އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މިހޮސްޕިޓަލުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުހަބާ ދަންނަވަމެވެ. މިމަޤާމުތަކަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ.

މަޤާމު

ލޯންޑްރީ އެސިސްޓެންޓް

ބޭނުންވާ އަދަދު

04

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 2

ރޭންކް: SS2

މުސާރަ

މަހަކު -/3470 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1000 ރުފިޔާ

ރިސްކް އެލަވަންސް:

-/100 ރުފިޔާ (މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް)

ޑިޕާޓްމަންޓް / ސެކްޝަން

 އެސްޓޭޓް ޑިޕާޓްމަންޓް / ލޯންޑްރީ ޔުނިޓް

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ހޮސްޕިޓަލުގައި ގެންގުޅޭ ލޯންޑްރީން ދޮންނަންޖެހޭ ތަކެތި ލޯންޑްރީއަށް ގެނައުމުން އެތަކެތި ދޮންނަންވާ ފެންވަރުތަކާއި ސައިޒްތަކަށް ބައިކުރުން. ދޮވުމަށްޓަކާ އެކިވައްތަރު ހުރިނަމަ އެތަކެތި ވަކިކުރުން. (ކުލައެއްޗާއި ހުދު އަދި ރަބަރުޝީޓް ވަކިކުރުން.) ލެއާއި ނަޖިސް ޖެހިފައި ހުންނަ ތަކެތި ވަކިކުރުން. އަދިބަޔޯހަޒާޑްގެ ގޮތުގައި ގެންނަ ތަކެތި ވަކިކުރުން.
  2. ވޯޑްތަކުން ގެންނަ ތަކެތި ލޯންޑްރީ ރިސިޓްގައި ލިޔެގެން ގެންނަ އަދަދަށް ހުރިތޯ ބެލުމާއި އެއަދަދަށް ތަކެތި ހުރިނަމަ އެތަކެތި ބަލައިގަނެ، އެތަކެތި ގެނައިގަޑިއާއި ތާރީޚު އަދި ބަލައިގަތް ފަރާތުގެ ނަންޖެހުން. އިތުރުމައްސަލައެއް ފާހަގަ ކުރެވޭނަމަ ޑިއުޓީ ސްޕަވައިޒަރަށް އެންގުން.
  3. ބަޔޯހަޒާޑްގެ ގޮތުގައި ގެންނަ ތަކެތި އެޅުމަށް ޚާއްޞަ ކުރެވިފައިވާ ޓޭންކްތަކަށް ކަނޑައެޅިފައިވާ މިންގަނޑަށް ފެނާއި ކެމިކަލްސް އެޅުމަށްފަހު ވަގުތު ހަމަވަންދެން ބެހެއްޓުމާއި ރަނގަޅަށް ފެންގަނޑުގެ ތެރޭގައި ހާވައިހެދުން.
  4. ބަޔޯހަޒާޑްގެ ގޮތުގައި ގެންނަ ތަކެތި ދޮވުމަށް ޚާއްޞަ ކުރެވިފައިވާ މެޝިނަކުން އެތަކެތި ދޮވުން. އަދި ދޮވެނިމި މެޝިނުން ތަކެތި ނަގާއިރު ރަނގަޅަށް ދޮވެވިފައި ހުރިތޯ ޗެކްކުރުން. ރަބަރުޝީޓްތައް ޓޭންކަށް އަޅައިގެން ދޮވުމަށްފަހު ތަނެއްގައި އަޅައގެން ހިއްކުން. އަދި ދޮވެނިމޭ ތަކެތި ލަސްނުކޮށް ދޮންނަ ސަރަހައްދުން ނެރުން.
  5. ލޯންޑްރީގެ މެޝިންތަކަށް ތަކެތި އެޅުމުގައި އެމެޝިނަކަށް ކަނޑައެޅިފައިވާ މިންގަނޑަށްވުރެ އިތުރު ނުވާނެހެން ތަކެތި އަޅައިގެން ދޮވުމާއި އެތަކެތި ދޮވުމަށް ކަނޑައެޅިފައިވާ ގަޑި ހަމަވަންދެން ދޮވުން. އަދި މެޝިނަށް އެކިކެމިކަލްސް އަޅަން ކަނޑައެޅޭ ގަޑިތަކުގައި އެޑިއުޓީގެ ސްޕަވައިޒަރެއްގެ އިރުޝާދުގެ ދަށުން ކެމިކަލްސް އެޅުން.

