ސިވިލް ކޯޓު
ދިވެހިރާއްޖެ
ފޮތް ގަތުމަށް

މި ކޯޓަށް ބޭނުންވާ ބައެއް ފޮތްތައް ގަންނަން ބޭނުންވެއެވެ.

ވީމާ، މިތަކެތި ވިއްކެއުމަށް ޝައުޤުވެރިވާ ފަރާތްތަކުން 5 އޮކްޓޫބަރު 2015 ވާ ހޯމަ ދުވަހުގެ 14:30 އަށް ތީމުގޭ އުތުރުން ހަވީރީ ހިނގުމުގައި ހުންނަ ސިވިލްކޯޓު އިމާރާތުގެ ގްރައުންޑް ފްލޯގައި ހުންނަ ކައުންޓަރަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު، 8 އޮކްޓޫބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 14:30 އަށް ތީމުގޭ އުތުރުން ހަވީރީ ހިނގުމުގައި ހުންނަ ސިވިލް ކޯޓު އިމާރާތުގެ ގްރައުންޑް ފްލޯގައި ހުންނަ ކައުންޓަރަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

14 ޛުލްޙިއްޖާ 1436

28 ސެޕްޓެންބަރު 2015
ހޯދާ