ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ
މި އޮތޯރިޓީއަށް ތިރީގައި މިދަންނަވާ ތަކެތި ގަންނަން ބޭނުންވެގެން 3 ސެޕްޓެންބަރު 2015 ގައި ކޮށްފައިވާ ނަންބަރު IUL)202-A/1/2015/102) އިޢުލާނަށް އެދެވޭ ތަރުޙީބެއް ލިބިފައިނުވާތީ، އިސްވެދެންނެވި އިޢުލާން ބާޠިލުކޮށް، އަލުން މިތަކެތި ގަތުމަށް އިޢުލާން ކުރަމެވެ.
- އެގްޒެކްޓިވް މޭޒު
- އެގްޒެކްޓިވް ގޮނޑި
- އޮފީސް ގޮނޑި
- ފައިލިންގ ކެބިނެޓް
ވީމާ، މިތަކެތި ވިއްކެވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 5 އޮކްޓޫބަރު 2015 ވާ ހޯމަ ދުވަހުގެ 11:00 އަށް މި އޮތޯރިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 8 އޮކްޓޫބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި އޮތޯރިޓީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި، އަންދާސީހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ގަބޫލުނުކުރެވޭނެ ކަމުގައި ދެންނެވީމެވެ.
14 ޛުލްޙިއްޖާ 1436