މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އެއަރޕޯޓްތައް ތަރައްޤީކޮށް ހިންގުމުގައި ރާއްޖޭގައި އެންމެ ޤާބިލް އަދި ތަޖުރިބާހުރި މިކުންފުނީގެ ވަޒީފާ އަދާކުރާހިތްވާ، ކަމަށް ޤާބިލު އުފެެއްދުންތެރި ހީވާގި އަދި ނަތީޖާ ހާސިލު ކުރެވޭނެ ފަރާތްތަކަށް ތިރީގައި ބަޔާންކުރާ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މަޤާމު: އޭ.އައި.އެސް. އޮފިސަރ ޓްރޭނީ

ބޭނުންވާ އަދަދު: 05

މަސައްކަތް ކުރަންޖެހޭ ތަން:އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯރޓް (ހުޅުލެ)/ އެއަރ ޓްރެފިކް މެނޭޖްމަންޓް/ އެރޮނޯޓިކަލް އިންފޮމޭޝަން ސަރވިސަސް.

ޝަރުޠު:

  • އޯލެވެލް އިނގިރޭސި، ހިސާބު އަދި ފިޒިކްސް އިން "ސީ" ފާސް ނުވަތަ އެއަށްވުރެ މަތިން ފާސްވެފައިވުން.
  • އެސް.އެސް.ސީ ދިވެހިން އެންމެ ދަށްވެގެން "ސީ" ފާސް ލިބިފައިވުން.
  • ޝިފްޓް ޑިއުޓީ އަދާކުރެވޭނެ ފަރާތެއް ކަމުގައިވުން.
  • އުމުރު: 18-25 އަހަރާ ދެމެދު.
  • ޔުނިވަރސިޓީ ޑިގްރީ، ނުވަތަ ޓެކްނިކަލް ދާއިރާއިން ޑިޕްލޮމާއެއް ހާސިލުކޮށް ފައިވާ ފަރާތްތަކަށާއި، ބޭސިކް ކޮމްޕިއުޓިންގ އެނގޭ ފަރާތްތަކަށް އިސްކަށްދެވޭނެއެވެ.

މުސާރަ އާއި އިނާޔަތްތައް: މަހަކު -/10،000 އާއި -/11،000 ރުފިޔާއާ ދެމެދު.

ވަޒީފާ ގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • އައިކާއޯ އާއި ދިވެހިރާއްޖޭގެ ސިވިލް އޭވިއޭޝަންގެ ގަވާއިދާ އެއްގޮތަށް، ސީނިއަރ އޭ.އައި.އެސް އޮފިސަރގެ އިރުޝާދުގެ ދަށުން އެރޮނޯޓިކަލް އިންފޮމޭޝަންގެ ޚިދުމަތް ފޯރުކޮށްދިނުން.
  • ފްލައިޓް ޕްލޭންތަކާ ގުޅުންހުރި އެހެނިހެން މަޢުލޫމާތު ކަށަވަރުކޮށް، ބަލައިގަނެ އަދި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  • އައިކާއޯ އެނެކްސް އަދި ގުޅުންހުރި އެހެން ލިޔެކިޔުންތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  • ޑިއުޓީ ފެށުމުގެ ކުރިން، އެންމެހައި ނޯޓިސްތަކާއި (ނޯޓަމް)، ނެވިގޭޝަނަލް އިންޒާރުތައް އަދި މިނޫން އެހެނިހެން މުހިއްމު މައުލޫމާތު ރަނގަޅަށް ދެނެގަނެ ސަމާލުވުން.
  • އަންނަ އަދި ބޭރަށް ފޮނުވޭ އެންމެހައި ނޯޓަމްތައް ލޮގްކޮށް، ފައިލްކޮށް އަޕްޑޭޓްކުރުން.
  • ދިވެހިރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީއިން ލިބޭ އެންމެހައި މެސެޖްތައް ފޮނުވަންޖެހޭ ފަރާތްތަކަށް އޭ.އެފް.ޓީ.އެން (އެރޮނޯޓިކަލް ފިކްސްޑް ޓެލެކޮމިއުނިކޭޝަން ނެޓްވޯކް) ގެ ޒަރީޢާއިން ފޮނުވައި، ދިވެހިރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީއަށް އެޑްރެސްކުރެވިފައިވާ އެންމެހައި މެސެޖްތައް އެ އޮތޯރިޓީއަށް ފެކްސްކޮށް، މި މަޢުލޫމާތުތައް ރިކޯޑުކުރުން.

މަޤާމު: އެސިސްޓަންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު: 01  

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއަރޕޯރޓް ( ހުޅުލެ )/ އެއަރލައިން ކޯޑިނޭޝަން

ޝަރުޠު:

  • އިނގިރޭސި ހިމަނައިގެން އޯލެވެލް 2 މާއްދާއިން "ސީ" ފާސް ނުވަތަ އެއަށް ވުރެ މަތިން ފާސްވެފައިވުން.
  • އެސް.އެސް.ސީ އިމްތިހާނުގެ ދިވެހިން "ސީ" ފާސް ނުވަތަ އެއަށް ވުރެ މަތިން ފާސްވެފައިވުން.
  • އުމުރު: 18-30 އަހަރާ ދެމެދު.
  • ފަރިތަކަމާއެކު ކޮމްޕިއުޓަރުން މަސައްކަތްކުރަން އެނގުން، އެމް.އެސް. އޮފީސް ޕެކޭޖް ބޭނުންކުރަން އެނގުން. 