ތަޢުލީމާއި ތަޖުރިބާ:

  1. ލޯންޑްރީ މަސައްކަތް ކުރުމުގެ 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ލިޔަން ދަތުމާއެކު ލޯންޑްރީއެއްގައި ކުރަންޖެހޭ މަސައްކަތްތައް ކުރަން އެނގުމާއި އެމަސައްކަތް ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން.

މިމަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

 

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
  3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

  (މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ އިންޓަރވިއުއަށް  ކިޔާނީ ތަޢުލީމާއި ތަމްރީނަށް ބަލައި 15 ފަރާތެއް ޝޯޓްލިސްޓު ކުރުމަށްފަހުގައެވެ.)

މަޤާމު

މީޑިއާ އޮފިސަރ

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްޜޭޑް 1

ރޭންކް: MS 1

މުސާރަ

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

ރިސްކް އެލަވަންސް:

-/75 ރުފިޔާ (މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް)

ޑިޕާޓްމަންޓް /ސެކްޝަން

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް /  ސީއީއޯ ބިއުރޯ

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ހޮސްޕިޓަލުގެ ވެބްސައިޓައް ބޭނުންވާ މަޢުލޫމާތު ހޯދައި، ދުވަހުން ދުވަހަށް ވެބްސައިޓް އަޕްޑޭޓްކޮށް ބެލެހެއްޓުން. އަދި ސޯޝަލް މީޑިޔާތަކުގައި ހޮސްޕިޓަލުގެ މަޢުލޫމާތު ޝާއިޢުކޮށް ތާޒާ ޚަބަރު ޢަންމުންނަށް ފޯރުކޮށްދިނުން.
  • ހޮސްޕިޓަލުން މީޑިޔާއަށް ދޭ ޚަބަރުތައް (ނޫސް ބަޔާން، ޚާއްޞަ ދެންނެވުން) ޑިޕާޓްމަންޓުގެ ވެރިޔާގެ މަޝްވަރާޔާއެކު ލިޔެ ތައްޔާރުކޮށް މީޑިޔާތަކަށް އެންގުން.
  • މީޑިޔާގައި ޝާއިޢުކުރެވޭ ހޮސްޕިޓަލާ ގުޅުންހުރި މަޢުލޫމާތުތައް ދިރާސާކޮށް އެރެކޯޑްތައް ފައިލްކޮށް ބެލެހެއްޓުން.
  • އެކިއެކި ހާދިސާތަކުގައި ހޮސްޕިޓަލަށް ގެންނަ ބަލިމީހުންގެ މަޢުލޫމާތު، އެބަލިމީހަކު ބަލާ ޑޮކްޓަރެއްގެ މަޝްވަރާއާއެކު މީޑިޔާއާއި ހިއްސާކުރުން.
  • ހޮސްޕިޓަލުން އަލަށް ފަށާ ޚިދުމަތްތަކާއި، ޚިދުމަތް ހޯދުމުގެ ޕްރޮސީޖަރތައް އަޕްޑޭޓްކޮށް ވަގުތުން ވަގުތަށް މީޑިޔާތައް މެދުވެރިކޮށް ޢާންމުންނަށް އެންގުން.
  • ހޮސްޕިޓަލުން ބާއްވާ ނޫސްކޮންފަރެންސްތައް އިންތިޒާމުކޮށް ހަމަޖެއްސުން.
  • ޓީވީއާއި ރޭޑިޔޯ އަދި އެހެނިހެންވެސް އޮންލައިން އަދި ޕްރިންޓް މީޑިޔާތައް މެދުވެރިކޮށް ހޮސްޕިޓަލުގެ ޚިދުމަތްތަކާއި ޚިދުމަތްތަކަށް އަންނަ ބަދަލުތައް ތާޒާކަމާއެކު ޢާންމުންނަށް އެންގުމަށް ހިންގަންޖެހޭ ޕްރޮގްރާމްތައް ހިންގުން.
  • ހޮސްޕިޓަލުގައި ހިންގާ އެކިއެކި މަޝްރޫޢުތަކާއި، ޓްރެއިނިންގ އަދި ވާރކްޝޮޕް ފަދަ ކަންކަމާބެހޭ މަޢުލޫމާތު މީޑިޔާއާ ހިއްސާކުރުން އަދި މިމަޢުލޫމާތު ހޮސްޕިޓަލުގެ މުވައްޒަފުންނަށް އެންގުން.
  • ހޮސްޕިޓަލުގެ ޚިދުމަތް ރަނގަޅުކުރުމަށް މީޑިޔާ މެދުވެރިކޮށް ކުރެވޭނެ ކަންތައް ދިރާސާކޮށް ހޯދައި މިކަމުގައި މެނޭޖްމަންޓަށް މަޝްވަރާ ދިނުން.

