މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ޑްރޯނެއް ގަތުމާބެހޭ

ޑްރޯނެއް ގަތުމާބެހޭ:

މި މިނިސްޓްރީން ވީޑިއޯކޮށް ޑޮކިއުމެންޓް ކުރުމަށް ބޭނުންވާ 1 ޑްރޯން ގަންނަން ބޭނުންވެގެން ކުރެވުނު ނަމްބަރު IUL)138-AS6/1/2015/243) އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެ އިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނު ކުރަމެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 7 އޮކްޓޫބަރު 2015 ވަނަ ދުވަހުގެ ހެނދުނު 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 12 އޮކްޓޫބަރު 2015 ވަނަ ދުވަހުގެ މެންދުރުފަހުގެ 2:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަގު، ބަލައިނުގަނެވޭނެ ކަމުގައި ދެންނެވީމެވެ.

މި އިޢުލާނާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ، 4345-300 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

15 ޛުލްޙިއްޖާ 1436

29 ސެޕްޓެންބަރު 2015
ހޯދާ