މުސާރަ އާއި އިނާޔަތްތައް: މަހަކު -/10،000 އާއި -/11،000 ރުފިޔާއާ ދެމެދު.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  • ސްލޮޓް ކޮމިޓީ ބައްދަލުވުންތައް ރާވައި ހިންގުމަށް އެހީތެރިވެ، އެއަރލައިންތަކަށް ސްލޮޓްތައް ކަނޑައެޅުން.
  • ވިންޓަރ އަދި ސަމަރ ޝެޑިއުލަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، އަންގަންޖެހޭ އޭޖެންސީތަކާއި، ޑިޕާޓްމަންޓްތަކަށް އެންގުން.
  • ބައްދަލުވުންތައް ރޭވުމުގައި އެއަލައިން ކޯޑިނޭޓަރަށް އެހީތެރިކަން ފޯރުކޮށްދިނުން.
  • އާ ކެރިއަރުންނަށް އެއަރޕޯޓްގައި އޮޕަރޭޓްކުރުމަށް ބޭނުންވާ އެހީތެރިވުން.
  • ސެކްޝަންގައި ބޭނުންކުރެވޭ އެންމެހައި ލިޔެކިޔުންތައް ތައްޔާރުކުރުމާއި، ތަރުތީބުކޮށް ފައިލްކުރުން.
  • އެއަލައިންތަކަށް ބޭނުންވާ އަންދާސީ ހިސާބު ތައްޔާރުކުރުން

މަޤާމު: އެސިސްޓަންޓް ޓަރމިނަލް ސަރވިސަސް އޮފިސަރ

ބޭނުންވާ އަދަދު: 01  

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާސިރުއިންޓަނޭޝަނަލް އެއަރޕޯރޓް ( ހުޅުލެ )/ ޓަރމިނަލް ސަރވިސަސް

ޝަރުޠު:

  • އޯލެވެލް އިނގިރޭސި ހިމަނައިގެން 2 މާއްދާ އިން "ސީ" ފާސް ނުވަތަ އެއަށްވުރެ މަތިން ފާސްވެފައިވުން.
  • އެސް.އެސް.ސީ އިމްތިޙާނުން ދިވެހިން "ސީ" ފާސް ނުވަތަ އެއަށްވުރެ މަތިން ފާސްވެފައިވުން.
  • އުމުރު: 18-30 އަހަރާއި ދެމެދު.
  • ފަރިތަކަމާއެކު ކޮމްޕިއުޓަރުން މަސައްކަތްކުރަން އެނގުން، އެމް.އެސް. އޮފީސް ޕެކޭޖް ބޭނުންކުރަން އެނގުން.
  • ޝިފްޓް ޑިއުޓީގައި މަސައްކަތްކުރެވޭނެ ފަރާތެއް ކަމުގައިވުން

މުސާރަ އާއި އިނާޔަތްތައް: މަހަކު -/10،000 އާއި -/11،000 ރުފިޔާއާ ދެމެދު.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  • ޓަރމިނަލް ސަރވިސްގެ ދަށުން ހިންގާ އިންފޮމޭޝަން ކައުންޓަރާއި އެހެނިހެން ވޯކް ސްޓޭޝަންތަކުގައި މަސައްކަތްކުރުން.
  • ޕަސެންޖަރުންނަށް އިވޭނޭހެން ޕީ. އޭ. ސިސްޓަމްއިން މަޢުލޫމާތު އިއުލާންކޮށް، މުޙިއްމު މަޢުލޫމާތު ހޯދުމަށްފަހު ފޯރުކޮށްދޭންޖެހޭ ފަރާތްތަކަށް ފޯރުކޮށްދިނުން.
  • ޙާއްސަ އެހީއަށް ބޭނުންވާ ޕަސެންޖަރުންނަށް އެހީތެރިކަށް ފޯރުކޮށްދިނުން. (ފުރޮޅުލީ އެނދާއި، ގޮނޑީ ގެ ޚިދުމަތް އަދި ދުވަސްވީ ޕަސެންޖަރުންނާއި ތުއްތުކުދިން ގޮވައިގެން އުޅޭ ފަރާތްތަކަށް)
  • ފްލައިޓް އިންފޮމޭޝަން އާއި އެއަރޕޯޓުގެ އެހެނިހެން އޮޕަރޭޝަނަލް ކަންތައްތަކާއި ގުޅިގެން އަންނަ ފޯނުތަކަށް ޖަވާބުދާރީވުން.
  • ފްލައިޓް އިންފޮމޭޝަން ޑިސްޕްލޭ އަޕްޑޭޓްކުރުން.
  • ކައުންޓަރުގައި ކުރެވޭ އެންމެހައި ފައިސާގެ މުޢާމަލާތްތައް ކުރުމާއި، ފައިސާ ބެލެހެއްޓުން.
  • ޓަރމިނަލްގައި ދެވޭ ހުރިހާ ޚިދުމަތްތައް ހުރީ ޕަސެންޖަރުންނަށް ފަސޭހައިން ލިބޭނެ ހާލަތެއްގައިތޯ ބަލުން