ތަޢުލީމާއި ތަޖުރިބާ:

 

  1. މީޑިއާ މެނޭޖްމަންޓްގެ ދާއިރާއަކުން ނުވަތު މީޑިއާގެ ދާއިރާއާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް  4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  2. މީޑިއާ މެނޭޖްމަންޓްގެ ދާއިރާއަކުން ނުވަތު މީޑިއާގެ ދާއިރާއާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  3. މީޑިއާ މެނޭޖްމަންޓްގެ ދާއިރާއަކުން ނުވަތު މީޑިއާގެ ދާއިރާއާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް  4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މިމަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
  3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.  
  4. އިނގިރޭސި އަދި ދިވެހިބަހުން ރަނގަޅަށް މުޢާމަލާތް ކުރަން އެނގުން.
  5. ރިޕޯޓް ނޫސްބަޔާން ލިޔުމުގެ ހުނަރުހުރުން.

  (މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ އިންޓަރވިއުއަށް  ކިޔާނީ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓު ކުރުމަށްފަހުގައެވެ.)

 

ހުށަހަޅަންޖެހޭ ލިޔުންތައް

 

 

 

 

1. މިމަޤާމުތަކަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދޭ ފޯމު މިހޮސްޕިޓަލުގެ ފުރަތަމަ ފަންގިފިލާގައި ހުންނަ ރިސެޕްޝަން ކައުންޓަރުން ލިބެން ހުންނާނެއެެވެ.)

2. ލިބިފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް އަދި ސްކޫލް ލީވިންގ ސެޓުފިކެޓުގެ ކޮޕީ

4. ވަޒީފާގެ ދާއިރާއާގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގްރާމުތަކުގެ ސެޓުފިކެޓު ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތައް.

5. ލެވެލް ކަނޑައެޅިފައިވާ ސެޓުފިކެޓު ބޭނުންވާ މަޤާމުތަކަށް ހުށަހަޅުއްވާއިރު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓު ހުށަހަޅުއްވަންވާނެވެ.

   ސެޓުފިކެޓު ލިބިފައިނުވާނަމަ ކޯސް ނިމުނު ކަމުގެ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީންގެ އެސެސްމަންޓް ރިޕޯޓް ހުށަހަޅުއްވަންވާނެއެވެ.

6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ވަނަވަރުގައި ގުޅޭނެ ފޯންނަންބަރު އޮންނަންވާނެއެވެ.)

7. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

8. ސިވިލް ސަރވިސްގެ ވަޒީފާ އަދާކުރަމުންދާ ފަރާތްތަކުން އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

9. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (މިލިޔުމުގައި ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވުން)

  ސިވިލް ސަރވިސްގެ މުވައްޒަފުންގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓުފިކެޓުތައްވެސް (އެކްރެޑިޓްކޮށްފައި ނުވިނަމަވެސް) ސިވިލް ސަރވިސްގެ މަޤާމުތަކުގެ އަސާސީ ޝަރުޠު ފުރިހަމަކުރުމުގައި ބެލެވޭނެއެވެ.

ނޯޓު: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމުތައް ބާޠިލު ކުރެވޭނެ ވާހަކަ ދެންނެވީމެވެ. 

އިނާޔަތްތައް

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ފޯމް ބަލައިގަތުމާއި ދޫކުރުން

01 އޮކްޓޫބަރު 2015 ވާ ބުރާސްފަތި ދުވަހުން ފެށިގެން ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08.30ން މެންދުރުފަހު 14.30އަށް

ސުންގަޑި

12 އޮކްޓޫބަރު 2015 ހޯމަ ދުވަހުގެ 14:30ގެ ކުރިން އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް

އަދި 12 އޮކްޓޫބަރު 2015 ހޯމަ ދުވަހުގެ 14:30ގެ  ފަހުން ހުށަހަޅާ އެއްވެސް ލިޔުމެއް، ފޯމެއް ބަލައެއް ނުގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

2015 ވަނަ އަހަރުގެ އޮކްޓޫބަރުމަހުގެ ތެރޭގައި، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލްގައި

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3335234، 3335343 އެވެ.

28 ސެޕްޓެންބަރު 2015
ހޯދާ