މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ފިހާރަ ކުއްޔަށް ދިނުމަށް

ކުއްޔަށް ދިނުމަށްހަމަޖެހިފައިވާ ފިހާރަ:

1. ހއ. އަތޮޅު ފިހާރައިގެ އިރުމަތީބައި، މަތީބައި

ކުއްޔަށް ދިނުމަށް ހަމަޖެހިފައިވާ މުއްދަތު:

ފިހާރަ ކުއްޔަށް ދިނުމަށް ހަމަޖެހިފައިވަނީ 5 އަހަރު ދުވަހުގެ މުއްދަތަށެވެ.

ފޯމު ވިއްކުން:

ކުއްޔަށް ދިނުމަށް އެދި ހުށަހަޅާ ބިޑް ފޯމު ވިއްކާނީ 2015 އޮކްޓޫބަރު 4އިން 2015 އޮކްޓޫބަރު 8އަށް، (ސަރުކާރު ބަންދު ދުވަސްތައް ފިޔަވައި) ފޯމެއްގެ އަގަކީ -/10ރ (ދިހަ ރުފިޔާ) އެވެ.

ފޯމު ވިއްކާ ގަޑި:

ހެނދުނު 8:30 އިން މެންދުރުފަހުގެ 14:30އަށް

ބިޑް ހުށަހަޅަންޖެހޭ ތަން:

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ، ސްޓޭޓް ޕްރޮޕަޓީ މެނޭޖްމަންޓު ޑިވިޜަނަށް

ބިޑް ހުށަހަޅާ ތާރީޚު އަދި ގަޑިތައް:

ފިހާރަ

ތާރީޚު

ގަޑި

1. ހއ. އަތޮޅު ފިހާރައިގެ އިރުމަތީބައި، މަތީބައި

2015 އޮކްޓޫބަރު 11 (އާދީއްތަ)

10:00

ބިޑް ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

  1. ބިޑް ސިކިޔުރިޓީގެ ގޮތުގައި -/50,000ރ (ފަންސާސްހާސް ރުފިޔާ) ބޭންކް ގެރެންޓީއެއް ހުށަހަޅަން ވާނެއެވެ. މި ބޭންކް ގެރެންޓީއަކީ، ރާއްޖޭގައި ހިންގާ ބޭންކަކުން ދޫކުރެވިފައިވާ 45 ދުވަހުގެ ބޭންކް ގެރެންޓީއެއް ކަމުގައި ވާންވާނެއެވެ. އަދި ބޭންކް ގެރެންޓީޖަހާފައިވާ ޗެކެއް ޤަބޫލެއް ނުކުރެވޭނެއެވެ.
  2. ބިޑްހުށަހަޅާއިރު ބިޑްހުށަހެޅި ފަރާތަކީ، ކުންފުންޏެއް ނުވަތަ އިންވެސްޓްމަންޓެއްނަމަ، އެތަންތަނުގެ ރަޖިސްޓަރީގެ ކޮޕީ.
  3. ބިޑްހުށަހަޅާއިރު ބިޑްހުށަހެޅި ފަރާތަކީ، ކުންފުންޏެއް ނުވަތަ އިންވެސްޓްމަންޓެއްނަމަ، އެންމެފަހުން އަހަރީފީ ދެއްކި ރަސީދުގެ ކޮޕީ.
  4. ވަކިފަރުދެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  5. ވިޔަފާރިއެއް ކުރާނަމަ އެކަން އެނގޭނެ ލިޔުން. (ވިޔަފާރި ހުއްދަ)
  6. ބިޑް ފޯރމް ހުށަހަޅާއިރު، ފޯރމްގައި ސޮއިކޮށް ކުންފުންޏެއްނަމަ ކުންފުނީގެ ރަސްމީ ތައްގަނޑު ޖަހާފައި ފޯމު ހުށަހެޅުން.

އިތުރު މައުލޫމާތު:

  1. ފިހާރަ ކުއްޔަށްހިފާ ފަރާތުން، އެފިހާރަ ކުއްޔަށް ދިނުމަށް އެގްރިމެންޓް ކުރެވޭއިރު ޑިޕޮސިޓްގެ ގޮތުގައި މި މިނިސްޓްރީއަށް ޗެކުން ފައިސާ ދައްކާނަމަ ދައްކަންވާނީ އެފަރާތެއްގެ އަމިއްލަ ނަމުގައިވާ އެކައުންޓެއްގެ ޗެކަކުންނެވެ. އަދި ފިހާރަ ކުއްޔަށްހިފަނީ ކުންފުންޏަކުންނަމަ އެކުންފުންޏެއްގެ ނަމުގައިވާ އެކައުންޓެއްގެ ޗެކަކުންނެވެ. މި ޗެކު ވާންވާނީ ބޭންކް ގެރެންޓީޖަހާފައިވާ ޗެކަކަށެވެ.
  2. ކުލި ހުށަހަޅަންވާނީ ތަނުގެ މިހާރު ކުރަންވެފައިވާ މަރާމާތުތަކަށާއި ތަންހުރި ފެންވަރަށް ބަލާފައެވެ.

19 ޛުލްޙިއްޖާ 1436

29 ސެޕްޓެންބަރު 2015
ހޯދާ