މަޤާމު: އެއިރޯޑްރޯމް ފްލައިޓް އިންފޮރމޭޝަން ސަރވިސަސް އޮފިސަރ ( ޓްރޭނީ )

ބޭނުންވާ އަދަދު: 01  

މަސައްކަތް ކުރަންޖެހޭ ތަން: ތިމަރަފުށި އެއަރޕޯޓް، ތ. ތިމަރަފުށި  

މަޤާމު: އެއިރޯޑްރޯމް ފްލައިޓް އިންފޮރމޭޝަން ސަރވިސަސް އޮފިސަރ ( ޓްރޭނީ )  

ބޭނުންވާ އަދަދު: 01  

މަސައްކަތް ކުރަންޖެހޭ ތަން: އިފުރު އެއަރޕޯޓް، ރ. އިފުރު

ޝަރުތު:

  • ޖީ.ސީ.އީ އޯލަވަލް އިމްތިހާން އިން އިނގިރޭސި އަދި ހިސާބުން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.
  • އެސް.އެސް.ސީ އިމްތިހާން އިން ދިވެހިން ދަށްވެގެން "ޑީ" ފާސް ލިބިފައިވުން.
  • 21 އަހަރު ފުރިފައިވުން.

މުސާރަ އާއި އިނާޔަތްތައް: މަހަކު -/10،000 އާއި -/11،000 ރުފިޔާއާ ދެމެދު.

ވަޒީފާ ގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  • ވައިގެ ބަނދަރު ބޭނުންކުރާ މަތިންދާބޯޓްތަކާއި މުޢާމަލާތްކޮށް، ރައްކާތެރިކަމާއެކު މަތިންދާބޯޓަށް ޚިދުމަތް ދިނުން.
  • މުވާސަލާތީ އާލަތްތައް ބޭނުންކޮށްގެން މަތިންދާބޯޓަށް މޫސުމާބެހޭ މައުލޫމާތު ފޯރުކޮށް ދިނުން.
  • ޖައްސާ އަދި ފުރާ މަތިންދާބޯޓަށް ވާއިގެބަދަރުގެ ހާލަތު އަންގައި ދިނުން.
  • ރަންވޭއާއި ރަންވޭ ވަށައިގެންވާ ސަރަހައްދު އިންސްޕެކްޓް ކުރެވުނުތޯ ބަލާ ލޮގް ކުރުން.
  • އެއިރޯޑްރޯމް ފްލައިޓް އިންފޮރމޭޝަން ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ކުރާ ހުރިހާ މަސައްކަތެއްގައިވެސް ސޭފްޓީއަށް އެންމެ އިސްކަންދީގެން މަސައްކަތްކުރުމާއި މަތިންދާބޯޓަށް އަދި އެއަރޕޯޓުގައި ދިމާވާ ތަފާތު އެކިއެކި އިމަޖެންސީތަކުގައި އެހީތެރިވުން.
  • ފްލައިޓް މޫވްމެންޓް އަދި އެޓެންޑެންސް ރިޕޯޓު އޭޓީއެސް މެނޭޖްމެންޓަށް ފޮނުވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ސީވީ އާއި ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  • ސްކޫލް ލީވިންގ ސެޓްފިކެޓް ކޮޕީ
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ކޮޕީ  
  • ކުރިން އަދާކޮށްފައިވާ ވަޒީފާތަކާއި ގުޅޭ ލިޔެކިޔުންތަކުގެ ކޮޕީ
  • 3 މަސް ދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓު

ނޯޓް: ކޮންމެ މަޤާމަކަށްވެސް އެދެންވާނީ ވަކިސިޓީއަކުންނެވެ. އަދި ސިޓީއާއެކު ކަމާބެހޭ ލިޔުންތައް ހުށައަޅަންވާނެއެވެ.

ކުރިމަތިލުމުގެ ސުންގަޑި: 08 އޮކްޓޫބަރު 2015 ވަނަ ދުވަހުގެ 16:00

ވަޒީފާއަށް އެދޭ ސިޓީ އެޑްރެސް ކުރައްވާނީ :

ޖެނަރަލް މެނޭޖަރ، ހިއުމަން ރިސޯސަސް

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް

ކޯރޕަރޭޓް އޮފީސް، ހުޅުލެ، ދިވެހިރާއްޖެ

އިތުރު މަޢުލޫމާތު:

ފޯނު – 3325511

މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަނުވާ ފަރާތްތަކާއި، ލިޔުންތަކުގެ ކޮޕީ ނެތް ފަރާތްތަކުގެ ސިޓީ އަދި ފޯމު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

16 ޛުލްޙިއްޖާ 1436

29 ސެޕްޓެންބަރު 2015
ހޯދާ