތައް

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (މިފޯމު މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (އެޕްލިކޭޝަން ފޯމާއެކުވާ)
  • ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިއުމެއް
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރާއްޖޭގެ ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނެ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް
  • ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ

  (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އެތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ)

   (ށ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓްފިކެޓްތައް (އެކްރެޑިޓް ކޮށްފައި ނުވި ނަމަވެސް)

  • ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި މަޤާމާއި މަޤާމުގެ ޝަރުޠާއި ރޭންކާއި މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)

މިއިޢުލާނާ ގުޅިގެން މަޢުލުމާތު ސާފްކުރުމަށް ގުޅުއްވާނީ މިއިދާރާގެ ނަންބަރު: 6500029 ފޯނާއެވެ. އަދި ފެކްސް ނަންބަރަކީ 6500061 އެވެ.

މިހެންވެ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

03 ޛުލްޙިއްޖާ 1436

17 ސެޕްޓެންބަރު 2015
ހޯދާ