މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ކޮމިއުނިކޭޝަން ކޮންސަލްޓަންޓެއް ހޯދުމަށް

މި މިނިސްޓްރީގެ ފަރާތުން ހިންގުމަށް ހަމަޖެހިފައިވާ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ހޭލުން ތެރިކަން އިތުރު ކުރުމުގެ ޕްރޮގްރާމްތަކާއި، ތަފާތު ޕްރޮމޯޝަނަލް އެކްޓިވިޓީސް ހިންގުމަށްޓަކައި ކޮމިއުނިކޭޝަން ކޮންސަލްޓަންޓެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންވާ ޝަރުޠުހަމަވާ ފަރާތްތަކުން 13 އޮކްޓޫބަރު 2015 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން، ތަޢުލީމީ ފެންވަރާއި މި މަސައްކަތާ ގުޅުންހުރި މަސައްކަތް ކުރުމުގެ ތަޖުރިބާ (އަހަރު އަދި ހިންގާފައިވާ ޕްރޮޖެކްޓްތަކުގެ އަދަދު) އާއި، ހުނަރާއި ޤާބިލުކަން ސާބިތު ކޮށްދޭ ލިއުންތަކާއަދި ވަނަވަރު ހިމެނޭގޮތަށް މި މިނިސްޓްރީއަށް ހުށަހެޅުމަށް ދަންނަވަމެވެ.

މިމަސައްކަތުގެ "ޓާރމްސް އޮފް ރެފަރެންސް" މި މިނިސްޓްރީން އަދި މިނިސްޓްރީގެ ވެބްސައިޓު www.environment.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.

01 އޮކްޓޫބަރު 2015
ހޯދާ